05 ނޮވެމްބަރ 2019
ސްޕާ އާއި ވެލްނެސްގެ އެންމެ ރަނގަޅު މަންޒިލަކީ ދިވެހި ރާއްޖެ ކަމަށް އިނގިރޭސިވިލާތުގެ ޓްރެވެލް އޭޖެންޓުން ކަނޑައަޅައިފި އެވެ.
ސްޕާ އާއި ވެލްނެސްގެ އެންމެ ރަނގަޅު މަންޒިލަކީ ދިވެހި ރާއްޖެ ކަމަށް އިނގިރޭސިވިލާތުގެ ޓްރެވެލް އޭޖެންޓުން ކަނޑައަޅައިފި އެވެ.
މި ހާއްސަ އެވޯޑު ރާއްޖެ އަށް ލިބުނީ އެ ގައުމުގެ ޓްރެވަލް މެގަޒިނެއް ކަމުގައިވާ ސެލިން ޓްރެވެލްގެ އިސްނެގުމުގެ މަތިންނެވެ.
މި އެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނވީ، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ. އަދި ސެލިން ޓްރެވެލްގެ ފަރާތުން އެވޯޑު ހަވާލުކޮށްދެއްވީ އެޑްވަޓައިޒިން މެނޭޖާ ލީސާ މެރިގަން އެވެ.
މި އެވޯޑު ހަވާލުކުރުމަށް ފަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ލީސާ ވިދާޅުވީ، މި އެވޯޑު ރާއްޖެ އަށް ލިބުނީ 15،000 ޓްރެވެލް އެޖެންޓުންގެ ވޯޓާ އެކު ކަމަށެވެ. އެގޮތުން ރާއްޖެއަކީ "ޑެސްޓިނޭޝަން ފޯ ސްޕާ އެންޑް ވެލްނެސް" ގެ ގޮތުގައި ޓްރެވެލް އޭޖެންޓުން ކަނޑައެޅި ކަމަށް އޭނާ ވިދާޅުވި އެވެ.
މި އެވޯޑަށް ރާއްޖެ ހޮވާފައި ވަނީ ސެލިން ޓްރެވެލްގެ ފަރާތުން މިދިޔަ ދެ މަހެއްގައި ދުވަހުގެ ތެރޭ، ނެގި ސާވޭ އަކުންނެވެ.
ސެލިން މެގަޒިން އިން ވަނީ އެކި ދާއިރާތަކުން ހޮވާލެވުނު 13 ފަރާތަކަށް އެވޯޑު ހަވާލުކޮށްފަ އެވެ. ލަންޑަނުގައި މިހާރު ކުރިއަށްދާ ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ގެ ތެރެއިން ރާއްޖެ އަށް ހާއްސަ އެވޯޑެއް ލިބިފައިވާ އިރު މި ފެއާގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ 63 ކުންފުންޏަކުން ބައިވެރިވެ އެވެ.
"އަންނަ އަހަރުގެ ފެއާތަކުގެ ފެންވަރު ރަނގަޅުކުރާނަން"
ޓޫރިޒަމް ޕްރޮމޯޓުކުރަން އެމިރޭޓްސްއާއެކު ސޮއިކޮށްފި
ސިންގަޕޫރުގެ ޓޫރިސްޓުންނަށް ރާއްޖެ ހުޅުވައިލަނީ
ބޯޑަރު ބަންދަސް ޗައިނާގެ މާކެޓު ހޯދަން މަސައްކަތްކުރަނީ
ކޮވިޑް ކެމްޕޭންތަކުގެ ނަތީޖާ ރަނގަޅު: ތޮއްތިބު
ޔޫކޭގެ ލުއި ލިސްޓުގައި ރާއްޖެ ހިމަނަން މަޝްވަރާ ކުރަނީ
ހަތަރު މަހަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލައިފި
ރާއްޖެ މާކެޓު ކުރެވޭނީ އެންމެންގެ މަސަައްކަތުން:ތޮއްޔިބު
ޓޫރިޒަމް އަލުން ފެށުމުގެ ބޮޑު އިވެންޓެއް މިރޭ
ރާއްޖެ އިޝްތިހާރުކުރަން ފޭސްބުކްގައި ލައިވް އިވެންޓެއް