ރާއްޖެއަށް ބޭސް އެތެރެކޮށް، ބޭހުގެ ވިޔަފާރި ކުރުމަށްޓަކައި ސަރުކާރުން އުފެއްދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޑރ. ޝާހު މާހިރު މިއަދު އައްޔަން ކުރައްވައިފި އެވެ.
14 ސެޕްޓެމްބަރ 2025
ރާއްޖެއަށް ބޭސް އެތެރެކޮށް، ބޭހުގެ ވިޔަފާރި ކުރުމަށްޓަކައި ސަރުކާރުން އުފެއްދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޑރ. ޝާހު މާހިރު މިއަދު އައްޔަން ކުރައްވައިފި އެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުގެ ނަމުގައި ހާއްސަ ކުންފުންޏެއް އުފެއްދީ މިދިޔަ އަންގާރަ ދުވަހު އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޝާހު އަދި ބޯޑު މެމްބަރުންގެ ގޮތުގައި އިތުރު ދެ ބޭފުޅަކު މިއަދު އައްޔަން ކޮށްފައިވާ ކަމަށެވެ.
ބޭސް ކުންފުނީގެ ބޯޑު މެމްބަރުންގެ ގޮތުގައި އައްޔަންކުރީ މ. ކުރެއްދޫގެ، އާއިޝަތު މުހައްމަދާއި ފްލެޓް ނަމްބަރު 1-3-10، ޝިބާނާ އަބްދުﷲ ދީދީ އެވެ.
ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޝާހު އައްޔަންކުރުމާ ހަމައަށް އޭނާ ހުންނެވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގަ އެވެ. ޝާހު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް އުފެއްދި އެ ކުންފުންޏަކީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ، ރާއްޖެއަށް އެތެރެ ކުރުމާއި އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމުގެ މަގްސަދުގައި އުފައްދާފައިވާ ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުނެފައި ވެ އެވެ.
މަސްވެރިކަން ޕްރޮމޯޓުކުރާ ކުންފުންޏަށް އާ އެމްޑީއެއް
ދަރިވަރުންގެ އަތުން 40،000 ޑޮލަރު ނެގި ސްކޭމެއް!
ސްޓެލްކޯގެ ބޯޑަށް މުޒްނާ އައްޔަންކޮށްފި
ރާއްޖެއަށް ބޭސް އެތެރެކުރަން ކުންފުންޏެއް އުފައްދައިފި
ފަހުމީއަށް ރައީސް އޮފީސް މިނިސްޓަރު ފެންވަރުގެ މަގާމެއް
ޝާމީ އަލުން އާރުޑީސީގެ ޗެއާމަނަކަށް އައްޔަންކޮށްފި
ކޮފްސީ ސިރަޕު ވިއްކުން އަނެއްކާ ވެސް މަނާކޮށްފި
އެޗްޑީސީގެ ޑީއެމްޑީ ފަޔާޒު ވެސް އިސްތިއުފާ ދެއްވައިފި
އެޗްޑީސީއަށް ޒުހައިރު، އާރުޑީސީއަށް ނަޒީމް
އެޗްޑީސީގެ އެމްޑީގެ މަގާމުން މައުރޫފް އިސްތިއުފާ ދީފި