24 ޖެނުއަރީ 2019
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރު ކުރުމަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ މަސައްކަތްޕުޅު އެމްޑީޕީ ތެރޭގައި ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ތުހުމަތު ކުރައްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރު ކުރުމަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ މަސައްކަތްޕުޅު އެމްޑީޕީ ތެރޭގައި ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ތުހުމަތު ކުރައްވައިފި އެވެ.
ކޯލިޝަން ސަރުކާރުގެ އެއް ލީޑަރުގެ ގޮތުގައި ހުންނެވި ގާސިމް މި ތުހުމަތު ކުރެއްވީ، އެ ޕާޓީގެ ހަރުގޭގައި އޮތް ހަފުލާއެއްގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ. ނަން ވިދާޅުނުވެ ބަހުގެ ހަމަލާތައް އަމާޒުކުރައްވަމުން، ނަޝީދު ބޭނުންފުޅު ވަނީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވަން ކަމަށް ގާސިމް ރޭ ވެސް ވިދާޅުވި އެވެ.
"އެ ޕާޓީ [އެމްޑީޕީ] ގެ ތެރެއިން ބޮޑުސިންގާ ފަސާދައެއް އުފައްދައި، އެ ޕާޓީގެ ތެރެއިން ބޮޑުސިންގާ ކަންތައްގަނޑެއް، ހައިޖާނެއް ރާވައިގެން އެމަނިކުފާނުގެ ނޯކޮންފިޑެންސް ވޯޓު ނެގުމާ ދިމާލަށް އަމާޒުކޮށް، ސަރުކާރު ވައްޓާލައި ވަކި މީހަކު ވެރިކަމަށް އައުމަށް ކުޅޭ ކުޅިގަނޑު އަޅުގަނޑުމެން މިތިބީ ބަލަން ދޯ. އެނގޭ. އަޅުގަނޑުމެން މީ ކުޑަކުދިންނެއް ނޫނޭ، ކިޔައިދޭކަށެއް ނުޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ހުރިހާ ދާއިރާތަކަކަށް އެމްޑީޕީން ވާދަކުރަން ނިންމި ނިންމުމާ ގުޅޭ ގޮތުން ގާސިމް ރޭ ވެސް ހިތްހަމަޖެހިވަޑައިނުގެން ވާހަކަ ދެއްކެވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިފާއުކުރައްވައި، އެ ނިންމެވުމަކީ ނަޝީދު ރިޔާސަތުގައި އިންނަވައިގެން އެމްޑީޕީގެ ގައުމީ މަޖިލީހުން ކުރި ކަމެއް ކަމަށް ވިދާޅުވި އެވެ.
"ދެން ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ކޮންމެހެން ނަން ދަންނަވާކަށް ބޭނުމެއް ނޫން. ނަން ނޭނގޭތީކީއެއް ނޫން. އަޅުގަނޑު ކިޔާލާ ހިތް ނުވަނީ،" ގާސިމް ވިދާޅުވި އެވެ.
"ތިމާމެންކޮށްފައި އޮތް އަހުދާއި ވައުދު އުވާލީ. ތިމަންނާމެން އެގްރިމެންޓެއް ނުކުރަމޭ. ކިހިނެއް ކުރާ އެއްޗެއްތޯ އެއީ."
ކޯލިޝަން ލީޑަރުން މަޝްވަރާ ކުރައްވަނީ: ---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އެއްބަސްވުން ނެތް ކަމަށް އެމްޑީޕީން އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވާއިރު، އެ އެއްބަސްވުން ނޫހުގައި ޝާއިއުކުރަންވީތޯ ވެސް ގާސިމް ސުވާލު ކުރެއްވި އެވެ. އެހާ އަވަހަށް އެއްބަސްވުން އާއްމުކުރަން ބޭނުން ނުވަނީ "ހަޑިމުޑުދާރު ކަންކަން ކުރަން ބޭނުން ނުވާތީ" ކަމަށް ވިދާޅުވި އެވެ.
