05 ނޮވެމްބަރ 2019
އިނގިރޭސިވިލާތުގައި ރާއްޖެ އިސްތިހާރު ކުރުމަށް އައްޑޫގައިވާ އިނގިރޭސި ވިލާތުގެ އާސާރުތައް ދައްކާ، އެކަންކަން އާލާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގައި ރާއްޖެ އިސްތިހާރު ކުރުމަށް އައްޑޫގައިވާ އިނގިރޭސި ވިލާތުގެ އާސާރުތައް ދައްކާ، އެކަންކަން އާލާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ލަންޑަނުގައި މިހާރު ކުރިއަށްދާ ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ގައި "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި އަލީ ވަހީދު ވިދާޅުވީ، ރާއްޖެ މަންޒިލެއްގެ ގޮތުގައި އިސްތިހާރު ކުރާ އިރު އިނގިރޭސިވިލާތަކީ ރާއްޖެ އަށް ވަރަށް މުހިއްމު މާކެޓެއް ކަމަށެވެ.
އިނގިރޭސީންނަކީ ދަތުރުފަތުރު ގިނައިން ކުރާ ބަޔަކަށްވާ އިރު އެ ގައުމުގައި ރާއްޖެ އިތުރަށް ޕްރޮމޯޓް ކުރެވޭނެ ގޮތްތައް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ސަގާފަތުގެ ތެރެއިން އިނގިރޭސިންނާ ގުޅުން ހުރި ތަންތަން ބޭނުންކޮށްގެން ވެސް ޕްރޮމޯޓް ކުރެވޭނެ ގޮތްތައް އެބަ ހުރި ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"މި ދަތުރުގައި މިފެއާގައި ބައިވެރިވުމުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ސްޕޯޓްސް އާއި ކަލްޗަރަލް ޓޫރިޒަމްގެ ބައެއް ކަންކަމުގެ މަޝްވަރާތައް ކުރާނަން. އޭގެ ތެރޭގައި ހިމެނޭ އައްޑޫ ސިޓީގައި މިވާ އިނގިރޭސީންގެ އާސާރު ނުވަތަ ދިވެހި ރާއްޖެ އާއި އިނގިރޭސިންނާ މިއޮތް ގުޅުން. ކުރީގައި އޮތް ތާރީހުގެ ފަތްފުއްތައް މިއަދުގެ ޖީލަށް ގެނެސްދޭނަން،" އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ، އެ ސަގާފަތާއި ތަރިކަ ދިރުވައިގެން އިތުރު އާމްދަނީ ލިބޭނެ ކަމަށާއި އެކަމަށްޓަކައި އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރުގެ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، އިނގިރޭސިން އައްޑޫ ސިޓީގައި އުޅުނު ދުވަސްވަރުގެ އިމާރާތްތައް މިހާރު ދަނީ ވީރާނާވަމުން ކަމަށާއި އަލުން ކުރީގެ ތާރީހު މިކަންކަމުގައި ދިރުވަން ޖެހޭ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ، އިނގިރޭސިވިލާތާއި ރާއްޖެއާ ކުރީގައި އޮތް ގާތްކަން އަންގައިދެވިއްޖެ ނަމަ، ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ފައިދާއެއް ވާނެ ކަމަށެވެ.
"ލޯކަލް ޓޫރިޒަމާއި ކުރިން ޓޫރިޒަމް ނުދާ ސަރަހައްދުތަކަށް ވަރަށް ބޮޑު ދިރުމަކަށް މިކަން ވާނެ. އެނގިވަޑައިގަންނަވާނެ އައްޑޫގައި 4،000 އެނދުގެ މަސައްކަތް އެބަ ކުރިއަށްދޭ. އެ އެނދުތައް އަންނަންވާ އިރަށް އެ އެނދުތަކަށް މީހުން އަންނަ ވަރު ކުރާނަން،" އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވަލް ފެއާ ޑަބްލިއުޓީއެމް ލަންޑަންގައި ކުރިއަށްދާ އިރު، ދިވެހި ގިނަ ރިސޯޓުތަކާއި ޓޫރިޒަމް ދާއިރާގެ ކުންފުނިތަކުން ވަނީ ލަންޑަނަށް ޖަމާވެފަ އެވެ. އިނގިރޭސިވިލާތަކީ ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ ފަސް ގައުމުގެ ތެރޭ ހިމެނޭ ގައުމެކެވެ. މިދިޔަ އަހަރު ވެސް އެ ގައުމުން 116،000 ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.
ޑަބްލިއުޓީއެމް: ތާރީހު ބަދަލުކޮށްލައިފި
ދިވެހި 161 ބައިވެރިންނާ އެކު ޑަބްލިއުޓީއެމް މާދަމާ
ރާއްޖޭގެ ޓޫރިޒަމްގެ ރަސްމީ ގައިޑުގެ އާ އަދަދު ނެރެފި
ޑަބްލިއުޓީއެމްގައި ރާއްޖޭގެ ބޮޑު ވަފުދެއް
ޑަބްލިއުޓީއެމްގައި ރާއްޖޭގެ 181 މަންދޫބުން ބައިވެރިވެއްޖެ
ރައީސަށް ކުރިން ތުހުމަތުކުރީ ފްރޭމްކުރި މީހުން ހޯދަން
ރާއްޖޭގެ 173 މަންދޫބުންނާއެކު ޑަބްލިއުޓީއެމް ފަށައިފި
ނިހާންގެ ދިފާއުގައި ޝަމީމް އަދި މަހްލޫފް ހާޒިރުކުރަނީ
ރެހެންދި ފްލެޓުގެ ފުޓޭޖް ނެގީ 2015 ގައި: ހަމީދު
"ޓޫރިޒަމްގެ އިޝްތިހާރަށް ހަރަދުވީ 3،000 ރުފިޔާ"