ސިޔާސީ ބާރުވެރިކަމާއި ވެރިކަން ހޯދުމަށްޓަކައި "ތަޅާފޮޅަން" އަދި މާ އަވަސް ކަމަށާއި ގައުމު މިހާރު އޮތް ހާލަތަށް ބަލާއިރު ސަރުކާރު ހިންގާ ކޯލިޝަން ދެމެހެއްޓުން މާ މުހިންމު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
03 އޯގަސްޓް 2021
ސިޔާސީ ބާރުވެރިކަމާއި ވެރިކަން ހޯދުމަށްޓަކައި "ތަޅާފޮޅަން" އަދި މާ އަވަސް ކަމަށާއި ގައުމު މިހާރު އޮތް ހާލަތަށް ބަލާއިރު ސަރުކާރު ހިންގާ ކޯލިޝަން ދެމެހެއްޓުން މާ މުހިންމު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމު މިނިވަންކުރުމުގެ ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފަށާފައިވާ ކެމްޕެއިނުގައި ބައިވެރިވާން ޖޭޕީ އަަށް ދިން ދައުވަތާ ގުޅޭ ގޮތުން "މިހާރު"ން ސުވާލު ކުރުމުން ގާސިމް ވިދާޅުވީ، "ސިޔާސީ ކަންތައްތަކުގައި އުޅެން އަދި މާ އަވަސް" ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ހާލަތުގައި ވަރަށް މުހިންމު ކޯލިޝަނާއިގެން ކުރިއަށް ގެންދަން. ކޯލިޝަނުން އެއްބަސްވި ކަންކަމާ ގާތަށް ވެސް ސަރުކާރުން ކަންތައް ކޮށްދީފައި ނެތް ނަމަވެސް އަަޅުގަނޑުމެން ނޫޅެން އެއާ [ކޯލިޝަން އެއްބަސްވުން] ހިލާފު ވެގެން އުޅޭކަށް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނަން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރައީސް ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ފުއްދައި ދިނުމަށް ވައުދުތަކަކާ އެކު ކަމަށް ވާތީ، ކޯލިޝަން ދެމެހެއްޓުމުގެ ބޭނުމަކީ ރައްޔިތުން ނިކަމެތިވިޔަ ނުދިނުން ކަމަށެވެ. އެހެންވެ، ކޯލިޝަން ދަމަހައްޓަން ރައީސަށް އެހީތެރިވާން އެންމެންނަށް ލާޒިމު ކަމަށް ގާސިމް ވިދާޅުވި އެވެ.
"ކިރިޔާ ނޭވާލެވޭ ވަރުވާ ތަން ފެންނަ އިރަށް ތަޅާފޮޅުމަކީ ރައްޔިތުންނަށް އިތުރަށް މި ހާލަތުގައި ނިކަމެތިކަން ލިބޭނެ ކަމެއް. އެ ނިކަމެތިކަން ލިބޭ އެއްވެސް ކަމަކަށް ޖާގަ ދޭކަށް އަޅުގަނޑުމެން ނެތިން. --- ގާސިމް
"ކޮވިޑްގެ މި ހާލަތުގައި ގައުމުގެ އިގްތިސޯދު ފުނޑުނުއިރު ރައްޔިތުން ބަނޑަށް ނުޖެހުނުކަން އެއީ އަޅުގަނޑުމެން ޝުކުރުވެރިވާން ޖެހޭނެ ކަމެއް. އާސަންދަ ކަންތައް ވެސް ނުހުއްޓި، އެދެވޭ ވަރަކަށް ކުރިއަށް އެބަ ގެންދޭ. މި ހުންނަނީ ކޯލިޝަން ދަމަހައްޓައި ރައީސް އިބޫ އަށް އެއްބާރުލުން ދޭން ޖެހޭ ސަބަބުތައް،" މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ.
