18 ޖެނުއަރީ 2018
އިންސިއުލިން ރެގިއުލޭޓްކުރުމަށް ވަރަށް ބޭނުންތެރި އާ ޖީންއެއް ސައިންސްވެރިންނަށް ފާހަގަކުރެވިއްޖެ އެވެ. އާދައިގެ ގޮތެއްގައި މީހުންނަށް ޖެހޭ ހަކުރުބައްޔަށާއި މަދުން ޖެހޭ ވައްތަރުގެ ހަކުރުބައްޔަށް މި ޖީން ބޭނުންކޮށްގެން ފަރުވާއެއް ހޯދިދާނެކަމަށް ސައިންސްވެރިން އުންމީދު ކުރެ އެވެ.
އިންސިއުލިން ރެގިއުލޭޓްކުރުމަށް ވަރަށް ބޭނުންތެރި އާ ޖީންއެއް ސައިންސްވެރިންނަށް ފާހަގަކުރެވިއްޖެ އެވެ. އާދައިގެ ގޮތެއްގައި މީހުންނަށް ޖެހޭ ހަކުރުބައްޔަށާއި މަދުން ޖެހޭ ވައްތަރުގެ ހަކުރުބައްޔަށް މި ޖީން ބޭނުންކޮށްގެން ފަރުވާއެއް ހޯދިދާނެކަމަށް ސައިންސްވެރިން އުންމީދު ކުރެ އެވެ.
ހަކުރުބަލީގެ ތެރެއިން އެންމެ އާންމު ވައްތަރުތަކަކީ ޓައިޕް 1 އަދި ޓައިޕް 2 ޑައިބެޓީސް އެވެ. މި ވައްތަރުތައް ޖެހޭ މީހުންގެ 1-2 ޕަސެންޓް މީހުންނަކީ ޖެނެޓިކް ސަބަބުތަކަކާ ހެދި މި ބަލި ޖެހޭ މީހުންނެވެ.
އައިބު ހުންނަ މި ޖީންގެ ސަބަބުން ޕެންކްރިއަސްގައި ހުންނަ އިންސިއުލިން އުފައްދާ ބީޓާ-ސެލްގެ ނަމުން ނަން ދީފައިވާ ސެލްތަކުގެ މަސައްކަތަށް ނޭދެވޭ އަސަރު ކުރެ އެވެ.
އެމެރިކާގެ ވެންޑާބިލްޓް ޔުނިވަސިޓީ އާއި އިތުރު ދެ ޔުނިވަސިޓީއެއްގެ ސައިންސްވެރިން ގުޅިގެން ހޯދި މި ހޯދުމުގައި ދިރާސާކޮށް ބަލާފައި ވަނީ އާދަޔާޚިލާފު ގޮތަކަށް ހަކުރުބަލި ޖެހިފައިވާ އާއިލާއެކެވެ. މި އާއިލާގެ ބައެއް މީހުންނަށް ހަކުރުބަލި ޖެހުނުއިރު އަނެއްބައި މީހުންގެ ޕެންކްރިއަސްގައި އިންސިއުލިން އުފައްދާ ޓިއުމަރުތަކެއް އުފެދިފައިވެ އެވެ.
އިންސިއުލިނޯމަސް ކިޔާ މި ޓިއުމަރުތަކުގެ ސަބަބުން، ލޭގައި ހަކުރު ހުންނަ މިންވަރު ދަށްވާއިރު އަސްލު ހަކުރުބަލި ޖެހޭ މީހުންގެ ކަންތައް ވަނީ މިއާ ދިމާ އިދިކޮޅަށެވެ. އެމީހުންގެ ލޭގައި ހަކުރު ހުންނަ މިންވަރު ވަނީ މައްޗެވެ.
