Roadha Mihaaru
މިދިއަ އަހަރު އެސްޑީއެފްސީން 800 މިލިއަން ދޫކުރި

މިދިޔަ އަހަރު އެސްޑީއެފްސީން 800 މިލިއަން ރުފިޔާ ދޫކުރި

16 ޖެނުއަރީ 2021

މިދިޔަ އަހަރު ކޮވިޑްގެ ހާލަތާ އެކު ވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެސްއެމްއީ ޑިވެޕޮލްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން، 2510 ފަރާތަކަށް 800 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރު ކޮވިޑްގެ ހާލަތާ އެކު ވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެސްއެމްއީ ޑިވެޕޮލްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން، 2510 ފަރާތަކަށް 800 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.

އެސްޑީއެފްސީން ބުނީ ކޮވިޑްގެ ހާލަތުގައި އެންމެ ކުދި ވިޔަފާރިތަކަށް ލުއި ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ރިކަވަރީ ޕެކޭޖުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ މީހުންނަށް މާލީ ދަތިތަކުން އަރައިގަތުމަށް 2،205 ފަރާތަކަށް 381 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ.

އެސްޑީއެފްސީން ބުނި ގޮތުގައި ލޮކްޑައުންގެ ހާލަތު އުވާލި ފަހުން 305 ފަރާތަކަށް 420 މިލިއަން ރުފިޔާގެ ލޯނު ދޫކުރި އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ޓޫރިޒަމް ދާއިރާ އާއި ކޮމާޝަލް ދާއިރާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

އެސްޑީއެފްސީން ބުނީ މިއީ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ މީހުންގެ ދިރިއުޅުމުގެ މާލީ އުނދަގޫތަކަށް ލުޔެއް ލިބޭނެ އެހީތެރިކަމެއް ކަމަށެވެ.

އެސްޑީއެފްސީން މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން 33 ޕަސެންޓް ހާއްސަކޮށްފައިވަނީ އަންހެނުންނާއި ޒުވާނުންނެވެ. އަދި އެސްޑީއެފްސީ އުފެއްދި ފަހުން ވިޔަފާރި ހިންގާ ކުރިއަރުވަން ރާއްޖޭގެ 144 ރަށެއްގެ އެކި ފަރާތްތަކަށް ލޯނު ދޫކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެސްޑީއެފްސީން ވަނީ މިދިޔަ އަހަރު ފަހުކޮޅު ލޯނަށް އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ވެސް ހަދައިފަ އެވެ.

ސަރުކާރުން އެސްޑީއެފްސީ އުފެއްދީ ރާއްޖޭގައި ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވާ، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގަ އެވެ.