29 ސެޕްޓެމްބަރ 2016
ލޭގައި ހަކުރު ހުރި މިންވަރު، ގައިން ހިއްލާ ދަލުން މޮނިޓާ ކުރުމަށް ބޭނުންކުރޭ ސެންސާއެއް ސައިންސްވެރިން ތައްޔާރު ކޮށްފި އެވެ. ލޮއެ ފާޑުގެ މެޓީރިއަލް އަކުން ތައްޔާރުކޮށްފައިވާ މި ސެންސާ އަކީ އަޅާލައިގެން އުޅެން ފަސޭހަ އެއްޗެކެވެ. މިއީ ހަކުރު ބަލީގެ މީހުން ލޭގައި ހަކުރު ހުރި މިންވަރު ދެނެގަތުމަށް ކޮންމެ ފަހަރަކު އިނގިއްޔަށް ކަށި ނުހަރާ ފަރުޖެއްސޭނެ އެއްޗެކެވެ.
ލޭގައި ހަކުރު ހުރި މިންވަރު، ގައިން ހިއްލާ ދަލުން މޮނިޓާ ކުރުމަށް ބޭނުންކުރޭ ސެންސާއެއް ސައިންސްވެރިން ތައްޔާރު ކޮށްފި އެވެ. ލޮއެ ފާޑުގެ މެޓީރިއަލް އަކުން ތައްޔާރުކޮށްފައިވާ މި ސެންސާ އަކީ އަޅާލައިގެން އުޅެން ފަސޭހަ އެއްޗެކެވެ. މިއީ ހަކުރު ބަލީގެ މީހުން ލޭގައި ހަކުރު ހުރި މިންވަރު ދެނެގަތުމަށް ކޮންމެ ފަހަރަކު އިނގިއްޔަށް ކަށި ނުހަރާ ފަރުޖެއްސޭނެ އެއްޗެކެވެ.
ހަކުރުބަލި ހުންނަ މީހުންގެ އާއްމުކޮށް ހުންނަނީ އިންސިއުލިން ލެވެލް ދަށްކޮށެވެ. އިންސިއުލިން އަކީ ހަކުރު އެނާޖީއަށް ބަދަލުކޮށްދިނުމުގެ މަސައްކަތްކުރާ ހޯމޯން އެވެ. އިންސިއުލިން މަދުވާ ނަމަ ސިއްހީ ބޮޑު މައްސަލައެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި، ލޭގައި ހަކުރު ހުންނަ މިންވަރު ވަރަށް ފަރުވާތެރިކަމާ އެކު އަބަދު މޮނިޓާ ކުރަންޖެހެ އެވެ.
އޮސްޓްރޭލިޔާގެ ޔުނިވަސިޓީ އޮފް ވޮލޮންގޮންގްގެ ސައިންސްވެރިން އީޖާދުކުރި މި ސެންސާ އިން ގައިން ހިއްލާ ދަލާއި ކަރުނައިން ވެސް، ލޭގައި ހަކުރު ހުރި މިންވަރު ދެނެގަނެވޭނެ އެވެ.
ޖަޕާންގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް މެޓީރިއަލް ސައިންސްގެ ޕްރޮފެސަރެއް ކަމަށްވާ ޔަސޫކޭ ޔަމޫޗީ ވިދާޅުވީ ކޮޕާއިން ތައްޔާރުކޮށްފައިވާ މި ގުލްކޯޒް ސެންސާ އަކީ ވަރަށް ރަނގަޅަށް ދިރާސާކުރުމަށްފަހު ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށާއި މިއީ އިތުބާރު ބޮޑު، އަގުހެޔޮ އަދި ވަރަށް ބަރާބަރަށް މަސައްކަތްކުރާ އެއްޗެއް ކަމަށެވެ.
މިއީ ހުރިހާ މާހައުލަކާ ވެސް ގުޅޭ، ފަސޭހައިން ހަލާކުވެގެން ނުދާ ވައްތަރުގެ އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ސެންސާ އަޅާލައިގެން ފަސޭހަކަމާ އެކު އުޅެވޭ ކަހަލަ ގޮތަކަށް ތައްޔާރުކުރަމުންދާ ކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ. އެއީ އަތުގައި އަޅާ ބޭންޑެއް ނުވަތަ ސްމާޓް ވޮޗެއް ފަދަ އެއްޗެއްގެ ގޮތުގަ އެވެ. އޭރުން އަބަދުވެސް ހަކުރު ހުންނަ މިންވަރު ފެނިފެނި ހުންނާނެ އެވެ. އަދި ބޭނުން ނަމަ އެމައުލޫމާތު ވަޔަލެސްކޮށް ޑޮކްޓަރުންނަށް ފޮނުވޭ ގޮތް ވެސް ހެދޭނެ އެވެ.
މިއީ ސިއްހީ ހިދުމަތް ދޭ ތަންތަނާ މާ ދުރުގައި އުޅޭ މީހުން ބޭނުންކުރަން ވަރަށް ރަނގަޅު އެއްޗަކަށް ވާނެކަމަށް ޕްރޮފެސަރު ވިދާޅުވެފައިވެ އެވެ.
ހަކުރުބަލީގެ ނިޝާންތައް 20 އަހަރު ކުރިން ފެނޭ
ފަލަމަސްގަނޑުގެ ސައިޒާއި ހަކުރު ބައްޔާ ގުޅުމެއް
ހަކުރު ބައްޔާ ގުޅުން ހުރި މުހިންމު ޖީންއެއް ހޯދިއްޖެ
ހަކުރުބަލީގެ އާ ބޭހުން ޕްރެޝަރު ދަށްވެ ބަރުދަން ލުއިވޭ
ހަކުރުބަލީގެ ނުރައްކާ ކުޑަކުރަން ސޯޔާބީން އޮއިލް އާއި ނަޓްސް
ހަކުރު ބައްޔަށް ފަރުވާކުރުމަށް ސްމާޓްފޯން
ހަކުރުބަލި ފަސޭހަކުރެވިދާނެ ކަމުގެ އުންމީދު ބޮޑުވެއްޖެ
ދުވާލު މާގިނައިރު ނިދާ މީހުންނަށް އިންޒާރެއް
30 އަހަރު ތެރޭ ހަކުރު ބަލި ދެގުނަ ވެއްޖެ
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް