31 އޮކްޓޯބަރ 2019
ސިޔާސީ ގޮތުން ތަޅާފޮޅުން އުފައްދައިގެން ހަނގުރާމަ އަކަށް ނުކުންނަން ނުޖެހޭ ކަމަށާއި މި އަހަރުގެ ގައުމީ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ފަދައިން ހަމަނުޖެހުންތަކުން ނޭވާލާން ރައްޔިތުންނަށް ފުރުސަތު ދޭން ޖެހިއްޖެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ސިޔާސީ ގޮތުން ތަޅާފޮޅުން އުފައްދައިގެން ހަނގުރާމަ އަކަށް ނުކުންނަން ނުޖެހޭ ކަމަށާއި މި އަހަރުގެ ގައުމީ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ފަދައިން ހަމަނުޖެހުންތަކުން ނޭވާލާން ރައްޔިތުންނަށް ފުރުސަތު ދޭން ޖެހިއްޖެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
"ޖުމްހޫރީ ވިންދު- ގައުމީ ވިންދު" ޝިއާރުގެ ދަށުން އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި، މި ސަރުކާރު ހިންގާ ކޯލިޝަން ގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ވިދާޅުވީ، ރާއްޖެ އަބަދު ހަމަނުޖެހުމުގެ ތެރޭގައި ބާއްވައިގެން ލިބޭނެ ފައިދާއެއް ނެތް ކަމަށެވެ. ނަމަވެސް ސިޔާސީ ފަރާތްތަކުން އަދިވެސް އުޅެނީ ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ދަތިކޮށް، ތަޅައިފޮޅުންތައް އުފައްދަން ކަަމަށް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުނާމުކޮށް، "ސްލޯއޭ، ނުހިންގެއޭ" ވިދާޅުވި ނަމަވެސް ދައުލަތަށް ނުލިބޭ ފައިސާއަކުން އެމަނިކުފާނު ކަންކަން ކުރައްވާނީ ކިހިނެއްތޯ ގާސިމް ސުވާލު ކުރެއްވި އެވެ. އަދި ރައީސަށް އަމާޒުކޮށް އެ ވާހަކަ މަޖިލީހުގައި އެންމެ ބާރަށް ވިދާޅުވި އެއް ބަޔަކީ އެމްޑީޕީގެ މެމްބަރުން ކަަމަށް ގާސިމް ތުހުމަތުކުރެއްވި އެވެ.
"ބަޔަކަށް އަޑު އިއްވާލަން ނަމަވެސް، ކަމެއް ދައްކާލަން ނަމަވެސް މިއީ ކުރާވަރުގެ ކަންތައްތަކެއް ނޫން ދެއްތޯ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަގީގަތް އެނގި ތިބެ އެގޮތަށް ވާހަކަ ދައްކާ މީހުންނަށް ކިޔާ ނަމެއް ވެސް އޮވެ އެވެ. އެކަމަކު އެ ނަން އޭނާ ވިދާޅުނުވެ، ދޫކޮށްލައްވާނީ ރައްޔިތުންގެ ނިންމުމަކަށް ކަމަށް ވިދާޅުވި އެވެ.
ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވި ފަދައިން ދިވެހި ރައްޔިތުން ނޭވާލާނެ ފުރުސަތު އެބަދޭން ޖެހޭ. އަބަދާ އަބަދު، މިތަން ތަޅުވާފޮޅުވާ ތެޔޮ ތާހަކަށް ވެއްޓިގެން އުޅޭ ކޮރުކައްޔެއްހެން ތަޅުވާކަށް ނުޖެހޭ އިނގޭތޯ!
ގާސިމް ވިދާޅުވި ގޮތުގައި، އިސްލާމްދީނުގެ ހިދާޔަތުގެ ތެރޭގައި ދިވެހިން ތިއްބައި އަގީިދާ ބަލިކޮށްލަން ފާޑުފާޑުގެ ވާހަކަ ދައްކައިގެން ނުވާނެ އެވެ.
ގާސިމްގެ މުޅި ވާހަކަ ރޭ އަމާޒުކުރެއްވީ އާމްދަނީން ޓެކްސް ނަގަން ސަރުކާރުން މިހާރު ފޮނުވާފައި އޮތް ބިލަށެވެ.
މަޖިލީހުގައި ވިދާޅުވަމުން ގެންދަވާ ގޮތަށް، ގާސިމް ރޭ ވެސް ވިދާޅުވީ އެ ބިލުގައި މިހާރު ކަނޑައަޅާފައި އޮތީ ވަރަށް ބޭއިންސާފު އުސޫލެއް ކަަމަށެވެ. އޭނާގެ ވާހަކައިގައި ވަކާލަތު ކުރެއްވީ ހުރިހާ ރައްޔިތުންގެ އަތުން އެއް ވަރަކަށް ޓެކްސް ނެގުމަށެވެ.
މަޖިލީހަށް ހުށަހެޅި ބިލްގައި އޮތީ، 40،000 އަށް ވުރެން މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން، ޓެކްސް ނެގުމަށެވެ. ގާސިމް ވިދާޅުވަނީ، މިއީ އިންސާފުން ބޭރު އުސޫލެއް ކަމަށެވެ. މިގޮތަށް ޓެކްސް ނަގައިގެން ގާއިމްކުރެވޭނީ އިޖުތިމާއީ ކޮން އަދާލަތެއްތޯ އާއި މިއީ ޑިމޮކްރަސީގެ ކޮން ހަމައެއްތޯ ވެސް ސުވާލު ކުރެއްވި އެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި މިހާރު އޮތް ގޮތަށް ޓެކްސް ނަގައިފި ނަަމަ "އިޖުތިމާއީީ އަދާލަތު އޮންނާނީ އެކޮޅުކޮޅުންނެ"ވެ.
ޖޭޕީގެ ސްލޮޓްތަކުން މީހުން ވަކިކުރުމުގެ ނިންމުމެއް ނެތް
ވެރިކަމާ ތަޅާފޮޅަން އަދި މާ އަވަސް: ގާސިމް
އެއްބަސްވިގޮތް ނުވިޔަސް ކޯލިޝަންގައި ތިބޭނަން: ގާސިމް
ރައީސް އިސްކަންދެއްވީ ހާލަތުން އަރައިގަނެވޭނެ ބޭފުޅަކަށް
އެމްޑީއެން އުވާލުމަކީ ދީނަށް ލިބުނު ނަސްރެއް: ގާސިމް
ސަރުކާރުން އެމްޑީއެންއަށް ފިޔަވަޅު އަޅާނެ: ގާސިމް
އުންމީދުކުރަނީ ނިކަމެތިކޮށްނުލާނެ ކަމަށް: ގާސިމް
ސަރުކާރު ވައްޓާލައި، ލޮޓި ދޭކަށް ނޫޅެން: ގާސިމް
ސަރުކާރު ބަދުނާމުކުރުމުގެ ޖާގައެއް ނެތް: ގާސިމް
ރައީސްއާ ދެކޮޅު ކަމެއްގައި ބައިވެރި ނުވާނަން: ގާސިމް