03 ނޮވެމްބަރ 2019
ދުނިޔޭގެ ޓޫރިޒަމްގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު ފެއާ، ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ދިވެހި 63 ކުންފުންޏަކުން 161 ބައިވެރިންނާ އެކު މާދަމާ އިނގިރޭސިވިލާތުގެ ލަންޑަންގައި ފަށާނެ އެވެ.
ދުނިޔޭގެ ޓޫރިޒަމްގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު ފެއާ، ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ދިވެހި 63 ކުންފުންޏަކުން 161 ބައިވެރިންނާ އެކު މާދަމާ އިނގިރޭސިވިލާތުގެ ލަންޑަންގައި ފަށާނެ އެވެ.
މާދަމާ ފަށާ މި ފެއާގެ އެންމެ ފަހުގެ ތައްޔާރީތައް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ވަމުން އަންނަ އިރު ފެއާގައި ބައިވެރިވާ ޓޫރިޒަމް ދާއިރާގެ ހުރިހާ ކުންފުނިތަކުން ވަނީ ލަންޑަނަށް އައިސްފަ އެވެ. މިއީ މި ފެއާގައި ރާއްޖެއިން ބައިވެރިވާ 35 ވަނަ ފަހަރެވެ.
ރާއްޖޭގެ މި އަހަރުގެ ސްޓޭންޑް ވެސް ފެނިގެންދާނީ ވަރަށް ތަފާތުކޮށެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ މަންޒަރުތައް ސްޓޭންޑަށް ވަންނަ ކޮންމެ މީހަކަށް ވެސް ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނާނެ އެވެ. ދެ ބުރިއަށް ހަދާފައިވާ ސްޓޭންޑްގެ މަތީ ބުރީގެ ވަށައިގެން ކަނޑުގެ ރާޅުތައް ދައްކުވައިދޭ ކުރެހުންތައް ފެންނަން ހުންނާނެ އެވެ.
ސްޓޭންޑް ތައްޔާރު ކުރުމުގެ މަސައްކަތް މިއަދު ކުރިއަށްދާ އިރު މި އަހަރުގެ ސްޓޯލްގައި ކޮންމެ ކުންފުންޏަކަށް ދޫކޮށްފައިވާ ޖާގަ ބޮޑުވާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ. މީގެ އިތުރުން ކުންފުނިތަކުން ހާއްސަ މީޓިންތައް ބޭއްވުމަށް ހާއްސަ ބައެއް ސްޓޭންޑުގައި ހުންނާނެ އެވެ.
ޑަބްލިއުޓީއެމްއަށް ރާއްޖޭގެ ސްޓޭންޑް ތައްޔާރު ކުރުމުގައި މަސައްކަތް ކުރަނީ-- ފޮޓޯ: މިހާރު
މި އަހަރުގެ މި ފެއާގައި ދުނިޔޭގެ އެކި ގައުމުތަކުން 5،000 މީހުން ބައިވެރިވެ އެވެ. އަދި 51،000 ޓޫރިޒަމާ ބެހޭ މާހިރުންނާއި ކުންފުނިތަކާއި ނޫސްވެރިންނާއި އައިޓީ ދާއިރާގެ ނުފޫޒު ގަދަ މީހުން ބައްދަލުވެ މުއާމަލާތް ކުރާނެ އެވެ.
ބީޓުބީ ގިނަ ބައްދަލުވުންތަކެއް ކުރިއަށްދާ މި ފެއާގައި ޓޫރިޒަމް ދާއިރާގައި ރާއްޖޭގެ އެންމެ މަޝްހޫރު ކުންފުނިތަކުން ބައިވެރިވެ އެވެ. އޭގެތެރޭގައި ވިލާ އާއި ޔުނިވާސަލް އާއި ޝެރެޓަން އާއި ބަޑޮސް އާއި ކްރައުން އެންޑް ޗަމްޕާ އާއި ކްރޮސްރޯޑްސް އާއި ރީތި ފަރު ރިސޯޓާއި އަދާރަން އާއި ޓްރިޕަލް އޭ ހޮޓެލްސްގެ އިތުރުން ކެޕިޓަލް ޓްރެވެލް އެންޑް ޓުއާޒް ފަދަ ކުންފުނިތައް ހިމެނެ އެވެ.
ޑަބްލިއުޓީއެމްއަށް ރާއްޖޭގެ ސްޓޭންޑް ތައްޔާރު ކުރުމުގައި މަސައްކަތް ކުރަނީ-- ފޮޓޯ: މިހާރު
އެކްސެލް ލަންޑަން އެގްޒިބިޝަން ހޯލްގައި އޮންނަ މި ފެއާ މި މަހުގެ 6 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މާދަމާއިން ފެށިގެން ހެނދުނު 10:00 އިން ހަވީރު 5:00 އަށް މި ފެއާ ކުރިއަށްދާނެ އެވެ.
ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމަކީ އިނގިރޭސިވިލާތެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އައި ފަސް ގައުމުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނޭ އިރު އެއީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ހަތް ޕަސެންޓެވެ.
"އިސްތިހާރު ކުރަން އިނގިރޭސިންގެ ތާރީހު ބޭނުންކުރާނެ"
ޑަބްލިއުޓީއެމް: ތާރީހު ބަދަލުކޮށްލައިފި
ރާއްޖޭގެ ޓޫރިޒަމްގެ ރަސްމީ ގައިޑުގެ އާ އަދަދު ނެރެފި
ޑަބްލިއުޓީއެމްގައި ރާއްޖޭގެ ބޮޑު ވަފުދެއް
ޑަބްލިއުޓީއެމްގައި ރާއްޖޭގެ 181 މަންދޫބުން ބައިވެރިވެއްޖެ
ރާއްޖޭގެ 173 މަންދޫބުންނާއެކު ޑަބްލިއުޓީއެމް ފަށައިފި
"އަންނަ އަހަރުގެ ފެއާތަކުގެ ފެންވަރު ރަނގަޅުކުރާނަން"
ޔޫކޭ ޓުއާ އެޖެންޓުންގެ މަގްބޫލު އެވޯޑް ރާއްޖެ އަށް
ތޯމަސް ކުކް ބަނގުރޫޓުވެ ރާއްޖެއަށް ވަރުގަދަ ފިލާވަޅެއް
ޓޫރިޒަމްގެ އެންމެ ބޮޑު ފެއާ ލަންޑަންގައި ފަށައިފި