"ކިރިޔާ ނޭވާލެވޭ ވަރުވާ ތަން ފެންނަ އިރަށް ތަޅާފޮޅުމަކީ ރައްޔިތުންނަށް އިތުރަށް މި ހާލަތުގައި ނިކަމެތިކަން ލިބޭނެ ކަމެއް. އެ ނިކަމެތިކަން ލިބޭ އެއްވެސް ކަމަކަށް ޖާގަ ދޭކަށް އަޅުގަނޑުމެން ނެތިން. އަޅުގަނޑު މި ދަންނަވަނީ ގޯސްކަންތައް ހުރި ކަމުގައި ވިޔަސް ރައީސަށް ހުރިހާ ކަމެއް ކޮންޓްރޯލް ނުކުރެވި ހިނގައިދާނެއޭ، ހަމަނުޖެހުން އުޅޭނެ. އެކަމަކު، ކުރެވުނު ކަންކަމަށް ޝުކުރުވެރި ވެސް ވާން ވާނެ."
ގާސިމް ވިދާޅުވިގޮތުގައި، ރާއްޖޭގެ މިނިވަންކަން ގެއްލޭ ފަދަ އެއްވެސް ކަމަކަށް އޭނާ އާއި ޖުމްހޫރީ ޕާޓީން ދުވަހަކު ވެސް އެއްބަސް ނުވާނެ އެވެ. އެއީ މީގެ ކުރިން ވެސް ގަބޫލު ކުރެއްވި ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާއެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވާހަކަ ދައްކަވަނީ.--- ފައިލް ފޮޓޯ/މިހާރު
"ބަނޑުހައިހޫނު ކަމުގައި ތިބެން ޖެހުނަސް މިނިވަންކަމަކީ 1،000 ނިއުމަތަށް ވުރެ ބޮޑު ކަމެއް. އަޅުގަނޑުމެން އެކަން ކޮމްޕްރޮމައިޒެއް ނުކުރާނަން. ތާއީދެއް ވެސް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، ވެރިކަމަށް އަންނަން ބޭނުންވިޔަސް އެކަމުގައި "ތަޅާފޮޅުމަށް" ނުކުންނަން ވާނީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި 2023 ގެ ކުރީކޮޅުން ފެށިގެންނެވެ.
"މިނިވަންކަމުގެ ދިފާއުގައި-ދިވެހިން"ގެ ނަމުގައި ޕީޕީއެމް/ޕީއެންސީން ފެށި ކެމްޕެއިންގެ ދައުވަތު ދިނީ ޖޭޕީ އާއި ގާސިމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށާއި އެ މަނިކުފާނުގެ ޕާޓީ އެމްއާރުއެމަށާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އަދާލަތު ޕާޓީއަށާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި އެމްޑީއޭ އަށެވެ.
ނަމަވެސް މީގެ ތެރެއިން ސަރުކާރުގެ ކޯލިޝަން ޕާޓީތަކުން އިދިކޮޅުގެ ދައުވަތަށް މަރުހަބާއެއް ނުކިޔަ އެވެ. ސިޔާމާއި އެމްޑީއޭގެ ވިސްނުމެއް އަދި ހާމައެއް ނުކުރެ އެވެ.
ޖޭޕީގެ ސްލޮޓްތަކުން މީހުން ވަކިކުރުމުގެ ނިންމުމެއް ނެތް
ހުސް ވާހަކަތަކެއް، ތަންފީޒެއް ނުކުރެވުނު: ޔާމީން
ރައްޔިތުން ބޭނުންވަނީ މިވެރިކަން ބަދަލުކުރަން: އަދުރޭ
އިދިކޮޅުން "ސީ"އެކޭ ބުނި ނަމަ ވިސްނާނަން: ފައްޔާޒު
ރައީސް ފާޑުވިދާޅުވީ އަސަރުކޮށްގެން: އިދިކޮޅު
އިދިކޮޅުގެ އެއްވުމަށް ރައީސް ފާޑުވިދާޅުވެއްޖެ
މަޝްވަރާގެ ނިޔަތާ މެދު ސުވާލު އުފެދޭ: ޝުޖާއު
ޝިޔާމްގެ ރާގު ބަދަލުވެ އެމްޑީޕީ މެމްބަރުންނަށް ސުވާލެއް
ރިޔާސީ ބަޔާނުގެ ޖަވާބު: ރައްޔިތުން މާޔޫސް ވެފައި!
ރިޔާސީ ބަޔާނުގައި އުއްމީދެއް ނެތް: އިދިކޮޅު