ސިޔާސީ ހަރަކާތްތަކުގައި، އެ ބައެއްގެ "ހަގީގީ ސައިޒު" ދައްކައިލުމަކީ ކޮންމެ އިންތިޚާބެއްގައި ވެސް އޮންނަ ކަމެކެވެ؛ ޚާއްސަކޮށް ކެމްޕޭންގެ އެންމެ ފަހު ވަގުތާ ދިމާކޮށް، މާލޭގައި ބާއްވާ ޖަލްސާތަކުގައި މިކަން ބޮޑެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބަށް ދެ ހަފުތާ އަށް ވެފައި ވަނިކޮށް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ރޭ ބޭއްވި "ބްރިޖު ސަޅި" ޖަލްސާ އިން އެކަން މިއޮތީ ފަށައިފަ އެވެ.
08 ސެޕްޓެމްބަރ 2018
ސިޔާސީ ހަރަކާތްތަކުގައި، އެ ބައެއްގެ "ހަގީގީ ސައިޒު" ދައްކައިލުމަކީ ކޮންމެ އިންތިޚާބެއްގައި ވެސް އޮންނަ ކަމެކެވެ؛ ޚާއްސަކޮށް ކެމްޕޭންގެ އެންމެ ފަހު ވަގުތާ ދިމާކޮށް، މާލޭގައި ބާއްވާ ޖަލްސާތަކުގައި މިކަން ބޮޑެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބަށް ދެ ހަފުތާ އަށް ވެފައި ވަނިކޮށް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ރޭ ބޭއްވި "ބްރިޖު ސަޅި" ޖަލްސާ އިން އެކަން މިއޮތީ ފަށައިފަ އެވެ.
އެ ޖަލްސާގައި، ބައިވެރިވި މީހުންގެ އަދަދާ މެދު ޕީޕީއެމާއި އިދިކޮޅު ޕާޓީތަކުން ވެސް އަންދާޒާތަކެއް ކޮށް، ހިސާބުތަކެއް ޖަހައިފި އެވެ. އަދި އެ އަންދާޒާ އިން ވޯޓުގެ އަދަދުތަކެއް ވެސް ކަށަވަރުކޮށްފި އެވެ.
Hama Ekani Greater Male’ Area in Supportarun haaziruvegen mirey Jaslaa furi baaru vegen dhiya kamee mifaharu #Male’ Votu foshithakun PPM Kurihoadhaane kamuge Saafu Alaamaatheh. #YameenShaheem2018 pic.twitter.com/88y5eVdWDT
— Ahmed Nihan (@ahmed_nihan) September 7, 2018
ޖަލްސާ އަށް ހާޒިރުވި މީހުންގެ އަދަދާ ގުޅޭ ގޮތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ކުރެއްވި ޓުވީޓެއް.
ޕީޕީއެމުން ބުނިގޮތުގައި، އަލިމަސްކާނިވާ ސަރަހައްދު ފުރައިލި އެ ޖަލްސާގައި 30،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީނަށް ތާއީދު އޮތް މިންވަރު އިދިކޮޅަށް ދައްކާލައި، ޕީޕީއެމުން ތިބީ ހިތްހަމަޖެހިގެންނެވެ. އެ ޕާޓީން ބުނީ އެއްވެސް ރަށަކުން މީހަކު ނުގެނެސް ހަމައެކަނި މާލެ އިން ނުކުތް އަދަދާ މެދު އުފާވާ ކަމަށެވެ.
Reyga PPM jalsaa ga evany RY ah oiy thaaeedhaai size dhakkaalaafa. Mee hama ekani male' in. Fanaakuravani coalition mulhi raajje in meehun genesgen mivaru viyya naseeb.#YaameenShaheem2018 pic.twitter.com/ujGqTsxvBr
— ENT Doctor (@ENTDoctor3) September 8, 2018
ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި، މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި، މާލޭގައި ބަހައްޓާ ފޮށިތަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ 47،000 މީހުން އެބަތިއްބެވެ. އޭގެތެރެއިން 30،000 އަށް ވުރެ ގިނަ މީހުން، ޖަލްސާގައި ބައިވެރިވުމަކީ ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބުވެއްޖެ ކަން ޔަގީންވާ މަންޒަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ޕޯޑިއަމްގައި ހުއްޓިގެން ބަލާލީމަ އެ އަދަދަށް [30،000 އަށް ވުރެ ގިނަ] މީހުން ތިބި ތަން ފެނޭ،" ރޭގެ ޖަލްސާގައި ޖޯޝާއި ފޯރީގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.
މީހުން ހާޒިރުވި އަދަދަށް ގޮނޑި ނުޖެހި ބައެއް މީހުން ކޮޅަށް ތިބެން ޖެހުމުން އޭނާ މާފަށް ވެސް އެދިވަޑައިގަތެވެ.
އެކަމަކު، ޕީޕީއެމުން ދައްކާލި "ބިޔަ ލަޝްކަރު" ގުނާލިއިރު، އިދިކޮޅަށް ފެނުނީ ގާތްގަނޑަކަށް 3،000 މީހުންނެވެ.
Abdhuh Raheem ah fenunee 30000 meehun gothuga. Gunaaleema 2500-3000 hama nuvey.
— Ahmed Mahloof (@AhmedMahloof) September 7, 2018
Raees @MohamedNasheed adhi Hon. @qasimibrahim ah vaadha kurumuge furusathu gelluvalee thimannakamah Yameen ge amilla iuthiraafun mihaaru eothee fennan.
