16 އޮކްޓޯބަރ 2017
ހަކުރުބަލި ޖެހޭ މީހުންގެ އަދަދު އާދަޔާޚިލާފަށް ގިނަވުން މިހާރު ވަނީ ދުނިޔެއަށް ވަރަށް ބޮޑު ބިރަކަށް ވެފަ އެވެ. މިކަމާ ގުޅޭ ގޮތުން ކޮށްފައިވާ ފަހުގެ ދިރާސާއެއް ބުނަނީ އޮމެގާ-6 ޕޮލިއަންސެޗުރޭޓެޑް ފެޓްސް ހުންނަ ކާއެއްޗެހި ކެއުމުން ބޮޑެތި މީހުންނަށް އާއްމުގޮތެއްގައި ޖެހޭ ޓައިޕް-2 ޑައިބެޓީސް ޖެހުމުގެ ނުރައްކާ ކުޑަވާކަން ހޯދިފައިވާ ކަމަށެވެ.
ހަކުރުބަލި ޖެހޭ މީހުންގެ އަދަދު އާދަޔާޚިލާފަށް ގިނަވުން މިހާރު ވަނީ ދުނިޔެއަށް ވަރަށް ބޮޑު ބިރަކަށް ވެފަ އެވެ. މިކަމާ ގުޅޭ ގޮތުން ކޮށްފައިވާ ފަހުގެ ދިރާސާއެއް ބުނަނީ އޮމެގާ-6 ޕޮލިއަންސެޗުރޭޓެޑް ފެޓްސް ހުންނަ ކާއެއްޗެހި ކެއުމުން ބޮޑެތި މީހުންނަށް އާއްމުގޮތެއްގައި ޖެހޭ ޓައިޕް-2 ޑައިބެޓީސް ޖެހުމުގެ ނުރައްކާ ކުޑަވާކަން ހޯދިފައިވާ ކަމަށެވެ.
ދަ ލާންސެޓް ޑައިބެޓީސް އެންޑް އެންޑޮކްރައިނޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިފަހަރުގެ ދިރާސާގައި ފާހަގަ ކުރެވުނު އެންމެ މުހިއްމު އެއް ކަމަކީ ލޭގައި ލިނޮލީކް އެސިޑް އެންމެ ގިނައިން ހުންނަ މީހުންނަށް ހަކުރުބަލި ޖެހުމުގެ ފުރުސަތު، މަދުން ހުންނަ މީހުންނަށް ވުރެ 35 ޕަސެންޓް ދަށްވާ ކަމެވެ. ލިނޮލީކް އެސިޑް އަކި އޮމެގާ-6 ފެޓް ހުންނަ ކާ އެއްޗެހި ބޭނުން ކުރުމުން ހަށިގަނޑަށް ލިބޭ މުހިއްމު އެއްޗެކެވެ.
ލިނޮލީކް އެސިޑަކީ ހަށިގަނޑުގައި އުފައްދާ އެއްޗެއް ނޫނެވެ. މިއީ ކެއުމުގައި ބޭނުންކުރާ ތަކެތިން ހަށިގަނޑަށް ލިބޭ އެއްޗެކެވެ.
އޮމެގާ-6 ފެޓީ އެސިޑްސް އަކީ ކޮންމެ މީހެއްގެ ވެސް ކޮންމެ ދުވަހެއްގެ ކެއުމުގައި ބޭނުންކުރަން ޖެހޭ މުހިއްމު އެއްޗެކެވެ. މިއީ އިންސާނާގެ އާއްމު ސިއްހަތަށް ވަރަށް ބޭނުންތެރި އެއްޗެކެވެ.
ސިއްހީ މާހިރުން އަންނަނީ އޮމެގާ-6 ފެޓީ އެސިޑްސްގެ މުހިއްމުކަމުގެ ވާހަކަ ތަކުރާރު ކުރަމުންނެވެ.
އޮމެގާ-6 ފެޓީ އެސިޑްސް އާންމުކޮށް ހުންނަނީ ބަދަނުގެ ވައްތަރުތަކާއި ކެއުމަށް ބޭނުންކުރާ އޮށާއި އެއިން އުފައްދާ ތެލުގަ އެވެ. އޮމެގާ-6 ފެޓީ އެސިޑްސް އަކީ ނާރުތަކުގައި ރިހޭ ނަމަ ބޭނުންކުރަން ވަރަށް ރަނގަޅު އެއްޗެކެވެ. މިއީ ތަންތަން ދުޅަވެ ރިއްސުމަށް ވެސް ވަރަށް ރަނގަޅު ފަރުވާއެކެވެ. ހަަމަ އެހެންމެ ރާއްޖެބަލި ނުވަތަ އާތުރައިޓިސް އަށާއި ލޭ މައްޗަށް ދިއުމަށް އަދި ހިތުގެ ބަލިތައް ޖެހުމުން ދުރުވޭތޯ ވެސް ކެއުން ވަރަށް ރަނގަޅު އެއްޗެކެވެ. އަދި އޮމެގާ-6 ފެޓީ އެސިޑްސް ހުންނަ ކާނާ ބޭނުންކުރުމުން ކަށީގެ ސިއްހަތު ވެސް ރަނގަޅުވާނެެ އެވެ.
މިފަހަރުގެ ދިރާސާކުރި ޓީމުން ވަނީ މީގެ ކުރިން ހަދާފައިވާ 20 ދިރާސާއެއްގެ މައުލޫމާތުތައް އަލުން ބަލައި މައުލޫމާތު ހޯދާފަ އެވެ. މިއީ ދުނިޔޭގެ 10 ވަރަކަށް ގައުމުގެ 39،740 މީހުންގެ މައުލޫމާތު އެކުލެވޭ ޑޭޓާތަކެކެވެ. މި އެންމެންނަކީ އެމީހުންގެ ހަށިގަނޑުގައި ލިނޮލީކް އެސިޑް އާއި އާކިއޮޑޮނިކް އެސިޑް ހުރި ވަރު ބެލުމަށް ލެބޯޓްރީގައި ޓެސްޓްތައް ހަދާފައި ތިބި މީހުންނެވެ.
"މި ހޯދުމުން އެނގުނު އެންމެ މުހިއްމު ކަމަކީ ކެއުމަށް ގެންނަ ވަރަށް އާދައިގެ ބަދަލަކުން ވެސް ހަކުރުބަލިން ދިފާއު ވެވިދާނެކަން،" ދިރާސާ މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.
އޮމެގާ-6 ފެޓީ އެސިޑްސް ހުންނަ ކާނާ ކެއުމުން ސިއްހަތަށް ބައެއް ގެއްލުންތައް ވާ ކަމަށް ވެސް މީގެ ކުރިން ހޯދާފައިވާ ބައެއް ހޯދުންތަކުގައި ސައިންސްވެރިން ބުނެފައިވެ އެވެ. ނަމަވެސް މިފަހަރުގެ ދިރާސާކުރި ސައިންސްވެރިން ބުނަނީ އޮމެގާ-6 ފެޓީ އެސިޑްސް އިން ލިބޭ ކުޑަކުޑަ ގެއްލުމެއް ނޫނީ ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި މިއީ ހަކުރުބަލި ޖެހުުމުން ވަރަށް ބޮޑަށް ދިފާއުކޮށްދޭ އެއްޗެއްކަން ހޯދިފައިވާ ކަމަށް ބުންޏެވެ.
ހަކުރުބަލީގެ ނިޝާންތައް 20 އަހަރު ކުރިން ފެނޭ
ފަލަމަސްގަނޑުގެ ސައިޒާއި ހަކުރު ބައްޔާ ގުޅުމެއް
ހަކުރު ބައްޔާ ގުޅުން ހުރި މުހިންމު ޖީންއެއް ހޯދިއްޖެ
ހަކުރުބަލީގެ އާ ބޭހުން ޕްރެޝަރު ދަށްވެ ބަރުދަން ލުއިވޭ
ހަކުރު ބައްޔަށް ފަރުވާކުރުމަށް ސްމާޓްފޯން
ހަކުރުބަލި ފަސޭހަކުރެވިދާނެ ކަމުގެ އުންމީދު ބޮޑުވެއްޖެ
ލޭގައި ހަކުރު ހުންނަ މިންވަރު އަންގައިދޭ ސެންސާއެއް
ދުވާލު މާގިނައިރު ނިދާ މީހުންނަށް އިންޒާރެއް
30 އަހަރު ތެރޭ ހަކުރު ބަލި ދެގުނަ ވެއްޖެ
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް