08 ޑިސެމްބަރ 2017
ހަކުރުބައްޔަށް ބޭނުންކުރަން އަލަށް އުފެއްދި ބޭހަކަށް މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހުއްދަ ދީފަ އެވެ. މި ބޭހުން ހަކުރު ކޮންޓްރޯލް ކޮށްދިނުމުގެ އިތުރުން ލޭގެ ޕްރެޝަރު ދަށްކޮށްދީ ބަރުދަން ވެސް ފުދޭ ވަރަކަށް ލުއިކޮށްދޭ ކަމަށްވެ އެވެ.
ހަކުރުބައްޔަށް ބޭނުންކުރަން އަލަށް އުފެއްދި ބޭހަކަށް މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހުއްދަ ދީފަ އެވެ. މި ބޭހުން ހަކުރު ކޮންޓްރޯލް ކޮށްދިނުމުގެ އިތުރުން ލޭގެ ޕްރެޝަރު ދަށްކޮށްދީ ބަރުދަން ވެސް ފުދޭ ވަރަކަށް ލުއިކޮށްދޭ ކަމަށްވެ އެވެ.
ޑެންމާކްގެ ބޭސް އުފައްދާ ކުންފުނި ނޯވޯ ނޯޑިސްކް އިން ބުނި ގޮތުގައި ޓައިޕް 2 ޑައިބެޓީސް ހުންނަ މީހުންގެ ގަޔަށް ހަފުތާއަކު އެއް ފަހަރު ޖަހާ މި ބޭހުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ވަނީ ދީފަ އެވެ. އޯޒެމްޕިކް ކިޔާ މި ބޭސް ސެމަގްލުޓައިޑްގެ ނަމުން ވެސް ކިޔާ އުޅެ އެވެ. މި ބޭސް ދިނުމުން ހަށިގަނޑުން އިންސިއުލިން އުފައްދާ މިންވަރު އިތުރުކޮށްދީ ކާހިތްވާ މިންވަރު ކުޑަކޮށްދެ އެވެ.
ބޮޑު ކުންފުންޏަކުން ފަންޑު ކޮށްގެން ހޯދާފައިވާ މި ހޯދުމުން ހާމަވެފައިވާ ގޮތުގައި ޓައިޕް 2 ޑައިބެޓީސް ހުންނަ މީހުން އޯޒެމްޕިކް ބޭނުންކުރުމުން، މި ވައްތަރުގެ ހަކުރުބައްޔަށް ދިނުމަށް މާކް އެންޑް ކޯ ކުންފުނިން އުފައްދާފައިވާ ޖެނުވިއާ އަށް ވުރެ ދެ ގުނަ ރަނގަޅެވެ. އަދި މި ބޭސް ކާ މީހުންގެ ބަރުދަން ވެސް ޖެނުވިއާ ބޭސް ކާ މީހުންނަށް ވުރެ ދެ ގުނަ ނުވަތަ ތިން ގުނަ އިތުރަށް ލުއިވެ އެވެ.
އޮޒެމްޕިކްގެ ވަރަށް ދަށް ޑޯޒެއް ދޭން ފެށިތާ 56 ހަފުތާ ވީއިރު، ބޭސް ދިން މީހުންގެ ހަށިގަނޑުން ހަތަރު ވަރަކަށް ކިލޯ ލުއިވެފައިވެ އެވެ. އަދި މަތީ ޑޯޒް ދިން މީހުންގެ ބަރުދަނުން ހަ ކިލޯ ލުއިވި އެވެ. ނަމަވެސް ޖެނުވިއާ ދިން މީހުން ބަރުދަނުން ލުއިވެފައި ވަނީ އެވްރެޖްކޮށް 1.9 ކިލޯ އެވެ.
ހަކުރުބައްޔަށް ޚާއްސަކޮށް ބޭސް އުފެއްދުމުގައި ދުނިޔޭގައި މިހާރު އެންމެ ކުރީގައި އުޅޭ ނޯވޯ ނޯޑިސްކް ކުންުފުނިން އަންނަނީ ހަމައެކަނި ބަރުދަން ލުއިކުރުމަށް ވެސް މި ބޭސް ދެވިދާނެތޯ ޓެސްޓް ކުރަމުންނެވެ.
ޓައިޕް-2 ޑައިބެޓީސް ނުވަތަ އާންމުކޮށް ބޮޑެތި މީހުންނަށް ޖެހޭ ހަކުރުބަލި ހުންނަ ގިނަ މީހުންނަކީ ވަރަށް ފަލަ ނުވަތަ ފަލަބަލި ޖެހިފައިވާ ތިބޭ މީހުންނެވެ. އެހެންވެ މި މީހުންގެ ބަރުދަން އެކަށީގެންވާ ވަރަކަށް ލުއިކޮށްލުމުން ވެސް ލޭގައި ހަކުރު ހުންނަ މިންވަރު ދަށްވެ ހަކުރުބަލި ކޮންޓްރޯލްކުރަން ފަސޭހަވެ އެވެ. ލޭގައި ހަކުރު އެކުލެވޭ މިންވަރު މާ ގިނަވެފައި ގިނަ ދުވަސް ހުންނަން ވެއްޖެ ނަމަ އެތެރެހަށީގެ ގުނަވަންތަކަށް ލޭ ދައުރުވާ މިންވަރު ދަށްވެ ގުނަވަންތައް ފެއިލްވާ ގޮތް ދިމާވެ އެވެ.
އިންޖެކްޝަން ޕެން އެއްގެ އެހީގައި ޖަހާ މި އާ ބޭސް އަދި އަގުބޮޑެވެ. ނަމަވެސް ހަކުރު ބައްޔަށް މިހާރު އުފައްދާފައިވާ މިފަދަ ބޭސްތަކާ އަޅާބަލާއިރު މި ބޭހުގެ ސައިޑް އިފެކްޓްސް މަދުކަމަށްވެ އެވެ.
ހަކުރުބަލީގެ ނިޝާންތައް 20 އަހަރު ކުރިން ފެނޭ
ފަލަމަސްގަނޑުގެ ސައިޒާއި ހަކުރު ބައްޔާ ގުޅުމެއް
ހަކުރު ބައްޔާ ގުޅުން ހުރި މުހިންމު ޖީންއެއް ހޯދިއްޖެ
ހަކުރުބަލީގެ ނުރައްކާ ކުޑަކުރަން ސޯޔާބީން އޮއިލް އާއި ނަޓްސް
ހަކުރު ބައްޔަށް ފަރުވާކުރުމަށް ސްމާޓްފޯން
ހަކުރުބަލި ފަސޭހަކުރެވިދާނެ ކަމުގެ އުންމީދު ބޮޑުވެއްޖެ
ލޭގައި ހަކުރު ހުންނަ މިންވަރު އަންގައިދޭ ސެންސާއެއް
ދުވާލު މާގިނައިރު ނިދާ މީހުންނަށް އިންޒާރެއް
30 އަހަރު ތެރޭ ހަކުރު ބަލި ދެގުނަ ވެއްޖެ
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް