03 މެއި 2017
ޖަނަވާރުގެ ހަށިގަނޑުގައި އުޅޭ ދިރުން ހުރި ސެލްއެއް ސްމާޓްފޯން މެދުވެރިކޮށް ކޮންޓްރޯލްކުރެވޭނެ ގޮތެއް ސައިންސްވެރިން ހޯދައިފި އެވެ. މި ހޯދުމުގައި ސައިންސްވެރިން ވަނީ ހަކުރު ބަލި ހުރި މީދަލުގެ ހަށިގަނޑުގައި ހަކުރުގެ މިންވަރު ފޯނު މެދުވެރިކޮށް ކޮންޓްރޯލްކޮށްފަ އެވެ.
ޖަނަވާރުގެ ހަށިގަނޑުގައި އުޅޭ ދިރުން ހުރި ސެލްއެއް ސްމާޓްފޯން މެދުވެރިކޮށް ކޮންޓްރޯލްކުރެވޭނެ ގޮތެއް ސައިންސްވެރިން ހޯދައިފި އެވެ. މި ހޯދުމުގައި ސައިންސްވެރިން ވަނީ ހަކުރު ބަލި ހުރި މީދަލުގެ ހަށިގަނޑުގައި ހަކުރުގެ މިންވަރު ފޯނު މެދުވެރިކޮށް ކޮންޓްރޯލްކޮށްފަ އެވެ.
ސައިންސް ޓްރާންސްލޭޝަން މެޑިސިންގައި ބުނެފައިވާ ގޮތުގައި، މިގޮތަށް އެކި ބަލިތަކާ ދެކޮޅަށް، އެކި ބޭސް ބޭނުންކޮށްގެން ދޭ ފަރުވާގައި މި ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ އެވެ. ޗައިނާގެ ރިސާޗަރުން ބުނީ މިއީ ބޭސްވެރިކަމުގެ މުޅިން އާ މަރުހަލާއެއްގެ ފެށުން ކަމަށް ވެދާނެ ކަމަށެވެ.
މި އާ އީޖާދުގައި އެންމެ ފުރަތަމަ ކަމަކަށް އޮންނަނީ ދިރިހުރި ސެލްއެއް "ދިރުން ހުރި ފެކްޓަރީ"އަކަށް ބަދަލުކޮށްލަނީ ކަމަށް ސައިންސްވެރިން ބުނެ އެވެ. އެގޮތުން މި ސެލް ބަދަލުކޮށްލަނީ އެއިން ހަކުރާއި އިންސިއުލިން ފަދަ މާއްދާތައް ކޮންޓްރޯލްކުރެވޭނެ "ބޭސް" އަމިއްލައަށް އުފެދޭ ގޮތަށެވެ. އެކަމަކު އެ މަސައްކަތްކުރާނީ އެ ސެލްއަށް އައްޔެއް ފޮނުވުމުން އެކަންޏެވެ.
އޮޕްޓޮޖެނެޓިކްސްގެ ނަން ދީފައިވާ މި ޓެކްނޮލޮޖީގައި ސެލްތައް މަސައްކަތްކުރާނީ ވަކި ހާއްސަ ވޭވްލެންތެއްގެ ރަތް އައްޔަށެވެ. އެގޮތުން މި އަލި ފޮނުވަން ބޭނުންކުރާނީ ސްމާޓްފޯން އެޕަކުން ވަޔަލެސްކޮށް ދިއްލާ، އެލްއީޑީ އެކެވެ.
މި ޓެކްނޮލޮޖީ ޓެސްޓްކުރުމަށް އީސްޓް ޗައިނާ ނޯމަލް ޔުނިވަސިޓީގެ ސައިންސްވެރިން ވަނީ ހަކުރު ބަލި ހުރި މީދަލެއްގައި މި ސިސްޓަމް ހަރުކޮށްފަ އެވެ. އަދި ޓަޗްސްކްރީނެއް ބޭނުންކޮށްގެން އެ މީދަލުގެ ހަށިގަނޑުގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކުރި އެވެ.
ދިރާސާ ޓީމުން ބުނީ މިއީ ހާއްސަ ހާލަތްތަކުގައި ފަރުވާ ދިނުމަށް ވަރަށް މުހިންމު ޓެކްނޮލޮޖީއަކަށް ވާނެ ކަމަށެވެ. އަދި މި ޓެކްނޮލޮޖީ ކުރިއަރައި، ދުނިޔެއަށް އާންމުވުމަކީ ބޭސްވެރިކަމުގައި ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ވެސް ބުންޏެވެ.
ހަކުރުބަލީގެ ނިޝާންތައް 20 އަހަރު ކުރިން ފެނޭ
ފަލަމަސްގަނޑުގެ ސައިޒާއި ހަކުރު ބައްޔާ ގުޅުމެއް
ހަކުރު ބައްޔާ ގުޅުން ހުރި މުހިންމު ޖީންއެއް ހޯދިއްޖެ
ހަކުރުބަލީގެ އާ ބޭހުން ޕްރެޝަރު ދަށްވެ ބަރުދަން ލުއިވޭ
ހަކުރުބަލީގެ ނުރައްކާ ކުޑަކުރަން ސޯޔާބީން އޮއިލް އާއި ނަޓްސް
ފޯނާ ނުލައި ކެތްވާނީ ކުޑަ އިރުކޮޅަކު
ހަކުރުބަލި ފަސޭހަކުރެވިދާނެ ކަމުގެ އުންމީދު ބޮޑުވެއްޖެ
ލޭގައި ހަކުރު ހުންނަ މިންވަރު އަންގައިދޭ ސެންސާއެއް
ދުވާލު މާގިނައިރު ނިދާ މީހުންނަށް އިންޒާރެއް
30 އަހަރު ތެރޭ ހަކުރު ބަލި ދެގުނަ ވެއްޖެ