Roadha Mihaaru

ސަރުކާރު ހިންގަނީ މަޖިލީހުން ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގަނީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ކަމަށާއި އެކަން ހުއްޓާލެއްވުމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ގޮވާލައްވައިފި އެވެ.

ސަރުކާރު ހިންގަނީ މަޖިލިހުން ކަމަށް ބުނެ ފާޑުކިޔައިފި!
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

24 ޖުލައި 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގަނީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ކަމަށާއި އެކަން ހުއްޓާލެއްވުމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ގޮވާލައްވައިފި އެވެ.

ރަށްރަށުގައި "ގޭދޮށު މަސް ފެކްޓަރީ" ގާއިމު ކުރުމަށް ގޮވާލާ ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) ހުށަހެޅުއްވި ގަރާރަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ، ސަރުކާރު ހިންގުމަށް ޖާގަ ދިނުމަށް މަޖިލިހުން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، އެމްޑީޕީގެ ބޮޑު ސުޕާ މެޖޯރިޓީއެއް އޮތް މަޖިލީހުގެ ކަމަކީ ސަރުކާރަށް އެކަށީގެންވާ މަސައްކަތްތައް ނުކުރެވޭތީ އެކަން ފޫބެއްދުމެވެ.

ޝިޔާމް ވިދާޅުވީ، މި މަހާ ހަމައަށް އައި އިރު، މި އަހަރަށް ފާސް ކުރި 30 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން ބަޖެޓުގައި ޖަހާފައި އޮއްވައި އެ އަށްހެދި ގޮތެއް ބަލަން ޖެހޭ ކަމަށެވެ.

"އެއީ (ކުރީގެ) ރައީސް (އަބްދުﷲ) ޔާމީންގެ ބަޖެޓެއް ނޫން. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބަޖެޓެއް. އަޅުގަނޑަކީ އެ ބަޖެޓަށް ވޯޓު ދިން މީހެއް،" ޝިޔާމް ވިދާޅުވި އެވެ.

ގައުމު ދަނީ އަނދިރި ހިސާބަކަށް ކަމަށް ވިދާޅުވެ، ޝިޔާމް މިސާލެއްގެ ގޮތުގައި ނެންގެވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމަށެވެ. އޭނާ ވިދާޅުވީ ވަކި ގައުމަކަށް ބަރޯސާވެގެން މުޅި ގައުމުގެ އިގްތިސާދު އިނދަ ޖައްސަމުންދާ ތަން މިހާރު ފެންނަ ކަމަށެވެ. އަދި މިނިވަން ދުވަހެއް ބޯމަތިވަމުން އަންނަ އިރު، މިނިވަން ކަމެއް ރާއްޖޭގައި އޮތްތޯ ސުވާލު އުފެދޭ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް ފަށަން އުޅެތީ އެކަމާ ގުޅޭ ގޮތުން ޝިޔާމް ވިދާޅުވީ، އެ ފެރީތަކުން ދަތުރު ކުރާނީ ދިވެހި ރައްޔިތުން ނޫން ކަމަށެވެ. އަދި އަގުހެޔޮ ފެރީތަކަށް ދިވެހި ރައްޔިތުންގެ މުދާ އެރުވިޔަ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފެރީތަކުން އަންނާނީ އުނގު ވިޔަފާރި ކުރާ އެހެން މީހުން. އައިސް މި ގައުމުގައި ހުރި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިސޯރު ކުރާނީ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާންގެ ގަރާރަށް ބަހުސް ކުރައްވަމުން ފަޒުލް ވެސް ވިދާޅުވި ގޮތުގައި ފެންނަމުން ދަނީ ސަރުކާރާއި އެމްޑީޕީގެ މަޖިލިހުގެ މެމްބަރުންނާ ގުޅުމެއް ނެތް ތަނެވެ. އަދި ސަރުކާރުގެ ބައެއް މިނިސްޓްރީތަކާއި ކުންފުނިތަކާ މެދުގައި ގުޅުން އޮތްތޯ ވެސް ސުވާލު އުފެދިފައިވާ ކަމަށް ފަޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރެއްގެ މަގްސަދަކީ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ކަންކަން ކުރުމެވެ. ސަރުކާރަށް ނުވަ މަސް ފުރޭ އިރު، ތަރައްގީގެ މަސައްކަތެއް ނުހިނގާ ކަމަށާއި ހަމައެކަނި ފެންނަނީ "ގަރާރުތަކެއް" ހުށަހަޅައިގެން އުޅޭ ތަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދިވެސް ޕްލޭނިންގައި. އަޅުގަނޑު ހިތަށް އަރަނީ ޕްލޭނިންގައި ކިތައް އަހަރު ދުއްވާލާނެބާއޭ،" ރައްޔިތުންގެ ލާބަ އަށް އެއްވެސް މަޝްރޫއެއް ނުހިންގާ ކަމަށް ވިދާޅުވެ، އެކަމަށް ފާޑު ކިޔުއްވައި ފަޒުލް ވިދާޅުވި އެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލިސް ވަކިން ހިނގާ ތަނާއި ސަރުކާރު ވަކިވެފައި އޮންނަ ތަން ފެންނަމުންދާ ކަމަށް ފަޒުލް ވިދާޅުވި އެވެ. އަދި ސަރުކާރައި މަޖިލިސް ވަކި މިސްރާބަކަށް ދާ ތަން ފެންނަ ކަމަށް ވިދާޅުވި އެވެ. ޖުޑިޝަރީ އިސްލާހުވާން ބޭނުންވާ ފަދަ އިން މިފަދަ ކަންކަން ހައްލުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.