27 އޮކްޓޯބަރ 2019
ސެލޫނަކަށް ގޮސްފައި ހިދުމަތެއް ހޯދާ އިރު، ކަސްޓަމަރާއި ހިދުމަތްދޭ މީހާއާ ދެމެދު ގިނަ ވާހަކަތަކެއް ހިއްސާކުރެވުމަކީ ހަމަ ވަރަށް އާދައިގެ ކަމެކެވެ. އަދި މިއީ އާންމުކޮށް ކަން ހިނގާ ގޮތް ވެސް މެ އެވެ.
ސެލޫނަކަށް ގޮސްފައި ހިދުމަތެއް ހޯދާ އިރު، ކަސްޓަމަރާއި ހިދުމަތްދޭ މީހާއާ ދެމެދު ގިނަ ވާހަކަތަކެއް ހިއްސާކުރެވުމަކީ ހަމަ ވަރަށް އާދައިގެ ކަމެކެވެ. އަދި މިއީ އާންމުކޮށް ކަން ހިނގާ ގޮތް ވެސް މެ އެވެ.
ނަމަވެސް އިނގިރޭސިވިލާތުގެ ސެލޫނަކުން މި ވަނީ މުޅިން އާ ގޮތަކަށް ހިދުމަތް ތައާރަފުކޮށްފަ އެވެ. މިއީ "ހިމޭން" އެޕޮއިންޓްމަންޓެވެ. ހިދުމަތަތެއް ހޯދަން ގޮސްފައި ބުނަން ޖެހޭނެހާ ވެސް ވާހައަކީ ބޭނުންވާ ހިދުމަތަކާއި ބޭނުންވާ ސްޓައިލެކެވެ. އެ ހިސާބުން ދެން އިތުރު ވާހަތަކެއް ކަސްޓަމަރާއި ހިދުމަތްދޭ ދޭ މީހާއާ ދެއްކުމެއް ނޯންނާނެ އެވެ. ހިދުމަތް ހޯދައި ނިމެންދެން ދެ މީހުން ވެސް ހަނު ހުންނާނީ އެވެ.
"ހިމޭން" އެޕޮއިންޓްމަންޓް ތައާރަފުކުރީ އިނގިރޭސިވިލާތުގެ ބްރިކް ލޭންގައި ހިންގާ "ނޮޓް އެނަދަ ސެލޯން" އިންނެވެ. އެތަނުން މިފަދަ ހިދުމަތެއް ތައާރަފުކުރީ މެންޓަލް ހެލްތު ނުވަތަ ނަފުސާނީ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ގޮތުންނެވެ.
ސެލޫންގެ ވެރިޔާ ސޯފީ ހިލްޓަން ބުނިގޮތުގައި މާ ވާހަކަ ގިނަވުމަކީ ވެސް ބޮލުގެ ރިހުމަކަށްވާ ކަމަށެވެ. އެހެންވެ ކަސްޓަމަރާއި ހިދުމަތްދޭ މީހާ ވެސް ހަމަހިމޭނުން ތިބެލައިގެން ހިދުމަތެއް ހޯދުމަކީ ވަރަށް ހިތްހަމަޖެހޭ، ސިކުނޑިއަށާއި ހިތަށް ވެސް އަރާމުގޮތަކަށް ވާނެ ކަމަށް ބުންޏެވެ.
އަދި ބައެއް ކަސްޓަމަރުންނަކީ ހިދުމަތެއް ހޯދަން ގޮސްފައި ލެއްވިހާ ވާހަކައެއް ދައްކައި، މުނާސަބު ނޫން ވާހަކަތައް ހިއްސާކުރަން ބޭނުން ނުވާ ބަޔަކަށްވާތީ "ހިމޭން އެޕޮއިންޓްމަންޓަކީ" މުހިއްމު ކަމެއް ކަމަށް ބުންޏެވެ.
"މިއީ ހަމަ ހަގީގުގައި ވެސް މެންޓަލް ހެލްތާ ދެކޮޅަށް ކުރެވޭނެ ބޭނުންތެރިކަމެއް،" ދެ ޖިންސުގެ މީހުންނަށް ވެސް ހިދުމަތް ދޭ ސެލޫނުން ތައާރަފު ކުރި ހިދުމަތާ ބެހޭ ގޮތުން ސޯފީ ބުންޏެވެ. "ކަސްޓަމަރުން ޖަޖްކުރުމަކީ އަހަރެމެން ކުރަންޖެހޭ ކަމެއް ނޫން. މުހިއްމު ކަމަކީ ހިދުމަތެއް ހޯދަން އަންނަ މީހާ ބޭނުންވާ ގޮތަކަށް ހިދުމަތް ދީ އުފަލާއި ހިނިތުވުންވުމާ އެކު އޭނާ އެނބުރި ދިއުން."
ހެރީ ސްޓައިލްސް ސެންޓާއި ކޮސްމެޓިކް ލައިނެއް ނެރެނީ
ކައިވެނީގެ ކާމިޔާބީގެ ސިއްރަކީ ދަރިން: ވިކްޓޯރިއާ
މޫނު އޮމާންކޮށްލަން ކުޑަ ޓިޕެއް
ލަކުޑިން ހަދާފައި ހުންނަ ފުނަލުން ލިބޭ ފައިދާ
ސެލޫނަށް ނުގޮސް ގޭގައި ރީތިވާނެ ގޮތް
ކުލަ އަލި ނޫން ހަމާ ގުޅޭނެ ފަސް ލިޕްސްޓިކް ކުލަ
ބެކަމްގެ ދޮށީ ދަރިފުޅަށް މިލިއަން ޕައުންޑްގެ ޑީލެއް
ރިއާނާ އަކީ ވެސް މިހާރު ބިލިއަނަރެއް
ކުޅިވަރަށް ހާއްސަ އުފެއްދުންތަކެއް ޕްލާސްޓިކް ފުޅިން
ހަލީމާ އަލުން މޮޑެލިން އަށް