18 މާޗް 2019
އެސްއެމްއީ ބޭންކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީ އާއި ފަންނީ އެހީތެރިކަން ވެސް ފަސޭހަކަމާ އެކު ލިބޭނެ ކަމަށް އެސްއެމްއީ ޑިވެޕޮލްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު ވިދާޅުވެއްޖެ އެވެ.
އެސްއެމްއީ ބޭންކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީ އާއި ފަންނީ އެހީތެރިކަން ވެސް ފަސޭހަކަމާ އެކު ލިބޭނެ ކަމަށް އެސްއެމްއީ ޑިވެޕޮލްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު ވިދާޅުވެއްޖެ އެވެ.
އެސްއެމްއީ ބޭންކު ހުޅުވުމުގެ ރަސްމިއްޔާތުގައި ޒީނާދު ވިދާޅުވީ، މި ބޭންކުން ހަތަރު ލޯނެއް ލިބޭނެ ކަމަށެވެ. އެގޮތުން މި ހަތަރު ލޯނު ބެހިފައިވަނީ ދަނޑުވެރިކަމާއި މަސްވެރިކަމާއި ދަތުރުފަތުރުގެ ދާއިރާ އާއި އައިސީޓީ ދާއިރާއަށެވެ. ކުރިއަށް އޮތްތަނުގައި އިތުރު ދާއިރާތަކުން ވެސް ލޯނުތައް ތައާރަފްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެސްޑީއެފްސީ ހުޅުވިގެންދާ އިރު ތަފާތު ދެކަމެއް ފާހަގަކުރެވިގެންދޭ. އެއް ކަމަކީ ފުރަތަމަ ފަހަރަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން މާލީ އިދާރާއެއް ހުޅުވިގެން ދިޔުން. މީގެ ކުރިން ވިޔަފާރިތަކަށް އަމާޒުކޮށްގެން ތަފާތު ނަންނަމުގައި ލޯނު ޕްރޮގްރާމުތައް ގެންގޮސްފައިވީ ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވިފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ޒީނާދު ވިދާޅުވީ، އެފަދަ ވިޔަފާރިތަކަށް ބޭނުންވާ ފަންނީ އެހީ އެންމެ ފުރިހަމަށް ފޯރުކޮށްދެވިފައިނުވާ ކަމަށާއި އެސްޑީއެފްސީ އިން ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، އެސްއެމްއީ ބޭންކުގެ ތެރެއިން ހާއްސަވާ އަނެއް ކަމަކީ ފުރަތަމަ ފަހަރަށް މާލީ އިދާރާއަކުން ދަނޑުވެރިންނަށް ހާއްސަ ލޯނު ސްކީމެއް ތައާރަފްކުރުން ކަމަށެވެ. ދަނޑުވެރިންނަށް ހާއްސަ ލޯނާ އެކު ރާއްޖޭގެ ދަނޑުވެރިންގެ ވިޔަފާރި އިތުރަށް ތަރައްގީކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބޭންކު އުފެއްދުމާއި ދަނޑުވެރިންނަށް ލޯނު ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ކުރުމަށް ވެފައިވާ ވައުދެކެވެ.
މިދިއަ އަހަރު އެސްޑީއެފްސީން 800 މިލިއަން ދޫކުރި
އެސްއެމްއީ ބޭންކުން ދަނޑުވެރިންނަށް 4.7 މިލިއަން
އެސްޑީއެފްސީން އާ ދެ ލޯނެއް ތައާރަފްކޮށްފި
ޒީނާދުގެ އަމާޒުން އެސްއެމްއީތަކަށް އުއްމީދު
ކެޕިޓަލް މާކެޓުން އެސްއެމްއީތަކަށް ފަންޑު ހޯދިދާނެ
ދަނޑުވެރިންނަށް ހާއްސަ ލޯނަށް އެދެން ހުޅުވާލައިފި
އެސްޑީއެފްސީން އެއްވެސް އެއްޗެއް ނުގެއްލޭ
ގްރީން ޒޯނުގައި ހުންނަ އެސްޑީއެފްސީ އޮފީސް ފަޅާލައިފި
ކުރިން އީއައިބީ ލޯނު ނެގި މީހުންނަށް މިފަހަރު ނުލިބޭނެ
ކޮވިޑް އައިއިރު އެސްޑީއެފްސީ އޮތުމަކީ ނަސީބެއް: ޒީނާދު