21 މެއި 2019
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހަމަޖެހުން ނަގާލައި، އެމަނިކުފާނާ ދިމާކުރަން ކުރާ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހަމަޖެހުން ނަގާލައި، އެމަނިކުފާނާ ދިމާކުރަން ކުރާ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ކުރިމަތިވި ބޮޑު ނާކާމިޔާބީ އަށް ފަހު، ފުރަތަމަ ފަހަރަށް އެ ޕާޓީން ބޭއްވި ހަފުލާއެއްގައި ގާސިމް ވަނީ، ދުވަސްކޮޅަކަށް "ހިމޭންވި" ސަބަބު ވިދާޅުވެ ދެއްވައިފަ އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ، ޖޭޕީ އަށް އާއްމު އިންތިޚާބުގައި ލިބުނީ ފަސް ގޮނޑި އެވެ.
ރިޔާސީ އިންތިޚާބަށް އެކުލަވާލި އެއްބަސްވުމުގައި، މަޖިލީސް އިންތިޚާބުގައި ވެސް ޕާޓީތަކުން އެކުގައި ވާދަކުރަން ނިންމާފައި އޮތަސް އެމްޑީޕީގެ ދެކޮޅު ހެދުންތަކާ އެކު ޕާޓީތަކުން ވާދަކުރީ ވަކިވަކިންނެވެ. މި ހިޔާލުތަފާތުވުންތަކުގައި، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ.
ގާސިމް ވިދާޅުވީ އިންތިޚާބަށް ފަހު އިސްކަން ދެއްވީ ގައުމުގެ ހަމަޖެހުމަށް ކަމަށެވެ. އެއީ، އަބަދުވެސް ޖުމްހޫރީ ޕާޓީން ކަންކަން ކުރާ އުސޫލް ކަމަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ރައީސް ކަމަށް އިބްރާހިމް މުހައްމަދު ސޯލިހް ގެނައުމަށް ޖުމްހޫރީ ޕާޓީން ކުރި މަސައްކަތް އެ ޕާޓީން ހަނދާން ނައްތާލައިގެން ނުވާނެ އެވެ. އެމަނިކުފާނުގެ ސަރުކާރު ދަމަހައްޓައި ނެގެހެއްޓުމަށްޓަައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ގާސިމާއި ޖުމްހޫރީ ޕާޓީން ވެސް ކުރާނެ ކަމުގެ ޔަގީން ކަން ރޭ ވެސް ދެއްވި އެވެ.
ގައުމުގެ އަމާންކަމާއި އިސްތިގުލާލު ނަގާލައި މީހުންނަށް އަނިޔާވެރިވެ މަސްލަހަތު ނަގާލުމުގެ އެއްވެސް ކަމެއްގައި، ގާސިމް ވިދާޅުވި ގޮތުގައި، ޖުމްހޫރީ ޕާޓީން ބައިވެރި ނުވާނެ އެވެ.
"ތިބޭނީ ވަރަށް ސާބިތުކަމާ އެކުގައި. ސަރުކާރުން ކުރާ ކަންތައްތަކަކީ ގާނޫނީ އިމުގެ ތެރެއިން ގާނޫނުއަސާސީ އާއި ދުސްތޫރުގެ ތެރެއިން ކުރާ ކަންކަމަށް ވާ ނަމަ، އަޅުގަނޑުމެން ފަހަރެއްގައި ވެސް ފާޑުކިޔާކަށް ވެސް ނެތިން،" ޖޭޕީ އަށް މެމްބަރަކު ސޮއި ކުރަން ބޭއްވި ހަފުލާގައި ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ތަނުގެ ވާހަކަ ދައްކައިގެން ބަދަލު ހިފާނެ އަދި ޒާތީ ހަސަދަވެރިކަމެއް ވެސް އެއްވެސް ބަޔަކާ ނުބާއްވަވާނެ އެވެ. އަމިއްލަ ފަރުދަކަށް ވިޔަސް ގައުމުގެ ކަންކަމުގައި ވެސް ޒާތީ ހަސަދަ ބާއްވައިގެން އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.
