Roadha Mihaaru
ދަރަނި ދައްކާނެ ގޮތުގެ ޕްލޭނެއް އެބައޮތް: ރައީސް

2026 ވަނަ އަަހަރުގެ ދަރަނި ދައްކާނެ ގޮތުގެ ޕްލޭނެއް އެބައޮތް، އެއީ ރީފައިނޭންސް ކުރުން: ރައީސް

04 ސެޕްޓެމްބަރ 2023

އެކި ގައުމުތަކުން ނަގާފައިވާ ލޯނުތަކަށް 2026 ވަނަ އަހަރު އަނބުރާ ދައްކަން ޖެހޭ 800 މިލިއަން ޑޮލަރުގެ ދަރަނި ދައްކާ ހަލާސް ކުރާނެ ގޮތުގެ ޕްލޭނެއް އެބައޮތް ކަމަށާއި އެ ދަރަނީގެ ދެބައިކުޅަ އެއްބައި ރީފައިނޭންސް ކުރަން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ހދ. ކުޅުދުއްފުށިން އިފްރާޒް އަލީ

އެކި ގައުމުތަކުން ނަގާފައިވާ ލޯނުތަކަށް 2026 ވަނަ އަހަރު އަނބުރާ ދައްކަން ޖެހޭ 800 މިލިއަން ޑޮލަރުގެ ދަރަނި ދައްކާ ހަލާސް ކުރާނެ ގޮތުގެ ޕްލޭނެއް އެބައޮތް ކަމަށާއި އެ ދަރަނީގެ ދެބައިކުޅަ އެއްބައި ރީފައިނޭންސް ކުރަން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހދ. ކުޅުދުއްފުށީގައި ބޭއްވި ބޮޑު ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، އިދިކޮޅުގެ ކެންޑިޑޭޓުން މި ސަރުކާރަށް އަމާޒުކޮށް އެންމެ ބޮޑަށް ކުރަނީ ލޯނުތައް ނުދެއްކި ގައުމު ބަނގުރޫޓު ކޮށްލާނެ ކަމުގެ ތުހުމަތު ކަމަށެވެ. އެކަމަކު ރައީސް ވިދާޅުވީ އެއީ "ހަމަ ބުހުތާނު ބޮޑު ދޮގު" ކަމަށެވެ.

"އެނގި ތިބެ ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކައެއް އެއީ. ސިޔާސީ ބޭނުމެއްގައި ދައްކާ ވާހަކައެއް،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވި ގޮތުގައި 2026 ވަނަ އަހަރު ރާއްޖެ އިން އެއްފަހަރާ ދަރަނީގެ ގޮތުގައި 800 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ އަބޫދާބީ ފަންޑަށް ދައްކަން ޖެހޭ ފައިސާ އެވެ. އެއީ މިހާރު ވެސް ދެއްކުން ފަސްކުރެވޭ ގޮތަށް ނިމިފައި އޮތް ލޯނެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ދެން އޮތީ ކޮވިޑްގެ ތެރޭގައި ނެގި 500 މިލިއަން ޑޮލަރުގެ ސުކޫކް. އެކަން ކުރަން ޖެހުނު ސަބަބު ވަރަށް ސާފުކޮށް ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ސަރުކާރުގައި އޭރު ނެތް ފައިސާއެއް، މުވައްޒަފުންނަށް ފައިސާ ދެވޭނެ ގޮތެއް ނެތް. ބޭސް ގަނެވޭނެ ގޮތެއް ނެތް. މުދާ ގަނެވޭނެ ގޮތެއް ނެތް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ 500 މިލިއަން ޑޮލަރުގެ ސުކޫކުން އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަގާފައި އޮތް "ސަނީ ސައިޑް ބޮންޑް" އަށް އަނބުރާ ދައްކަން ޖެހޭ 250 ޑޮލަރުގެ ލޯނު ފައިސާ ދެއްކުން ކަމަށެވެ. އެ ލޯނު އަނބުރާ ނުދެއްކުނު ނަމަ މިއަދު ސަރުކާރު އޮންނާނީ ޑީފޯލްޓަކަށް ގޮސްފައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ: އެމްޑީޕީ

އެކަމަކު އަޅުގަނޑުމެންގެ ޕްލޭން އެބައޮތް. އެއިން ދެބައިކުޅަ އެއްބައި ރީފައިނޭންސްކުރަން އަޅުގަނޑުމެން ވަނީ ނިންމައިފައި. މިހާރު ވެސް އެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދޭ: ރައީސް

"ދެން ހުރި ފައިސާ ހަރަދުކުރީ މި ދެންނެވިހެން ކޮންމެހެން ކުރަން ޖެހިފައި ހުރި ކަންކަމަށް. ކޮވިޑުން އަރައިގަތުމަށްޓަކައި ލޯނު ދިނުމާއި އެހީ ދިނުމާއި އަދި މެޑިކަލް ކަންތައްތަކަށް ހަރަދުކުރުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިންތިހާބަށް އެންމެ ފަސް ދުވަހަށް ވީ އިރު، އެ މަނިކުފާނާ ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް 2026 ވަނަ އަހަރުގެ ލޯނު އަނބުރާ ދައްކާނެ ގޮތް ވިދާޅުވެ ނުދެއްވުނު ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެންގެ ޕްލޭން އެބައޮތް. އެއިން ދެބައިކުޅަ އެއްބައި ރީފައިނޭންސް ކުރަން އަޅުގަނޑުމެން ވަނީ ނިންމައިފައި. މިހާރު ވެސް އެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ.-- ފޮޓޯ: އެމްޑީޕީ

ބޭރު ގައުމުތަކުން ލޯނާއި ފައިސާ ދެނީ އިތުބާރުގެ މައްޗަށް ކަމަށާއި އެ ނަގާ ފައިސާ އަނބުރާ ދެއްކޭނެ ކަމުގެ ޔަގީން ކަމާއި އެ ފައިސާ ހަރަދު ކުރާނެ ގޮތް ވަރަށް ސާފުކޮށް ހާމަކޮށްދެވިއްޖެ ނަމަ އެއީ ވަރަށް ފަސޭހަ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ސަރުކާރުން އެއްވެސް ކަމެއް ނުފޮރުވަ އެވެ. ރާއްޖެ އަކީ މުއްސަނދި އަދި އެސެޓް ބޮޑު ގައުމެކެވެ. ބޭރުގެ ކޮންމެ ފައިނޭންޝަލް އިންސްޓިޓިއުޓަކަށް ދިޔަސް، އެ އިން ކޮންމެ ތަނަކުން ރާއްޖެ 1-2 ބިލިއަން ޑޮލަރުގެ ލޯނު ހަމަޖެއްސުމަކީ މިއަދު އުނދަގޫ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.