Roadha Mihaaru

ޝިޔާމްގެ ރާގު ބަދަލުވެ އެމްޑީޕީގެ މެމްބަރުންނަށް ސުވާލެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯފުޅު ދައްކައިގެން ކަމަށް ވާއިރު، މި ވެރިކަމުގައި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރޭތޯ ނައިފަރު ދާއިރާގެ މެމްބަރު، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ސުވާލު އުފައްދަވައިފި އެވެ.

ޝިޔާމްގެ ރާގު ބަދަލުވެ އެމްޑީޕީ މެމްބަރުންނަށް ސުވާލެއް
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

23 މެއި 2020

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯފުޅު ދައްކައިގެން ކަމަށް ވާއިރު، މި ވެރިކަމުގައި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރޭތޯ ނައިފަރު ދާއިރާގެ މެމްބަރު، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ސުވާލު އުފައްދަވައިފި އެވެ.

ޔާމީންގެ 61 ވަނަ އުފަން ދުވަހުގެ ތަހުނިޔާ ދެންނެވުމަށް އިދިކޮޅު ކޯލިޝަންގެ ބައެއް އިސްވެރިން މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ޓުވީޓުތަކެއް ނަޝީދު ވަނީ ރީ-ޓުވީޓް ކުރައްވާފަ އެވެ. އެކަމަށް ޖަވާބު ދެއްވަމުން ނަޝީދު އިއްޔެ ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލަށް ލައިގެން މާބޮޑު އިންސާފެއް ލިބޭނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.

Yameen ekani jalah lumuge insaafeh nuvisney: Nasheed

Yameen ekani jalah lumuge insaafeh nuvisney: Nasheed

The most trusted news source in the Maldives

Mihaaru

ޔާމީން އެކަނި ޖަލަށް ލުމަކުން އިންސާފު ނުލިބޭ ކަމަށް ނަޝީދު ވިދާޅުވި

ނަޝީދު އެހެން ވިދާޅުވެފައި ވަނިކޮށް، ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި އެމްޑީޕީގެ ރައީސް ނަޝީދަށް ތައުރީފު ކުރައްވާ މޭރުމަކުން ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އައީ ނަޝީދުގެ ފޮޓޯފުޅު ދައްކައިގެން، މެނިފެސްޓޯއަކާއި ސިޔާސަތުތަކެއް ވިއްކައިގެން ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ސިޔާސަތުތައް މި ސަރުކާރުގައި ތަންފީޒު ވޭތޯ ޝިޔާމް ވަނީ އެ ޕާޓީގެ މެމްބަރުންނާ ސުވާލު ކުރައްވައިފަ އެވެ.

"އެންމެ ބާރަށް ދެއްކީ ވައްކަމާއި އަނިޔާވެރިކަމާއި އިންސާފުގެ ވާހަކަ. މިއަދު އަޅުގަނޑު އެމްޑީޕީގެ ލޮބުވެތި މެމްބަރުންނާ ކޮށްލަން ބޭނުންވާ ސުވާލަކީ އެމްޑީޕީގެ ސިޔާސަތުތައް މި ވެރިކަމުގައި ތަންފީޒު ކުރެވޭތޯ؟" ޝިޔާމްގެ ޓްވީޓުގައި ވެ އެވެ.

މި ސަރުކާރު ވެރިކަމަށް އައީ ކޯލިޝަނެއްގެ ތެރެއިން ކަމަށް ވާއިރު، ނަޝީދާއި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން މީގެ ކުރިން ވެސް ވަނީ ކޯލިޝަންގެ އެހެން ޕާޓީތަކަށް ފާޑުވިދާޅުވެފަ އެވެ. އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ޕާޓީގެ ސިޔާސަތުތައް ތަންފީޒު ނުވަނީ ކޯލިޝަންގެ ސަބަބުންނެވެ. އެހެންވެ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި އެހެން ބައެއް ގޮތްގޮތުން، ކޯލިޝަގައި ތިއްބަވާ އެހެން ޕާޓީތަކުގެ ވަޒީރުންނަށް އެމްޑީޕީގެ މެމްބަރުން ފިއްތުންތައް ކުރިމަތި ކުރަމުންދާ މަންޒަރު ދޭތެރެދޭތެރެއިން ފެނެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޔާމީން އެކަނި ޖަލަށްލާފައި ވާތީ ނަޝީދުގެ ކަންބޮޑުވުން މީގެ ކުރިން އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ފާޅުކޮށްފަ އެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ މި ސަރުކާރުން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

ޝިޔާމް ކުރެއްވި ޓްވީޓް

ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު، އެ ޝަރީއަތަށް ހެކިންގެ ގޮތުގައި ދައުލަތުން ވަނީ އަދީބާއި ޒިޔަތު ހުށަހަޅައިފަ އެވެ. އެ ދެ ބޭފުޅުން ވަނީ ޔާމީންގެ އެންގެވުމުގެ މަތިން ހިޔާނާތްތެރިވި ކަމަށް ކޯޓުގައި ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އަދީބާއި ޒިޔަތު ޖަލަށްލާން ކުރިން ހުކުމް ކުރިޔަސް، ފަހުން އެ ހުކުމްތައް ވަނީ ބާތިލްކޮށްފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން އިތުރު ދައުވާތަކެއް އެ ދެ ބޭފުޅުންގެ މައްޗަށް ފަހުން ވަނީ އުފުލަައިފަ އެވެ.

ނަޝީދު އިއްޔެ ލިޔުއްވި ނޯޓެއްގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އިތުރުން ދެން ފާހަގަކުރެއްވި އަނެއް ކަންބޮޑުވުމަކީ ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަންގެ މަސައްކަތުން ވެސް އިންސާފަށް ވާސިލް ނުވެވުމެވެ. މި ސަރުކާރު ވެރިކަމަށް އައުމުގައި އެއީ ވައުދަކަށް ވާއިރު، ކުރާނެ ކަމަށް ބުނި ކަންކަން ކުރަން ޖެހޭ ކަމަށް ވެސް ނަޝީދުގެ ނޯޓުގައި ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އަމަލު ކުރާ ގޮތްތަކަށް ވެސް މި ފަހުން ނަޝީދު ވަނީ ފާޑު ވިދާޅުވެފަ އެވެ. އެ ބައްޔާ ގުޅިގެން، ސަރުކާރުން އަޅަމުންދާ ބައެއް ފިޔަވަޅުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާތީ، ސަރުކާރާ ދޭތެރޭ ކެތް ކުރެވޭނީ ވަކި ވަރަކަށް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

Alhugandah ves kei kureveynee vaki min varakah: Nasheed

Alhugandah ves kei kureveynee vaki min varakah: Nasheed

The most trusted news source in the Maldives

Mihaaru

ކެތްކުރެވޭނީ ވަކިވަރަކަށް ކަމަށް ނަޝީދު ވިދާޅުވުން

މެމްބަރުން ފާޅުކުރައްވަމުން ގެންދެވި ކަންބޮޑުވުންތަކާ ގުޅިގެން، ނަޝީދު ވިދާޅުވީ މެމްބަރުންގެ ކެތްތެރިކަން ކޮޅުން ލައިގެންދާ މަންޒަރު އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އެކަށީގެންވާ ފިޔަވަޅުތައް ސަރުކާރުން ނާޅާ ނަމަ، ވަޒީރުންގެ އިތުބާރު ނެތް ކަމަށް ނިންމުމުގެ ބާރު މަޖިލީހަށް އެބައޮތް ކަން ފާހަގަ ކުރައްވައި، އެކަމަކު މިވަގުތު އެއީ މަޖިލީހުގެ އަމާޒު ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.