Roadha Mihaaru

އަޅުގަނޑަކީ ވަރަށް ވަތަނީ މީހެއް: ރައީސް ޔާމީން

ރާއްޖެ އަށް މިހާތަނަށް ކުރިމަތިވި މައްސަލަތައް ވެސް ހައްލު ކޮށްދެވުނީ ޕީޕީއެމްގެ ސަރުކާރަށް ކަމަށާއި އެމަނިކުފާނަކީ ވަރަށް ވަތަނީ ބޭފުޅެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ރ. ދުވާފަރުގައި މިރޭ ވިދާޅުވެއްޖެ އެވެ.

އަޅުގަނޑަކީ ވަރަށް ވަތަނީ މީހެއް: ރައީސް ޔާމީން
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

28 އޯގަސްޓް 2018

ރާއްޖެ އަށް މިހާތަނަށް ކުރިމަތިވި މައްސަލަތައް ވެސް ހައްލު ކޮށްދެވުނީ ޕީޕީއެމްގެ ސަރުކާރަށް ކަމަށާއި އެމަނިކުފާނަކީ ވަރަށް ވަތަނީ ބޭފުޅެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ރ. ދުވާފަރުގައި މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، ޕީޕީއެމްގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައީސް ޔާމީން ދުވާފަރު ރައްޔިތުންނާ ބައްދަލު ކުރައްވައި ވިދާޅުވީ، ދިވެހިންގެ ކުންފުނިތައް ދިވެހިންގެ އަތްމަތީގައި ހުންނަން އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަކު، ރައީސް ވިދާޅުވީ އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގެ ދުވަސްވަރު، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ހިއްސާ ވެސް ބޭރު މީހުންނަށް ދޫކޮށްލީ ކަމަށެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި މިފްކޯ ތިން ކުންފުންޏަކަށް ހެދުމުން އޭގެ ހުރިހާ އުނދަގުލެއް ކުރިމަތިވީ މަސްވެރިންނަށް ކަމަށެވެ.

"މިފްކޯ ތިން ކުންފުންޏަށް ހަދާފައި އެއް ދެ ކުންފުންޏަކީ ހުރިހާ ދަރަނި ހުރި ކުންފުންޏަށް ހެދީ. ތިންވަނަ ކުންފުންޏަކީ ފައިދާ ހުރި ކުންފުންޏަކަށް ހެދީ. އެ ކުންފުނި އޮތީ ވިއްކާލަން ނިންމާފައި. ތިން ކުންފުނި އޮވެގެން މިފްކޯ ހަލާކުވެގެން ދިޔައީ. މިފްކޯ އަށް އެތައް ބޮޑެތި ގެއްލުންތަކެއް ވެގެން ދިޔައީ. މަސްވެރިންތަކަށް ގެއްލުން ވަމުން ދިޔައީ. އޭރު އެ ބޭފުޅުންނަށް މަސްވެރިންނަށް ކޮށްދޭން ބުނި ކަންތައްތަކެއް ކޮށެއް ނުދެވުނު،" އެމްޑީޕީގެ ސަރުކާރުން މިފްކޯއާ މެދު އަމަލުކުރި ގޮތުގެ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޕީޕީއެމް ވެރިކަމަށް އައިސް މިފްކޯ ހަމަ މަގަށް އެޅުވީ ވެސް މި ސަރުކާރުންނެވެ.

ޓޫރިޒަމް ސިނާއަތް ފުޅާކޮށް، ޒުވާނުންނަށް ފުރުސަތު ހޯދައި ދިނީ ޕީޕީއެމްގެ ސަރުކާރުން ކަމަށެވެ.

އެކަމަކު، އެމްޑީޕީގެ ތިން އަހަރު ދުވަހުގެ ވެރިކަމުގައި ޒުވާނުން ތިބީ "ތޭރިތަކުގެ ބިއްދޮށުގައި" ތިއްބައި، އެމީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދީ، ކުޅިވަރު ކުޅެވޭނެ ފުޓްސަލް ދަނޑުތައް އަޅައި ދިނުމުން، އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް އެކަން ހަޖަމް ނުވި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެބޭފުޅުންގެ ސަރުކާރުގައި ނުކުރެވިގެން ބަހައްޓާފައި ހުރި ހުރިހާ ކަމެއް، ހުރިހާ ވަސް ދުވާ ތަކެއްޗެއް ސާފުކޮށްދޭން ޖެހުނީ އަޅުގަނޑެއް ނޫންތޯ؟" --- ރައީސް
ރައީސް ޔާމީން މިއަދު ދުވާފަރަށް ވަޑައިގަތުމުން، އެ ރަށު ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވަނީ. - ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން މިއަދު ދުވާފަރަށް ވަޑައިގަތުމުން، އެ ރަށު ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވަނީ. - ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ ސަރުކާރެއްގައި އަންހެނުންނާއި ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ބާކީއެއް ނުވާނެ އެވެ. އަދި ޕީޕީއެމް ވެގެން މި ދިޔައީ، ބަޔަކު ކުރި މުޑުދާރު ކަންކަމުގައި "ނަޖިސް" ފިލުވި ބަޔަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ އުފެދުނު މައްސަލަތަކަށް ހައްލު ހޯދައިދެއްވީ ރައީސް ޔާމީން ކަން ދިވެހިން ގަބޫލުކުރާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގައި ދަތިވެފައި ހުރި ކޮންމެ ބޮޑު މައްސަލައެއް، ހައްލު ކުރަން ޖެހުނީ ރައީސް ޔާމީނަށް. ތިން އަހަރުގެ ސަރުކާރެއް ނިމިގެން ދިޔައިރު، ހައްލު ކުރަން ޖެހުނީ ރައީސް ޔާމީނަށް،" ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ވަރަށް ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑާ ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓުން ވިދާޅުވެ ދެއްވާ، އެބޭފުޅުންގެ ސަރުކާރުގައި ނުކުރެވިގެން ބަހައްޓާފައި ހުރި ހުރިހާ ކަމެއް، ހުރިހާ ވަސް ދުވާ ތަކެއްޗެއް ސާފުކޮށްދޭން ޖެހުނީ އަޅުގަނޑެއް ނޫންތޯ؟ ވީދިގެން ދިޔަ ފޭރާން ނިވާ ކުރަން ޖެހުނީ އަޅުގަނޑު ނޫންތޯ؟"

ދުވާފަރުގައި މިރޭ ބޭއްވި ޖަލްސާގައި އެ ރަށުގެ ބަޔަކު ބައިވެރިވަނީ. -

ދުވާފަރުގައި މިރޭ ބޭއްވި ޖަލްސާގައި އެ ރަށުގެ ބަޔަކު ބައިވެރިވަނީ. -

ރައީސް ޔާމީން ދެއްކެވި ވާހަކައިގެ ޚުލާސާއެއް:

- މީހެއްގެ ފަހަތުން މުގޯލި އެޅުމަކީ އާޚިރުގައި ހެވެއް އޮންނާނެ ކަމެއް ނޫން.

- އެމްޑީޕީ ސަރުކާރުގައި ދުވާފަރުގައި ބޮޑު މަޝްރޫއެއް ހިނގާފައެއް ނުވޭ.

- ދުވާފަރުގައި 140 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގިން.

- އަންނަ އަހަރު ދުވާފަރުގައި އެމްޑަބްލިއުއެސްސީގެ ދެ ބަސް އޮންނާނެ.

- އެއް އަހަރު ތެރޭގައި ދުވާފަރުގެ ބިން ބޮޑު ކޮށްދޭނަން.

- ސަރުކާރުގެ ކުންފުނިތަކުގައި ހަކަތަ މިހާރު އެބަހުރި.

"ވީދިގެން ދިޔަ ފޭރާން ނިވާ ކުރަން ޖެހުނީ އަޅުގަނޑު ނޫންތޯ؟" -- ރައީސް
ދުވާފަރުގައި މިރޭ ބޭއްވި ޖަލްސާގައި އެ ރަށުގެ ބަޔަކު ބައިވެރިވަނީ. -

ދުވާފަރުގައި މިރޭ ބޭއްވި ޖަލްސާގައި އެ ރަށުގެ ބަޔަކު ބައިވެރިވަނީ. -

މާލޭގެ ބައެއް ކަންކަމުން މިސާލު ނަންގަވައި ރައީސް ޔާމީން ވިދާޅުވި ގޮތުގައި، މާލޭގައި އަމަން އަމާންކަން ގާއިމުކޮށްދީ، މާލޭގެ ކުނި ގޮނޑު ވެސް ނައްތާލަ ދެއްވީ އެމަނިކުފާނުގެ ސަރުކާރުންނެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުނި ނައްތާލުމުގެ ނިޒާމު ގާއިމު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ ވަރިހަމަތާ އެޑްވާންސަށް ވައްކަން ކުރިޔަސް،" މި ސަރުކާރުން ދައުލަތުގެ މާލިއްޔާއިން އެޑްވާންސްކޮށް ވައްކަން ކުރި ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ދެއްކެވި ވާހަކައަށް ރައްދު ދެއްވައި ރައީސް ޔާމީން ހިނިފުޅުވަޑުވަމުން ވިދާޅުވި އެވެ.

ޕީޕީއެމްގެ ސަރުކާރުން ވައްކަން ކުރާ ވާހަކަ ދައްކާއިރު، އެމްޑީޕީގެ ސަރުކާރުގައި ކުރި ވައްކަންތައް އެބޭފުޅުންނަށް ފެނިވަޑައިގެންފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ފަހުން، ހިންގި އެންމެ ބޮޑު ވިޔާނުދާ މުއާމަލާތަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރަށް ދިނުން ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކާބަފައިންގެ މަސައްކަތުން ލެޔާއި ދާ އޮހޮރުވައިގެން ހެދި އެއާޕޯޓަށް އެހެން ބަޔަކު ފާރަވެރިވެގެން ތިބެން ބޭނުންފުޅެއް ނުވެ އެވެ. އަދި އެމްޑީޕީން މަސައްކަތް ކުރީ ސަރުކާރުގެ ކުންފުނިތައް ހަލާކު ކުރަން ކަމަށާއި އެކަމުން ފައިދާ ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.