Roadha Mihaaru
އިސްކަންދަރު ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ލުހާ

އިސްކަންދަރު ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ލުހާ ހޮވިއްޖެ

14 އޯގަސްޓް 2018

އިސްކަންދަރު ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މަރިޔަމް ލުހާ އާތިފް ރޭ ހޮވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިސްކަންދަރު ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މަރިޔަމް ލުހާ އާތިފް ރޭ ހޮވައިފި އެވެ.

އެ ސްކޫލުގެ މިިދިޔަ އަހަރުގެ ހައުސް ޑެޕިއުޓީ ކެޕްޓަންކަން ކުރި ލުހާ ވަނީ ހަތް މާއްދާއިން އޭ ސްޓާ އަދި އެއް މާއްދާއިން އޭ ހޯދައިގެން ގައުމީ ގަދަ ދިހެއްގެ ދެ ވަނަ ހޯދައިފަ އެވެ. އޭނާ އަށް އިނާމު ހަވާލުކޮށްދެއްވީ، އިސްކަންދަރު ސްކޫލުގައި ރޭ ބޭއްވި މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ހަފުލާގެ ޝަރަފުވެރި މެހެމާން، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ޑރ. ހުސެއިން ފާއިޒެވެ.

އިސްކަންދަރު ސްކޫލުން މިދިޔަ އަހަރު ދެ ވަނަ ހޯދި އަރުޝަދަށް، ރައީސް އޮފީހުގެ އަންޑަސެކްރޭޓަރީ ޑރ. ފާއިޒު (ކ) ތަށި ހަވާލުކޮށްދެއްވަނީ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އިސްކަންދަރު ސްކޫލުން މިދިޔަ އަހަރު ދެ ވަނަ ހޯދި އަރުޝަދަށް، ރައީސް އޮފީހުގެ އަންޑަސެކްރޭޓަރީ ޑރ. ފާއިޒު (ކ) ތަށި ހަވާލުކޮށްދެއްވަނީ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އިސްކަންދަރު ސްކޫލުގެ މިދިޔަ އަހަރުގެ ހުރިހާ ގޮތަކުން މޮޅު ތިން ދަރިވަރުން ހޮވި އެވެ. ލުހާ އަށް އެއްވަނަ ލިބުނުއިރު އަލީ އަރުޝަދު އުސްމާން ވަނީ ދެ ވަނަ ހޯދައިފަ އެވެ. ތިން ވަނަ ހޯދީ، ހިސާބު މާއްދާއިން މުޅި ދުނިޔެއިން އެއްވަނަ ހޯދި މަރިޔަމް ހައިބާ އަބްދުﷲ އެވެ.

މިދިޔަ އަހަރު އެ ސްކޫލުން 153 ދަރިވަރުން އޯ ލެވެލް ނިންމިއިރު އޭގެ ތެރެއިން 59 ދަރިވަރަކު ގައުމީ ގަދަ 10ގައި ހިމެނިފައި ވެ އެވެ. އަދި ދުނިޔޭގެ އެކި ފެންވަރުގައި ހަ ދަރިވަރަކު ވަނީ ހިމެނިފަ އެވެ. އޯ ލެވެލް ނިންމި ދަރިވަރުންގެ ތެރެއިން 94 ޕަސެންޓުގެ ދަރިވަރުން ފަސް މާއްދާއިން ފާސްވެފައި ވެ އެވެ.

އިސްކަންދަރު ސްކޫލުން މިިދިޔަ އަހަރު ތިން ވަނަ ހޯދި ހައިބާ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އިސްކަންދަރު ސްކޫލުން މިިދިޔަ އަހަރު ތިން ވަނަ ހޯދި ހައިބާ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އިސްކަންދަރު ސްކޫލުން ރޭ ވަނީ 164 ދަރިވަރަކަށް އިނާމު ދީފަ އެވެ. އޭގެ ތެރޭގައި އޯ ލެވެލްގައި ރަނގަޅު ވަނަތައް ހޯދި ދަރިވަރުންނާއި ޔުނީފޯމް ހަރަކާތްތަކުންނާއި އެކި މުބާރާތްތަކުން ރަން ވަނަތައް ހޯދި ދަރިވަރުން ހިމެނެ އެވެ.

އިސްކަންދަރު ސްކޫލުން މިދިޔަ އަހަރު އޯ ލެވެލް ނިންމި ދަރިވަރުންތަކެއް.- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އިސްކަންދަރު ސްކޫލުން މިދިޔަ އަހަރު އޯ ލެވެލް ނިންމި ދަރިވަރުންތަކެއް.- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