Roadha Mihaaru
ސީއެޗްއެސްއީގެ މިދިޔަ އަހަރުގެ މޮޅު ދަރިވަރަކީ މަލްހާ

ސީއެޗްއެސްއީގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކީ މަލްހާ

08 އެޕްރީލް 2018

ސީއެޗްއެސްއީގެ މިިދިޔަ އަހަރުގެ ޖޫން މަހުގެ ބެޗުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އައިޝަތު މަލްހާ ހޮވިއްޖެ އެވެ.

ސީއެޗްއެސްއީގެ މިިދިޔަ އަހަރުގެ ޖޫން މަހުގެ ބެޗުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އައިޝަތު މަލްހާ ހޮވިއްޖެ އެވެ.

ޣިޔާސުއްދީން ހޯލްގައި ރޭ ބޭއްވި ހަފުލާގައި، ދެ ވަނަ ލިބުނީ މޫސާ މާޖިދަށެވެ. ތިން ވަނަ ލިބުނީ ޝާހީން ވަހީދަށެވެ. އެ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ، އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝާކިރެވެ.

ސީއެޗްއެސް އީން މިދިޔަ އަހަރުގެ ޖޫން މަހުގެ ބެޗުން، ދެ ވަނަ ހޯދި މާޖިދަށް، އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޝާކިރު ތަށި ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ސީއެޗްއެސްއީ

ސީއެޗްއެސް އީން މިދިޔަ އަހަރުގެ ޖޫން މަހުގެ ބެޗުން، ދެ ވަނަ ހޯދި މާޖިދަށް، އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޝާކިރު ތަށި ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ސީއެޗްއެސްއީ

އެ ސްކޫލުން ގަދަ ތިން ވަނަ ހޯދި ދަރިވަރުން ވަނީ ފަސް މާއްދާއިން އޭ ހޯދައިގެން އޭ ލެވެލް އިން 1ވަނަ ހޯދައިފަ އެވެ.

"މިހާރު"އާ ވާހަކަދައްކަވަމުން ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ ވިދާޅުވީ، މިދިޔަ އަހަރުގެ ޖޫން މަހު އިމްތިހާނުގައި ބައިވެރިވި ދަރިވަރުން ވަރަށް ރަނގަޅު ނަތީޖާއެއް ހޯދި ކަމަށެވެ. އެގޮތުން ފަސް މާއްދާއިން އޭ ހޯދައިގެން އެ ސްކޫލުގެ 32 ދަރިވަރުން އެއް ވަނައިގައި ހިމެނިފައިވާކަން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ފަސް މާއްދާއިން އޭ ސްޓާ ހޯދައިގެން ރައީސްގެ ސްކޮލަޝިޕް ވެސް ލިބިފައިވަނީ އެ ސްކޫލުގެ ތިން ދަރިވަރުންނަށް ކަން ސޮފޫރާ ފާހަގަކުރެއްވި އެވެ.

ސީއެޗްއެސްއީން މިދިޔަ އަހަރުގެ ޖޫން މަހުގެ ބެޗުން ތިން ވަނަ ހޯދި ޝާހީނަށް، އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޝާކިރު ތަށި ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ސީއެޗްއެސްއީ

ސީއެޗްއެސްއީން މިދިޔަ އަހަރުގެ ޖޫން މަހުގެ ބެޗުން ތިން ވަނަ ހޯދި ޝާހީނަށް، އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޝާކިރު ތަށި ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ސީއެޗްއެސްއީ

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ އިމްތިހާނުގެ ނަތީޖާއިން، ޔުނިވާސިޓީތަކަށް ވަދެވޭވަރަށް 85.2 ޕަސެންޓް ދަރިވަރުން ފާސްވެފައިވާ ކަމަށެވެ. އެޗްއެސްސީ އިމްތިހާނުން 89 ޕަސެންޓް ދަރިވަރުން ފާސްވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ

މިދިޔަ އަހަރު ބޭއްވި އެކި މުބާރާތްތަކާއި އިމްތިހާނުތަކުން މޮޅު ނަތީޖާ ހޯދި 164 ދަރިވަރަކަށް އިނާމު ދީފައި ވެ އެވެ.

ސީއެޗްއެސްއީގައި މިދިޔަ އަހަރުުގެ އޮކްޓޯބަރު/ނޮވެމްބަރު މަހު ވެސް އޭ ލެވެލް އިމްތިހާނު ހަދާފައި ވެ އެވެ. އެހެންވެ އެ އިމްތިހާނުގެ ނަތީޖާ ލިބުމުން، އޮކްޓޯބަރު މަހުގެ ބެޗުން ވަނަ ތައް ހޯދި ދަރިވަރުންނަށް އިނާމު ދޭނެ އެވެ.