29 އޯގަސްޓް 2019
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އަލީ އަހުނަފް ރޭ ހޮވައިފި އެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އަލީ އަހުނަފް ރޭ ހޮވައިފި އެވެ.
އެ ސްކޫލުގައި ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައި، އެންމެ މޮޅު ދަރިވަރަށް އިނާމު ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.
ވިލާ ހައި ސްކޫލުން ދެ ވަނަ ދިޔައީ އައިޝަތު ޒަކާ ޒާހިރެވެ. ހައްވާ ސަޖާޔާ ސޮލާހަށް ތިން ވަނަ ލިބުނުއިރު އެ ހުރިހާ ދަރިވަރުންނަށް ވެސް ވިލާ ކޮލެޖުގެ ޗެއާމަން ގާސިމް އިބްރާހިމާއި އެޑިއުކޭޝަން މިނިސްޓްރީން ދޭ އިނާމު ހަވާލުކޮށްފައި ވެ އެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އަހުނަފު (މ) ދެ ވަނަ ލިބުނު ޒަކާ (ކ-2) އަދި ތިން ވަނަ ލިބުނު ސަޖާޔާ (ވ-2)، ޔޫތު މިނިސްޓަރު މަހުލޫފު (ވ) އަދި އެ ސްކޫލުގެ ޕްރިންސިޕަލް ސައީދާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމް ހާސިލްކުރާއިރު މަޖާ ވެސް ކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް އެކަން ކުރަންޖެހޭނީ އިމުގެތެރެއިން ކިޔެވުމަށް އަސަރުނުކުރާނެ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޒުވާން ދުވަސްވަރު ތަފާތު އެކި ކަންކަން ތަޖުރިބާކުރަން ބޭނުންވާނެ ކަމަށެވެ. އެކަމަކު އެކަންތައް ކުރުމުގެ ކުރިން ރަނގަޅަށް ވިސްނާލަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ތަފާތު އެކި ނުފޫޒުގައި ޖެހި މަސްތުވާތަކެތި ފަދަ އެއްޗެހި ބޭނުންކުރަމުންދާ ކަމަށާއި ނަމަވެސް ޓެސްޓުކުރުމުގެ ބޭނުމުގައި ވެސް އެފަދަ ކަމެއްގައި ނުޖެހުމަށް މަހުލޫފު އެދިވަޑައިގެންނެވި އެވެ.
ވިލާ ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ މިދިޔަ އަހަރު އޭ ލެވެލްގެ ނަތީޖާ، އޭގެ ކުރީ އަހަރަށްވުރެ ރަނގަޅު ކަމަށެވެ. އެގޮތުން ޔުނިވާސިޓީ އަށް ވަދެވޭ ވަރަށް ފާސްވި ދަރިވަރުންގެ އަދަދު 81 ޕަސެންޓަށް އިތުރުވެފައިވާ ކަން ފާހަގަކުރެއްވި އެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އަހުނަފު: އޭނާ އަންނަނީ ޝަރީއާ ދާއިރާއިން އިސްލާމިކް ޔުނިވާސިޓީން ޑިގްރީއަށް ކިޔަވަމުން.- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މިދިޔަ އަހަރު އޭ ލެވެލްގައި 500 އެއްހާ ދަރިވަރުން ކިޔެވި އެވެ. އޭގެ ތެރެއިން އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ނުވަ ދަރިވަރަކު ރާއްޖޭގެ ގަދަ 10ގައި ހިމެނިފައިވާ ކަމަށް ވިދާޅުވި އެވެ.
ތަފާތު އެކި ހަރަކާތްތަކުގައި ބައިވެރިވެ ދަރިވަރުން ހޯދި ކުރިއެރުންތައް، އޭގެ ކުރީ އަހަރަށްވުރެ ރަނގަޅުނކަމަށް ވިދާޅުވި އެވެ.