Dheboageri dhuvvan ulhenikoh bondiboefi. pic.twitter.com/sgBibVTY1v
ޕީޕީއެމްގެ ޖަލްސާގައި ބައިވެރިވި އަދަދާ ގުޅޭ ގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓެއް.
އަބްދުއްރަހީމްގެ އެ ވާހަކަ އަށް ރައްދު ދެއްވި، އިދިކޮޅު މެމްބަރުން ވިދާޅުވީ 3،000 ހަމަކުރީ، ސަރުކާރުގެ މުވައްޒަފުންނާއި ވަޒީފާގެ ބިރު ދައްކައިގެން ޖަލްސާ އަށް ގެންދިޔަ ކުންފުނިތަކުގެ މުވައްޒަފުން ހިމަނައިގެން ކަމަށެވެ. އެއާ އެކު، ރަށްރަށުން މީހުން ނުގެންނަ ކަމަށް ޕީޕީއެމުން ބުންޏަސް، އެކި ރަށްތަކުން މީހުން ގެނައި ކަމަށާއި އެހެންކަމުން އެ ޖަލްސާގެ ހަގީގީ ސައިޒު 3،000 އަށް ވުރެ ވެސް މަދުވާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ދެކެ އެވެ.
ޔަގީންވާ ކަމަކީ، މި ދެބައި މީހުން ވެސް ބުނާ އަދަދުތަކުގައި ވެސް ސައްހަ ކަމެއް ނެތެވެ. ހިސާބު ޖަހާފައި މިވަނީ، އެ ބަޔަކަށް މޮޅުވާނެ ގޮތަށެވެ.
ކާނިވާ ސަރަހައްދުގައި ބާއްވާ މިފަދަ ސިޔާސީ ޖަލްސާތަކަށް ގޮނޑި ދޫކުރާ އަދި ގޮނޑި ޖަހައިދޭ މީހުން ބުނާ ގޮތުން ނަމަ، އެތަނުގައި އެންމެ ގިނައިން ވެސް އެއްފަހަރާ ޖެހޭނީ 3،000 ގޮނޑި އެވެ. އަދި އެއީ 30،000 މީހުން އެއްފަހަރާ ޖަމާވެ، ތިބެވޭ ވަރަށް ވުރެ ކުޑަ ސަރަހައްދެއް ކަމަށް ޔަގީން ކުރެވެ އެވެ. ގަލޮޅު ދަނޑަށް ވެސް އެއްފަހަރާ ވަދެވެނީ 12،000 މީހުންނަށެވެ.
ޕީޕީއެމްގެ ޖަލްސާގެ ތައްޔާރީތަކުގައި އުޅުނު ބައެއް މީހުން ސޯޝަލްމީޑިއާގައި ލިއެފައިވާ ގޮތުގައި، އެ ޖަލްސާގައި ގާތްގަނޑަކަށް 10،000 ގޮނޑި ޖެހި އެވެ. ކޮޅަށް ތިބެން ޖެހުނު މީހުންނާ އެކު ގާތްގަނޑަކަށް 12،000 މީހުން ހާޒިރުވި ކަމަށް އެއް ބަޔަކު ލަފާކުރެ އެވެ.
ޕީޕީއެމްގެ ސަޕޯޓަރު ސޯޝަލްމީޑިއާގައި އާއްމުކުރި ޕޯސްޓެއް.
ދެން އޮތީ މިރޭގެ ޖަލްސާ އެވެ؛ އިދިކޮޅު ޕާޓީތަކުގެ ޖަލްސާއެއް ބާއްވަން މާލެ އިން ބިމެއް މިދިނީ ތިން އަހަރަށް ފަހު އެވެ. އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދު ހޯދަން ބާއްވާ މި ޖަލްސާގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ސަޕޯޓަރުން ބައިވެރިވާނެ އެވެ.
އެހެންކަމުން، ހަތަރު ސިޔާސީ ލީޑަރުން ހިމެނިވަޑައިގަންނަވާ ކޯލިޝަންގެ ބޮޑު ޖަލްސާގައި، ރައީސް ޔާމީނާ ދެކޮޅަށް ތިބި ރައްޔިތުންގެ ހަގީގީ އަދަދު ދައްކާލާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެ އެވެ.
މި ޖަލްސާ އަށް ފަހު، ދެބައި މީހުންނަށް ތާއީދު އޮތް މިންވަރާ ގުޅޭ ގޮތުން އާ ހިސާބުތަކެއް އަންނާނެ އެވެ. "ހަގީގީ ސައިޒު" ފެންނާނީ އޭރަށެވެ.
ސަރުކާރު އައީ ހަސަދަ ފިލުވައި، ބަދަލުހިފަން: ޕީޕީއެމް
"އަޅުގަނޑުގެ ނުކުޅެދުންތެރި ކަމަކީ މީހުން ދަސްނުވުން"
އަޅުގަނޑަކީ ވަރަށް ވަތަނީ މީހެއް: ރައީސް ޔާމީން
ޕީޕީއެމްގެ ރައްދު: އެމްޑީޕީގެ ހިޔާނާތް ބަލާނަންތޯ؟
އިބޫ ގެންދަވަނީ ރައީސް ޔާމީންގެ ވައުދު ކޮޕީކުރައްވަމުން
ރައީސްގެ ވާހަކަފުޅު އަމާޒުވަނީ އެމަނިކުފާނަށް: މާރިޔާ
ރިޔާސީ ކެންޑިޑޭޓުންގެ ޑިޕޮސިޓް 100،000ރ. އަށް
ރަނިން މޭޓު ނުދެއްކި ލަސްވަނީ!
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!
ނަޝީދުގެ ކުށަކީ ހުދުމުހުތާރުވުން: ރައީސް ޔާމީން