Roadha Mihaaru
ސެލޫނަށް ނުގޮސް ގޭގައި ރީތިވާނެ ގޮތް

ސެލޫނަށް ނުގޮސް ގޭގައި ރީތިވާނެ ގޮތް

23 މެއި 2024

އަގު ބޮޑު އެއްޗިހި ނުހޯދައި ގޭގައި ބޭނުން ކުރާ ބައެއް ސާމާނުން ރީތިވެވިދާނެ އެވެ. ކޮންމެ ފަހަރަކު ބޮޑު އަގު ދީފައި ސެލޫނަށް ވެސް ދާކަށް ނުޖެހެ އެވެ. އާއްމުކޮށް ގޭގައި ބޭނުނުންކުރާ ސާމާނުން ހައްލު އެބައޮތެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

އަގު ބޮޑު އެއްޗިހި ނުހޯދައި ގޭގައި ބޭނުން ކުރާ ބައެއް ސާމާނުން ރީތިވެވިދާނެ އެވެ. ކޮންމެ ފަހަރަކު ބޮޑު އަގު ދީފައި ސެލޫނަށް ވެސް ދާކަށް ނުޖެހެ އެވެ. އާއްމުކޮށް ގޭގައި ބޭނުނުންކުރާ ސާމާނުން ހައްލު އެބައޮތެވެ.

ކުޑަކުދިންގެ މޫނުގައި ޖަހަން ގެންގުޅޭ ފުށް

ބޭބީ ޕައުޑާ

ބޭބީ ޕައުޑާ

ލޮލުގެ އެސްފިޔަތައް ކުރު މީހުންނަށް މިއީ ރަނގަޅު ހައްލެކެވެ. މިކަމަށް ބޭނުން ވަނީ ކަފަބުރަކާއި ފުށެވެ. މަސްކަރާ ޖެއްސުމުގެ ކުރިން ފުށްދަޅުގެ ތެރެއަށް ކަފަބުރު ލާފައި އެސްފިޔަ ތަކުގައި އުނގުޅާށެވެ. އަދި އެއަށްފަހު މަސްކަރާ ޖައްސާށެވެ. އޭރަށް މެޖިކް ފެންނާނެ އެވެ.

ވެސްލިން

ވެސްލިން

ވެސްލިން

ސެންޓު ޖަހައިގެން ގެއިން ނުކުމެ، ދުވަހުގެ ވަކި ހިސާބަކަށް ދާއިރު، ގައިން ސެންޓުގެ ވަސްފިލަ އެވެ. މިކަމަށް ވެސް މިއޮތީ ހައްލެކެވެ. ވެސްލިން ދަޅެއް ހުރި ނަމަ، މިކަން ލަސްނުކޮށް ކުރަން ފަށާށެވެ. އަތަށް ކުޑަ ވެސްލިން ކޮޅެއް ލުމަށްފަހު އޭގެ ތެރެއަށް ސެންޓު ޖަހާށެވެ. އެއަށް ފަހު ކަރު ދޮށުގަޔާއި އަތުކުރީގައި އުނގުޅައި ލާށެވެ. މުޅި ދުވަސް އެއްއެއްކޮށް ވަސް ހުންނާނެ އެވެ.

ޑިއޯޑަރަންޓް

އާންމުކޮށް އަލަށް ބޫޓެއް ގަނެގެން އަރާއިރު، ފައިގެ ތަނބި ކަށިގަނޑު ހަލާކުވެ، ހިނގަން އުދަގޫވެ އެވެ. މިއޮތީ މިކަމަށް ހައްލެކެވެ. ބޫޓަށް އެރުމުގެ ކުރިން ފައިގެ ތަނބިކަށިގަނޑާއި ދިމާ އަށް ޑިއޯޑަރަންޓް ސްޕްރޭ ނުވަތަ ރޯލޯން ހާކާލާށެވެ.

ދަތްއުނގުޅާ ބޭސް

ދަތް އުނގުޅާ ބޭސް

ދަތް އުނގުޅާ ބޭސް

ދަތް އުނގުޅާ ބޭހުން ސާފުކޮށްދެނީ ހަމައެކަނި ދަތްތަކެއް ނޫނެވެ. އިނގިލީގެ ނިޔަފަތިތައް ސާފުކޮށް އަލިކޮށްލަން މިވަރެއް ނެތެވެ. ކުރިން ބޭނުން ކޮށްފައި އޮތް ދަތް އުނގުޅާ ބުރުހަކުން ބޭސްކޮޅޭއް ލައިގެން ނިޔަފަތިތައް ރަނގަޅަށް އުނގުޅައި ލާށެވެ. އަދި ކުޑަ އިރުކޮޅަކަށް ބަހައްޓާލުމަށް ފަހު ފޮހެލާށެވެ.

ކޮފީ

ކޮފީ

ކޮފީ

ކޮފީ އަކީ އެކި މީހުން އެކި ކަންކަމަށް ބޭނުން ކުރަމުންދާ އެއްޗެކެވެ. މޫނުގައި ހުންނަ ކެމިކަލްސްތައް ފިލުވައިލަން ކޮފީ އަކީ ވަރަށް ބަރާބަރު އެއްޗެކެވެ. ފެން ކޮޅެ ތެރެއަށް ކޮފީ އަޅައި ލުމަށް ފަހު، މޫނުގައި އުނގުޅައި ލާށެވެ. ކޮފީގައި ހުންނަ ކެފެއިން އިން އެންޓިއޮކްސިޑެންޓުން މޫނުގައި ހުންނަ ކެމިކަލްސްތައް ފިލުވައި ލުމަށް އެހީތެރި ވެދެ އެވެ.

ރަތް ކުލަ ގަދަ ލިޕްސްޓިކް

ރަތް ލިޕްސްޓިކް

ރަތް ލިޕްސްޓިކް

ހަމަނިދި ނުލިބި އުޅޭ މީހުނަށް ރީތިވާން ބޭނުންކުރަންވީ ރަތް ކުލައިގެ ލިޕްސްޓިކެކެވެ. އާންމުކޮށް ނިދާ ހޭލާއިރު ހުންނާނީ ލޯ ކައިރި ވަރަށް ބޮޑަށް ކަޅުވެފަ އެވެ. ލޯ ކައިރި ކަޅުނަމަ، ކޮންސީލާގެ ބަދަލުގައި ރަތް ކުލަ ގަދަ ލިޕޮސްޓިކް އެއް ކޮންސީލާ ބޭނުން ކުރާ ގޮތަށް ލޯ ކައިރީގައި އުނގުޅައި ލާށެވެ. އޭރުން ކަޅުކޮށް ހުންނަތައް އެއްކޮށް ފިލައިގެން ގޮސް ފުލް މޭކަޕެއް ކޮށް ނިމޭއިރު ލޯ ކައިރި ހުންނާނީ ވަރަށް ރީތި ކޮށެވެ.

މަޔޯނައިސް

މަޔޯނައިޒް

މަޔޯނައިޒް

ރީތި އިސްތަށިގަނޑަކަށް ޝޭމްޕޫ ބޭނުން ކުރާ ގޮތަށް މަޔޯނައިސް ބޭނުން ކުރާށެވެ. ތައްޓަކަށް މަޔޯނައިސް އަޅައިގެން ދަތްބޮޑު ފުނަލަކުން ބޮލުގައި މަޔޯ އުނގުޅަމުން ފުނާ އަޅާށެވެ. މުޅި އިސްތަށިގަނޑުގައި މަޔޯ ހޭކުމުން ޝަވާކެޕް އިން އިސްތަށިގަނޑު 20 އަކަށް މިނެޓަށް ނިވައި ކޮށްލާށެވެ. އަދި އެއަށްފަހު އިސްތަށިގަނޑު ރީއްޗަށް ދޮވެލާށެވެ.

އަގު ބޮޑުކޮށް އެއްޗެހި ނުގަނެ ވެސް، ރީތިވެލަން މި ސާމާނުގެ އަޖުމަބަލާލާށެވެ. ނަތީޖާ ފެންނާނެ އެވެ.