31 އޮކްޓޯބަރ 2019
ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އެރުމަކީ ކުރިއެރުމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އެރުމަކީ ކުރިއެރުމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ކެޕިޓަލް މާކެޓް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް އެރުމުން ރާއްޖެއަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
އޭގެ މިސާލެއްގެ ގޮތުން އެމަނިކުފާނު ނެންގެވީ އެ ލިސްޓުގައި ރާއްޖެ ހިމެނުމުން ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ހޯދަން ކުރިމަތިވި އުނދަގޫތަކެވެ.
އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން އުނިކޮށް، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އެރީ 2011 ގަ އެވެ. ކުރިން އެ ލިސްޓަށް ރާއްޖެ އަރުވަން އޮތީ 2004 ގައި ކަމަށް ވިޔަސް، ސުނާމީއާ ގުޅިގެން ލިބުނު ގެއްލުންތައް ބޮޑުކަމުން، ރާއްޖެ އަށް އިތުރު ފުރުސަތު ދިނެވެ.
"ތަރައްގީވަމުން އަންނަ ގައުުމުތަކުގެ ލިސްޓަށް ރާއްޖެ އެރުމުގެ ސަބަބުން ބައިނަލަގްވާމީ ވިޔަފާރީގައި އޭގެ ކުރިން ރާއްޖެއަށް ލިބެން ހުރި ބައެއް އިނާޔަތްތައް ހުއްޓިގެން ދިޔަ. އަދި ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ހޯދުމަށް އިންވެސްޓްމެންޓްގެ ދާއިރާއިން އިތުރު ފުރުސަތުތައް ހޯދަން ރާއްޖެއަށް މަޖުބޫރުވި،" ރައީސް ވިދާޅުވި އެވެ.
އެފަދަ އެތައް ގޮންޖެހުންތަކެއް ހުރުމުން ރައީސް ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އެރުމަކީ އޭގެ ޒާތުގައި މާ ބޮޑު ކުރިއެރުމެއް ނޫން ކަމަށެވެ.
"ނަމަވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރުގެ އިގްތިސާދެއް ބިނާކުރުމަށް ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބައި ހިއްސާކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމުން، އެފަދަ ވިޔަފާރިތަކަށް ފަންޑު ލިބުމުގައި ހުރި ދަތިތައް ކެޕިޓަލް މާކެޓުގެ ޒަރީއާއިން ހައްލުކުރަން ޖެހޭ ކަމަށެވެ.
"ވިޔަފާރިތައް ކުރިއެރުމުގައި ހުރި އެންމެ ބޮޑު ގޮންޖެހުމަކީ މާލީ އިދާރާތަކުން ފަންޑު ލިބޭނެ ގޮތްތައް ނެތުން. ހަމައެކަނި ބޭންކިން ނިޒާމް ތެރެއިން ކުންފުނިތަކަށް ބޭނުންވާ މިންވަރަށް މާލީ އެހީތެރިކަން ލިބޭކަށް ނެތް. ދުނިޔޭގެ އެހެން ގައުމުތަކޭ އެއްގޮތަށް ރާއްޖޭގައި ވެސް މިކަަމަށް އޮތް ހައްލަކީ ކެޕިޓަލް މާކެޓް،" ރައީސް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން 54 ބިލިއަންގެ ލޯނު ނެގި: ފިނޭންސް
"ރައީސް މިވާ ވައުދުތަކުން ވެއްޓޭނީ ނުރައްކާހާލަތަކަށް"
ދަރަނި ދައްކާނެ ގޮތުގެ ޕްލޭނެއް އެބައޮތް: ރައީސް
"އަދިވެސް ނުދަރާ, ދެން އޮތީ ދުވެލި ބާރު ބަދަލެއް"
އަމްރަށް ގޯސްވި މިސްރާބަށް މާލީއިދާރާތަކުން ތައުރީފްކުރި
ރެކޯޑް އާމްދަނީއާއެކު، އުންމީދު އާ ވެއްޖެ: ރައީސް
ރައީސް ހަނދާން ކޮށްދެއްވީ ކޮވިޑާއެކު ކުރި ހޭދަތައް
ދައުލަތުގެ ހަރަދުތައް ކުޑަކޮށްގެން ބޮޑު ސޭވިންއެއް
އިގުތިސޯދު ދަމަހައްޓަން އެއްބާރުލުން ދޭން އެދިއްޖެ
ފައިސާ ޗާޕު ކުރާ ނަމަ އެކްސްޗޭންޖް ރޭޓަށް އަސަރުކުރާނެ