"އަހަރެމެންގެ ހޯދުންތަކުން ވެސް ނުކުތީ ހައިރާންވާ ކަހަލަ ނަތީޖާ އެއް. ޖީންގައި ހުރި އައިބެއްގެ ސަބަބުން ޕެންކްރިއަސްގައި ހުންނަ އިންސިއުލިން އުފައްދާ ބީޓާ ސެލްތަކަށް ކުރާ އަަސަރުން މުޅިން ތަފާތު ދެ ހާލަތެއް ކުރިމަތިވާތީ،" އޭނާ ވިދާޅުވި އެވެ.
މި ޓީމުން ހޯދި ހޯދުމުން އެނގުނީ ފިރިހެނުންނަށް މާ ފަސޭހައިން ހަކުރުބަލި ޖެހޭއިރު އިންސިއުލިނޯމަސް އާންމުކޮށް ދިމާވަނީ އަންހެނުންނަށެވެ. ނަމަވެސް މިހާ ބޮޑު ތަފާތެއް އަންނަނީ ކީއްވެގެން ކަމެއް އަދި އޮޅުމެއް ނުފިލަ އެވެ.
ސައިންސްވެރިން މިހާރު އަންނަނީ ބީޓާ ސެލްސްތައް ރިޖަނަރޭޓްކޮށްގެން ހަކުރުބައްޔަށް ފަރުވާ ކުރެވޭނެ އާ ގޮތެއް ހޯދުމަށެވެ.
ސައިންސްވެރިންނަށް ފާހަގަކުރެވުނު ގޮތުގައި ޖެނެޓިކް ޑިސްއޯޑާ ހުންނަނީ މާފާ ކިޔާ ޖީންއެއްގަ އެވެ. މިއީ ބީޓާ ސެލްސްތަކުން އިންސިއުލިން އުފައްދާ މިންވަރު ކޮންޓްރޯލްކުރާ ޖީން އެވެ.
ސައިންސްވެރިން މިފަހަރުގެ ހޯދުމުގައި ބެލި އާއިލާގެ މީހުންގެ ތެރެއިން އެންމެންގެ ގައިގައި ވެސް މި ޖެނެޓިިކް ޑިސްއޯޑާ ހުއްޓެވެ. އެއީ ޑައިބެޓިސް ހުރި މީހުންނާއި އިންސިއުލިނޯމަސް ހުރި މީހުންގެ ވެސް މެއެވެ. އަދި މި ހޯދުމުގެ ތެރެއިން ހަމަ މިފަދަ އެހެން އާއިލާއެއް ވެސް ސައިންސްވެރިންނަށް ވަނީ ފެނިފަ އެވެ.
ޖީންގައި ހުރި އައިބަކުން ބަލި ޖެހޭކަން ހޯދުނު މިއީ ފުރަތަމަ ފަހަރެވެ.
ހަކުރުބަލީގެ ނިޝާންތައް 20 އަހަރު ކުރިން ފެނޭ
ފަލަމަސްގަނޑުގެ ސައިޒާއި ހަކުރު ބައްޔާ ގުޅުމެއް
ހަކުރުބަލީގެ އާ ބޭހުން ޕްރެޝަރު ދަށްވެ ބަރުދަން ލުއިވޭ
ހަކުރުބަލީގެ ނުރައްކާ ކުޑަކުރަން ސޯޔާބީން އޮއިލް އާއި ނަޓްސް
ހަކުރު ބައްޔަށް ފަރުވާކުރުމަށް ސްމާޓްފޯން
ހަކުރުބަލި ފަސޭހަކުރެވިދާނެ ކަމުގެ އުންމީދު ބޮޑުވެއްޖެ
ލޭގައި ހަކުރު ހުންނަ މިންވަރު އަންގައިދޭ ސެންސާއެއް
ދުވާލު މާގިނައިރު ނިދާ މީހުންނަށް އިންޒާރެއް
30 އަހަރު ތެރޭ ހަކުރު ބަލި ދެގުނަ ވެއްޖެ
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް