ވިލާ އިންޓަނޭޝަަނަލް ހައި ސްކޫލުގައި ކިޔެވުމަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
25 ޖެނުއަރީ 2018
ވިލާ އިންޓަނޭޝަަނަލް ހައި ސްކޫލުގައި ކިޔެވުމަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
އެ ސްކޫލުން ބުނީ ވީހާ ވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދިނުމަށް އަންނަ އަންގާރަ ދުވަހާ ހަމައަށް، ފޯމު ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފައިވާ ކަމަށެވެ.
ވިލާ ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ ރަށްރަށުގައި ތިބި ވަރަށް ގިނަ ގިނަ އަދަދެއްގެ ދަރިވަރުން އެ ސްކޫލަށް ވަނުމަށް އެދެމުން އަންނަ ކަމަށެެވެ. ނަމަވެސް އޯ ލެވެލްގެ ނަތީޖާ ނަގައި ފޯމު ހުށަހެޅުމުގައި ދަތިތަކެއް ހުރުމުން، މުއްދަތު އިތުރުކޮށްދޭން އެދެމުން އަންނަ ކަމަށް ވިދާޅުވި އެެވެ.
"ރާއްޖޭގެ ހިސާބުތަކުގައި ތިބި ދަރިވަރުން ގުޅާފައި އެބަ ބުނޭ ފޯމު ހުށަހެޅުމުގައި ދަތިތަކެއް ހުރުމުން، މުއްދަތު އިތުރުކޮށްދިނުމަށް. އެހެންވެ ވީހާ ވެސް ގިނަ ދަރިވަރުންނަށް ޖާގަ ދިނުމަށް މުއްދަތު އިތުރުކުރީ،" ސައީދު ވިދާޅުވި އެވެ.
ވިލާއިން ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން، އޯ ލެވެލްގެ ފަސް މާއްދާއިން ފާސްވާ ދަރިވަރުންނަށް ސަރުކާރުން ފީ ދައްކައިދޭނެ އެވެ. ނަމަވެސް އެއަށް ވުރެ ނަތީޖާ ދަށް ދަރިވަރުންނަށް ވެސް މަހު ފީ ދައްކައިގެން ފުރުސަތު ދޭނެ އެެވެ.
ގްރޭޑް 11 އަށް އަލަށް ވަންނަ ދަރިވަރުންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު 50 ދަރިވަރުންނަށް ވިލާ ހައި ސްކޫލުން ސްކޮލަޝިޕް ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެ ސްކޮލަޝިޕް ލިބޭނީ ގައުމީ ގަދަ 10 އަކުން، 1،2 އަދި ތިން ވަނަ ހޯދާ ދަރިވަރުންނަށެވެ.
މީގެ އިތުރުން ބްރިލިއަންސް އެވޯޑާއި ކުޅިވަރުގެ އެވޯޑު ހޯދާފައިވާ ދަރިވަރުންނަށް ވެސް އެ އެހީ ލިބޭނެ ކަން ސައީދު ފާހަގަކުރެއްވި އެވެ.
ވިލާ ހައި ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އަހުނަފް
ވޯލްޑް ސްކޮލާސް ކަޕްގައި ދިވެހި ދަރިވަރުން ވިދާލައިފި
ވޯލްޑް ސްކޮލާސް ކަޕަށް ދިވެހި ދަރިވަރުން ތައްޔާރުވަނީ
ހުރިހާ ކްލާސްރޫމެއް މި އަހަރު އޭސީ ކުރާނަން: ރައީސް
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި
އަންނަ އަހަރު ގްރޭޑް 1 އަށް 5،700 ދަރިވަރުން
ދަރިންނަށް ކިޔަވައިދޭން އެންމެ އުތުރުން ކުޑަހުވަދު އަށް
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