04 ނޮވެމްބަރ 2019
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހުޅުވި އެސްއެމްއީ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަށް 450 މިލިއަން ރުފިޔާ ދިނުމަށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހުޅުވި އެސްއެމްއީ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަށް 450 މިލިއަން ރުފިޔާ ދިނުމަށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން މިއަދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބައެއް ހިއްސާކުރަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވުމުން އެފަދަ ވިޔަފާރިތައް ކުރިއެރުވުން މުހިންމު ކަމަށެވެ. އަންނަ އަހަރު ވެސް މިފަދަ ވިޔަފާރިތަކަށް އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ދޫކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެސްޑީއެފްސީ އަށް ދިނުމަށް ބަޖެޓުގައި ހިމެނި 450 މިލިއަން ރުފިޔާގެ ތެރެއިން 400 މިލިއަން ރުފިޔާ އަކީ ކެޕިޓަލްގެ ގޮތުގައި އެ ބޭންކަށް ދޭން ނިންމާފައިވާ އަދަދެވެ. އިތުރު 50 މިލިއަން ރުފިޔާ އަކީ އެސްއެމްއީ ގާނޫނުގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދިނުމަށް އިންވެސްޓްކުރާ އަދަދެވެ.
ކޮންމެ އަހަރަކު ކެޕިޓަލްގެ ގޮތުގައި 400 މިލިއަން ރުފިޔާގެ ކެޕިޓަލެއް ދީގެން ކުރިއަށް އޮތް ތިން އަހަރު ތެރޭގައި، ސަރުކާރުގެ އެހީތެރިކަމެއް ނެތި އެސްޑީއެފްސީން ވިޔަފާރިތަކަށް ލޯނު ދޫކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެސްޑީއެފްސީ އަށް ކެޕިޓަލްގެ ގޮތުގައި 2020 ވަނަ އަހަރު 400 މިލިއަން ރުފިޔާ ދޫކުރާނެ. ސަރުކާރުގެ އަމާޒަކީ މި ތިން އަހަރު ކެޕިޓަލް ދޫކޮށް ސަރުކާރަށް ބަރޯސާނުވެ ލޯނު ދޫކުރެވެނެ ފަންޑެއް އެ ކުންފުނީގައި ގާއިމް ކުރުން،" އަމީރު ވިދާޅުވި އެވެ.
އެސްޑީއެފްސީ ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ސަބަބުން ކޮންމެ އަހަރަކު 400 މިލިއަން ރުފިޔާގެ ލޯނު އެސްއެމްއީތަކަށް ދޫކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި 37.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. މިއީ މިއަހަރުގެ ބަޖެޓަށްވުރެ ގާތްގަނޑަކަށް 8.5 ބިލިއަން ރުފިޔާ ބޮޑު އަދަދެކެވެ.
އަންހެނުންނަށް ހާއްސަކޮށް ލޯނު ދޫކުރަން ހުޅުވާލައިފި
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރަކަށް ފިފްޝީން
ޑެފިސިޓް ކުޑަނުކޮށް ކުރިއަށް ދެވޭނެ މަގު ހަނި: އަމީރު
ބިން ވިއްކައިގެން އެޗްޑީސީން ލަފާކުރި އާމްދަނީ ނުލިބޭ
ބަޖެޓް ހުށަހެޅުނު ކަމާ މެދު ބަހުސެއް އެބައޮތްތަ؟
ސަޕްލިމެންޓްރީ ބަޖެޓް ލަސްވުން، ހަރަދުތަކަށް ދަތިތަކެއް
ބަޖެޓް ހުށަހަޅަން ވަޑައިނުގަތުމަށް އަމީރަށް ލަފާދީފި
ސައުދީއާ އެކު 40 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް
ދަރަނިތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށައިފި: އަމީރު
އަމީރާ ދެކޮޅަށް ހުށަހެޅި މައްސަލަ ކޯޓުން ބަލައެއްނުގަތް