Roadha Mihaaru

އެސްޑީއެފްސީގެ އެމްޑީގެ މަގާމުން ފިފްޝީން ވަކިކޮށްފި

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އައިޝަތު ފިފްޝީން އަލީ އެ މަގާމުން ވަކިކޮށްފި އެވެ.

އެސްޑީއެފްސީގެ އެމްޑީގެ މަގާމުން ފިފްޝީން ވަކިކޮށްފި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

15 މާޗް 2025

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އައިޝަތު ފިފްޝީން އަލީ އެ މަގާމުން ވަކިކޮށްފި އެވެ.

އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. ޕީސީބީން މިއަދު ވަނީ އޭނާ އެ މަގާމުން ވަކިކުރިކަން ހާމަކޮށްފަ އެވެ. އޭނާ ވަކި ކުރި ސަބަބެއް ނުބުނެ އެވެ.

ފިފްޝީން ވަނީ ބޭންކިން ދާއިރާގައި 20 އަހަރު މަސައްކަތް ކުރައްވައިފަ އެވެ. އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ބޭންކް އޮފް މޯލްޑިވްސްގަ އެވެ. ފިފިްޝީން 2003 ވަނަ އަހަރު ބޭންކިން ދާއިރާއާ ގުޅިވަޑައިގެންނެވި އިރު އޭނާ ވަނީ ބީއެމްއެލްގެ ހެޑް އޮފް ކާޑްސް އާއި ހެޑް އޮފް ޗެނަލް މެނޭޖްމެންޓާއި ހެޑް އޮފް އެކުއަރިން އެންޑް ޑިޖިޓަލް ޕޭމަންޓްސްގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށް އެސްޑީއެފްސީ އުފެއްދީ 2019 ވަނަ އަހަރު އެވެ.