އޭ ލެވެލް އިން ގައުމީ ގަދަ ދިހަކުން ތިން ވަނަ ހޯދި އަހުނަފު "މިހާރު" އަށް ބުނީ ތައުލީމީ ހަޔާތުގައި އޭނާ ހާސިލްކުރަން ބޭނުންވި ދެ ކަންތައް މިހާރު ހާސިލްވެފައިވާ ކަމަށެވެ. އެއީ ސްކޫލުގެ ކެޕްޓަންކަމާއި އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދުމެވެ.
އޭނާއަކީ ވިލާގެ މިދިޔަ އަހަރުގެ ކެޕްޓަނެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން މިދިޔަ އަހަރު ވަނަ ހޯދި ދަރިވަރަކަށް، އެޑިއުކޭޝަންގެ ސްޓޭޓް މިިނިސްޓަރު އާތިޔާ ތަށި ހަވާލުކޮށްދެއްވަނީ.- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި ޝަރީއާއިން ޑިގްރީ އަށް ކިޔަވަމުން އަންނަ އަހުނަފު ބުނިގޮތުގައި ޓީޗަރުން ކިޔަވައިދޭއިރު ރަނގަޅަށް އަޑުއެހުމާއި މަންމަގެ ނަސޭހަތަކީ ރަނގަޅު ނަތީޖާ އަށް ހޯދުމުގެ އެންމެ ބޮޑު ސަބަބު ކަމަށެވެ.
"ގާބިލްކަން ހުރި މިންވަރުން، އަބަދު ވެސް ބުރަކޮށް މަސައްކަތްކޮށް ރަނގަޅު ނަތީޖާ ހޯދާށޭ. ކިޔެވުމުގެ މި ދަތުރުގައި ގޮންޖެހުންތަކާއި ދަތިތަކާ ދިމާވާނެ. އެކަމަކު މަސައްކަތްކޮށްގެން ކާމިޔާބު ހާސިލްވާނެ،" އިކޮނޮމިކްސް އިން ދުނިޔެއިން 10 ވަނަ ހޯދި އަހުނަފު ބުންޏެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި، އެ ސްކޫލުގެ ޕްރިންސިޕަލް ސައީދު ވާހަކަދައްކަވަނީ.- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ ކިޔެވުމުގެ ހުރިހާ ވަގުތެއް ވެސް ހޭދަކުރީ އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދުމަށް އަމާޒުކޮށްގެން ކަމަށެވެ.
މިދިޔަ އަހަރު ސްކޫލުގެ އެކި ހަރަކާތްތަކާއި މުބާރާތްތަކުން ވަނަ ހޯދި ދަރިވަރުންނަށް ރޭ ސެޓްފިކެޓާއި އެވޯޑު ދީފައި ވެ އެވެ.
މާފުށީ ސްކޫލު އެންމެމޮޅު ދަރިވަރަކަށް އަލްތާފު ހޮވައިފި
އިސްކަންދަރު ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ލުހާ
ވިލާ ހައި ސްކޫލްގެ އެންމެ މޮޅު ދަރިވަރަކީ ނާބިހު
ވޯލްޑް ސްކޮލާސް ކަޕްގައި ދިވެހި ދަރިވަރުން ވިދާލައިފި
ވޯލްޑް ސްކޮލާސް ކަޕަށް ދިވެހި ދަރިވަރުން ތައްޔާރުވަނީ
ސީއެޗްއެސްއީގެ މިދިޔަ އަހަރުގެ މޮޅު ދަރިވަރަކީ މަލްހާ
ވިލާ ހައި ސްކޫލަށް ވަނުމުގެ މުއްދަތު އިތުރުކޮށްފި
އިސްކަންދަރު ސްކޫލުން އެއް ވަނަ ލަޔާލް އަށް
16 ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް
ރާއްޖޭގައި 12 އަހަރުން ލިބެނީ 8 އަހަރުގެ ތައުލީމް