"އެކަމަކު ވަގުތު އައީމަ ކުރާނަން، އަޅުގަނޑުމެން އަތުގައި އެބަހުރި ސޮއި ކުރައްވާފައި ހުރި ލިއުންތައް. އަދި އަޅުގަނޑުމެން ބޭނުމެއް ނޫން ބާޒާރުމައްޗަށް ނުކުމެ ބަކަރިއެއް ކަރުގައި ވާޖަހައިގެން ދަމާކަށެއް،" ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތިބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއާ އެކީގައި. އެމަނިކުފާނުގެ ސަރުކާރު ނަގަހައްޓައި ދަމަހައްޓަން. އެކަން އަޅުގަނޑުމެން ކުރާނަން ކިތަންމެ ރުޅި އަޔަސް،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވެރިކަމުގެ ފަސް އަހަރު ފުރިހަމަ ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅުވާ ނަމަ އެކަން ހިނގާނީ އެ މަގަށެވެ. ގާނޫނުއަސާސީއާ ޚިލާފަށް ރައީސް ކަމެއް ނުކުރައްވާ ނަމަ އަބަދުވެސް ޖުމްހޫރީ ޕާޓީން ތިބޭނީ އެމަނިކުފާނާ "އަތްގުޅާލައިގެން" ކަމަށް ވެސް ވިދާޅުވި އެވެ.
ސޯޝަލްމީޑިއާގެ އެކައުންޓަކުން ނަޝީދު ފާޑުވިދާޅުވެ، ތިން ރައީސުންނާ އެކު ވެސް މަސައްކަތް ނުކުރެވުނު ކަމުގެ ތުހުމަތު އަޅުވާފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ އެ އިޝާރާތް ކުރެއްވީ އެލެކްސްގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓަކުން ގާސިމަށް ފާޑުވިދާޅުވި ވާހަކައަށެވެ.
އެއީ ނަޝީދުގެ ފާޑުވިދާޅުވުމެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރު ކަމުގައި ނުހުންނެވުނީ ފުރައްސާރަ ކުރިމަތިކުރުމުން ކަން ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އިސްތިއުފާ ދެއްވީ ޖަލުގައި ރޯކޮށްލަން ރޭވުމުން ކަމަށް ގާސިމް ވިދާޅުވި އެވެ.
އެ ފަހަރު ވެސް ކޯލިޝަނުން ވަކިވީ، ގާސިމް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށް، ޖުމްހޫރީ ޕާޓީ ދުރުކޮށްލީއޭ ރަސްމީކޮށް އެންގުމުންނެވެ.
ގާސިމްގެ ހިތްހަމަނުޖެހުން: "ތިޔަ ގޮވަނީ ގުދޯ ގުދޯ"!
ނަޝީދަށް ފެންނަ ހުވަފެން ބިލާހަކަށް ހަދާނަން: ގާސިމް
ކޯލިޝަން "ރޫޅި" އެ ތަޖުރިބާ! ހައްލެއް ނެތް؟
ސާބިތުކަމާ އެކު ރައީސް ހުންނަވާނެކަން ޔަގީން: ގާސިމް
ރަނިން މޭޓު ނުދެއްކި ލަސްވަނީ!
އުންމީދުކުރަނީ ނިކަމެތިކޮށްނުލާނެ ކަމަށް: ގާސިމް
ރައީސްއާ ދެކޮޅު ކަމެއްގައި ބައިވެރި ނުވާނަން: ގާސިމް
އިލްހާމާއި ލަތީފްގެ ބަހުގެ ހަމަލަތައް ސަރުކާރަށް!
ކެމްޕެއިނަށް ނުކުންނެވުން، ރައީސަށް މަޖުބޫރުވި ހާލަތު!
"ޖޭޕީ އޮތީ ކޯލިޝަންގައި، ގޮތެއް ހޯދީ މަޖުބޫރުވެގެން"