"ތިބޭނީ ވަރަށް ސާބިތުކަމާ އެކުގައި. ސަރުކާރުން ކުރާ ކަންތައްތަކަކީ ގާނޫނީ އިމުގެ ތެރެއިން ގާނޫނުއަސާސީ އާއި ދުސްތޫރުގެ ތެރެއިން ކުރާ ކަންކަމަށް ވާ ނަމަ، އަޅުގަނޑުމެން ފަހަރެއްގައި ވެސް ފާޑުކިޔާކަށް ވެސް ނެތިން،" ގާސިމް
ރާއްޖޭގެ ސިޔާސީ ކަންކަން ވަމުންދާ ގޮތް ރައްޔިތުންނަށް އެނގޭ ކަމަށާއި މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ކަމަށް ޖުމްހޫރީ ޕާޓީން ވާދަ ނުކުރެވުނީ ކީއްވެ ކަން ވެސް އޮޅުންފިލާފައިވާނެ ކަމަށް ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ރައީސަކަށް ކުރިމަތިލައްވާނީ އެ ޕާޓީގެ ލީޑަރު ކަން ފާހަގަކުރައްވައި ވިދާޅުވީ އެ ވަގުތު އެމަނިކުފާނު ހުންނެވީ "ކަންތައްގަނޑެއްގެ" ތެރޭގައި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތާ އެކު އިއްވި ޖަލު ހުކުމުގައި ހުންނަވަނިކޮށް ކުރިމަތިވެވަޑައިގެންނެވި ސިއްހީ ކަންކަމުގައި ގާސިމް ހުންނެވީ ރާއްޖެ އިން ބޭރުގަ އެވެ.
ގާސިމް ވިދާޅުވީ ރިޔާސި އިންތިޚަބުގައި ވެސް އިސްކަން ދެއްވީ ގައުމުގެ މަސްލަހަތަށް ކަމަށެވެ.
"އެ އުސޫލުން ކަންތައްތައް ކުރަން ޖެހޭތީ ހިނދުހިނދުކޮޅު އަންނަނީއޭ ބުނާ ގޮތަށް ދޭތެރެއަކުން ކޮންމެ އިންތިޚާބެއް ނިމިގެން ދިޔައީމަ އަޅުގަނޑުމެން މަޑުޖެހިލަން މަޖުބޫރު މިވަނީ. ދެން ތާބަދަކު ދުނިޔޭގައި ހުރިހާ ކަމެއް އެއްގޮތަކަށެއް ނޯންނާނެ، ކޮންމެ ކަމެއް ވެސް ނިމޭނެ،" ގާސިމް ވިދާޅުވި އެވެ.
ދެން އޮންނާނީ، ގާސިމް ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ތަނުގެ ތަޖުރިބާ އަށް ބަލައި ޕާޓީ އަށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް ވެސް ގެނެސް ކުރިއަށް ގެންދިއުމެވެ. އެއާއެކު އޮމާންކަމާ އެކު ސަރުކާރު ހިންގަން ފުރުސަތު ދިނުން ކަމަށް ވެސް ވިދާޅުވި އެވެ.
ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ގާސިމް ވިދާޅުވެއްޖެ
ރަނިން މޭޓު ނުދެއްކި ލަސްވަނީ!
ޖޭޕީގެ ސްލޮޓްތަކުން މީހުން ވަކިކުރުމުގެ ނިންމުމެއް ނެތް
ވެރިކަމާ ތަޅާފޮޅަން އަދި މާ އަވަސް: ގާސިމް
އެއްބަސްވިގޮތް ނުވިޔަސް ކޯލިޝަންގައި ތިބޭނަން: ގާސިމް
ރައީސް އިސްކަންދެއްވީ ހާލަތުން އަރައިގަނެވޭނެ ބޭފުޅަކަށް
ވެރިކަަމަށް އައިސް ހަދަނީ ހެއްދެވިހާ ދޮގު: ގާސިމް
އަމިއްލަ އެދުމެއް ނެތް، އެކަމަކު ލިބެނީ ބޮނޑި:ގާސިމް
އެމްޑީއެން އުވާލުމަކީ ދީނަށް ލިބުނު ނަސްރެއް: ގާސިމް
ތަޅާފޮޅުވައި ހަނގުރާމައަކަށް ނުކުންނާކަށް ނުޖެހޭ:ގާސިމް