27 ފެބުރުއަރީ 2018
އިންޑިއާގެ ސާ ގަންގާ ރާމް ހޮސްޕިޓަލުން މިދިޔަ އަންގާރަ ދުވަހު ބުނި ގޮތުގައި އެ ހޮސްޕިޓަލާއި އިލާހުއާބާދުގައި ހުންނަ މޯތީލާލް ނެހްރޫ މެޑިކަލް ކޮލެޖު ގުޅިގެން ވަރަށް މުހިއްމު ހޯދުމެއް ވަނީ ހޯދާފަ އެވެ. މިއީ ޓައިޕް 2 ޑައިބެޓީސްގެ ނުރައްކާ ހުރި މިންވަރު ދެނެގަތުމަށް ސްކްރީން ކުރަން ހޯދާފައިވާ އަގުހެޔޮ އަދި ވަރަށް ފަސޭހަ ޓެސްޓެކެވެ.
އިންޑިއާގެ ސާ ގަންގާ ރާމް ހޮސްޕިޓަލުން މިދިޔަ އަންގާރަ ދުވަހު ބުނި ގޮތުގައި އެ ހޮސްޕިޓަލާއި އިލާހުއާބާދުގައި ހުންނަ މޯތީލާލް ނެހްރޫ މެޑިކަލް ކޮލެޖު ގުޅިގެން ވަރަށް މުހިއްމު ހޯދުމެއް ވަނީ ހޯދާފަ އެވެ. މިއީ ޓައިޕް 2 ޑައިބެޓީސްގެ ނުރައްކާ ހުރި މިންވަރު ދެނެގަތުމަށް ސްކްރީން ކުރަން ހޯދާފައިވާ އަގުހެޔޮ އަދި ވަރަށް ފަސޭހަ ޓެސްޓެކެވެ.
ސާ ގަންގާ ރާމް ހޮސްޕިޓަލުން މާޗް 2013 އިން ސެޕްޓެމްބަރު 2016 އަށް ކުރިއަށް ގެންދިޔަ މި ހޯދުމުގައި އެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ 1،055 މީހެއްގެ ހާލަތާއި ކުރިން ދިމާވެފައިވާ މައްސަލަތައް ވެސް ބަލާފައިވެ އެވެ. ހޮސްޕިޓަލުން ބުނި ގޮތުގައި މި ހޯދުމުން ހާމަވި އެންމެ މުހިއްމު ކަމަކީ ފައިގެ ފަލަމަސްގަނޑު ފަލަކޮށް ތިބޭ މީހުންނަށް ހަކުރުބަލި ޖެހުމުގެ ފުރުސަތު ކުޑަ ކަމެވެ.
މި ހޯދުމުގެ މަގްސަދަކީ ހަކުރުބަލި ސްކްރީންކުރުމަށް ކުރަން ޖެހޭ ޚަރަދާއި ތަހުލީލުތަކުގެ ބޮޑުބައެއް ކުޑަކޮށްދިނުމަށް އެހާ އަގުބޮޑުނޫން ގޮތެއް ހޯދައިދިނުމެވެ.
އިންޑިއަން ޖާނަލް އޮފް އެންޑޮކްރައިނޮލޮޖީ އެންޑް މެޓަބޮލިޒަމްގައި ޝާއިއުކުރި މި ހޯދުމުގައި ބަޔާންކޮށްފައިވާ ގޮތުގައި ފައިގެ ފަލަމަސްގަނޑުގެ ވަށަމިނުން ހަކުރު ބަލީގެ ނުރައްކާ ދެނެގަނެވިދާނެ އެވެ.
"ބަނޑު ފަލަވެފައި ފަލަމަސްގަނޑު ހިމަ ނަމަ ހަކުރުބަލީގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވޭ. ނަމަވެސް ބަނޑު ހިނދިވެފަ ފަލަމަސްގަނޑު ފަލަ ނަމަ ހަމަ އެހާވަރަށް ހަކުރުބަލީގެ ނުރައްކާ ކުޑަވޭ،" ދިރާސާ ރިޕޯޓުގައި ބުނެފައިވެ އެވެ.
ހަކުރުބައްޔަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ސިއްހީ ތަޖުރިބާކާރުންނަށް އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވާ އެއް ބައްޔެވެ.
މި ބަލީގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ބަލި ޖެހިފައިވާ ދެބައިކުޅަ އެއްބައި މީހުންނަށް އެމީހުންގެ ހަށިގަނޑުގައި ބަލި ހުރިކަން ނޭނގުމެވެ. ބަލި ހުރިކަން އެނގޭއިރު އޮންނަނީ ބަލީގެ ސަބަބުން ވަރަށް ބޮޑުވަރު ވެފަ އެވެ. ބަލީގެ ކުރީކޮޅު ބަލި ދެނެނުގަނެވިއްޖެ ނަމަ ބަލީގެ ގެއްލުންތައް ކުޑަކުރެވެ އެވެ.
"އޭޝިއާ ދަރިކޮޅުގެ މީހުންގެ ތެރެއިން ގިނަ މީހުން މިތިބެނީ ބޮޑެތި ބަނޑުލާފައި، ފައިގެ ފަލަމަސްގަނޑު ހުންނަނީ ހިމަކޮށް. ބަނޑުގައި މާގިނައިން ސަރުބީ ހުރުމުން ވަރަށް ފަސޭހައިން ހަކުރުބަލި ޖެހެން ދިމާވޭ،" މި ހޯދުމުގައި މަސައްކަތް ކުރެއްވި ޑރ. އަތުލް ކާކަރް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ހަކުރުބަލި ހުންނަ މީހުންގެ ތެރެއިން ގިނަ މީހުންގެ އުނަގަނޑުގެ ވަށަމިން އެ ބަލި ނުހުންނަ މީހުންނަށް ވުރެ އިތުރުކަން ވެސް މި ހޯދުމުން ވަނީ ފާހަގަކުރެވިފަ އެވެ. އަދި ހަކުރުބަލި ހުންނަ މީހުންގެ ފަލަމަސްގަނޑު ހަކުރުބަލި ނުހުންނަ މީހުންނަށް ވުރެ ހިމަ ކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އުނަގަނޑާއި ފަލަމަސްގަނޑުގެ ރޭޝިއޯ އަށް ބަލައިގެން، ހަކުރުބަލި ހުރިތޯ ޓެސްޓް ކުރާނީތޯ ނުވަތަ ނޫންތޯ ނިންމި ދާނެ. މިއީ ވަރަށް އަގުހެޔޮ އެހާމެ ފަސޭހަ ގޮތެއް،" ޑރ. އަތުލް ވިދާޅުވި އެވެ.
ހަކުރުބަލީގެ ނިޝާންތައް 20 އަހަރު ކުރިން ފެނޭ
ހަކުރު ބައްޔާ ގުޅުން ހުރި މުހިންމު ޖީންއެއް ހޯދިއްޖެ
ހަކުރުބަލީގެ އާ ބޭހުން ޕްރެޝަރު ދަށްވެ ބަރުދަން ލުއިވޭ
ހަކުރުބަލީގެ ނުރައްކާ ކުޑަކުރަން ސޯޔާބީން އޮއިލް އާއި ނަޓްސް
ހަކުރު ބައްޔަށް ފަރުވާކުރުމަށް ސްމާޓްފޯން
ހަކުރުބަލި ފަސޭހަކުރެވިދާނެ ކަމުގެ އުންމީދު ބޮޑުވެއްޖެ
ލޭގައި ހަކުރު ހުންނަ މިންވަރު އަންގައިދޭ ސެންސާއެއް
ދުވާލު މާގިނައިރު ނިދާ މީހުންނަށް އިންޒާރެއް
30 އަހަރު ތެރޭ ހަކުރު ބަލި ދެގުނަ ވެއްޖެ
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް