ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތައް، އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކޮޕީ ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
05 އޯގަސްޓް 2018
ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތައް، އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކޮޕީ ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ ރައީސް ޔާމީން ބޯހިޔާވަހިކަމުގެ ވައުދެއް ވެވަޑައިގަތުމާއެކު އިބޫ ވެސް އެފަދަ ވާހަކަތަކެއް ދައްކަވާފައިވާ ކަމަށެވެ. ރައީސް ޔާމީން ވައުދުވެވަޑައިގަންނަވަނީ ދެކޮޅުޖެހޭ ސިޔާސަތުތަކަކާ އެކުގައި ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
އެއް މިސާލަކީ، ނިހާން ވިދާޅުވި ގޮތުގައި، ބޯހިޔާވަހިކަމަށް ހައްލު ހޯއްދެވުމަށް ރައީސް ޔާމީން އިއުލާންކުރެއްވި ވިލިމާލެ2 މަޝްރޫ އެވެ.
"ރައީސް މި ވާހަކަތައް ވިދާޅުވިތާ ދެތިން ހަތަރު ދުވަސް ފަހުން އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް ވެސް އަޅުގަނޑުމެންނަށް ފެނިއްޖެ ވިދާޅުވި ތަން ތިމަންނާ ވެސް ގޯތި ގެދޮރު އަޅައި ދޭނަމޭ އެންމެންނަށް. އެކަމަކު އަޅައި ދޭނެ ގޮތެއް ތިމަންނައަކަށް ނޭނގޭއޭ،" އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީން ކޮޕީ ކުރައްވައި އިބޫ، ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތަކުގައި އެއްވެސް ތަފްސީލެއް ނުދެއްވާ ކަމަށް ނިހާން ވިދާޅުވި އެވެ.
"ވައުދުތައް ކޮޕީ ކުރައްވަން ނޫޅުއްވާ. ވަރަށް ސާފުކޮށް އެންމެންނަށް އެނގޭ ގޮތަށް އެފަދަ ވާހަކަތައް ހިއްސާކޮށްފައިވާ އޮއްވައި ހަމަ އެކަހަލަ ވާހަކަތައް ތަކުރާރު ކުރައްވަނީ ދިވެހި ރައްޔިތުން ގުނބޯއިން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބޫ ގަބޫލުފުޅު ކުރައްވާތީތޯ، އެ ސުވާލު އަޅުގަނޑު އުފައްދަން ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.
ނިހާން ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުތަކަށްވީ ގޮތް ރައްޔިތުންނަށް ސާފުކޮށް އެނގެ އެވެ.
"އެމްޑީޕީގެ ސަރުކާރުގައި އަޅަން ބުނި ފްލެޓްތަކަށް ވީ ގޮތް ރައްޔިތުންނަށް ފެންނާނެ،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިދިކޮޅުން ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭ ސުވާލުތަކެއް އެބަހުރި ކަމަށެވެ. އޭނާ ތަކުރާރު ކުރެއްވީ، ކުރީގެ ޖަލްސާއެއްގައި ރައީސް ޔާމީން ވެސް އިދިކޮޅަށް ކުރިމަތި ކުރެއްވި ސުވާލުތަކެވެ.
އެއީ، އެ ބޭފުޅުންގެ ވެރިކަމެއްގައި އިސްލާމް ދީން ނޫން ދީނެއް ރާއްޖޭގައި ނޯންނާނެ ކަން ކަށަވަރުކޮށް ދިނުމާއި ދިވެހިންގެ ހަރު މުދާތައް ވިއްކައިލާނެތޯ ނުވަތަ ނޫންތޯ އާއި އިސްލާމީ ޝަރީއަތް ގާއިމު ކުރާނެތޯ ނުވަތަ ނޫންތޯ އާއި ސަރުކާރުގެ ކުންފުނިތަކާއި އެމްއެންޑީއެފް ފަދަ މުއައްސަސާތަކަށް ހަދަން އުޅޭ ގޮތެއް ސާފުކޮށް ދޭނެތޯ ސާފުކޮށްދިނުން ކަމަށް ވެސް އަބުދުއްރަހީމް ވިދާޅުވި އެވެ.
އައިޑީ ކާޑް ގަތުން ފަދަ ކަމެއް ނުކުރަން: ޕީޕީއެމް
ލީޑަރުންގެ ނަޒަރުގައި އިބޫގެ ތަފާތަކީ..
ވެރިކަން ނުފެށޭ، ކޭކު ފޮތިކުރުމާއި ކޭކު މިލްކު ކުރުން
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް
ސިޔާސީ މީހުންނަށް އުނދަގޫވާ ކަންކަން ކުރެވުނު: ރައީސް
"އަޅުގަނޑުގެ ނުކުޅެދުންތެރި ކަމަކީ މީހުން ދަސްނުވުން"
އިންތިޚާބުގެ ނަތީޖާ އޮތީ އުފައްދާފައި: މުއިއްޒު
ޕީޕީއެމުން އިދިކޮޅަށް: ކާމިޔާބީ އޮތީ ވަރަށް ކައިރީގައި
"އުފެދޭނީ ރައްޔިތުންގެ ބޭނުންތައް ފުއްދާ ސަރުކާރެއް"
ރައްޔިތުން އިއްވި ބަސް ގަބޫލުކޮށްފިން: ރައީސް