Roadha Mihaaru
މޫނު އޮމާންކޮށްލަން ކުޑަ ޓިޕެއް

މޫނު އޮމާންކޮށްލަން ކުޑަ ޓިޕެއް

18 ޖުލައި 2024

ރީތި، އޮމާން މޫނެއް ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ދެ ޖިންސުގެ މީހުން ވެސް މޫނުމަތި ރީތިކޮށް ބެހެއްޓުމަށްޓަކައި ވަރަށް ގިނަ އުފެއްދުންތައް ބޭނުންކުރެ އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ރީތި، އޮމާން މޫނެއް ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ދެ ޖިންސުގެ މީހުން ވެސް މޫނުމަތި ރީތިކޮށް ބެހެއްޓުމަށްޓަކައި ވަރަށް ގިނަ އުފެއްދުންތައް ބޭނުންކުރެ އެވެ.

ކޮންމެ މަހަކު ސެލޫނަށް ގޮސްގެން ވެސް މޫނު ރީތިކޮށް ބަހައްޓަން މަސައްކަތްކުރާ މީހުން ވަރަށް ގިނަ އެވެ.

މި ކިޔައިދެނީ ތިން އުފެއްދުމެއް ބޭނުންކޮށްގެން މޫނު ރީތިކޮށް ބެހެއްޓިދާނެ ގޮތެކެވެ. މިއީ ގޭގައި ހުރެގެން ވެސް ކުރެވިދާނެ ފަސޭހަކަމެކެވެ.

ބޭނުންވާ ތަކެތި

- ބޭބީ ތެޔޮ

- ވެސްލިން

- އެލޮވީރާ ޖެލް

ތައްޔާރުކުރާނެ ގޮތް

ތައްޓެއްގެ ތެރެއަށް ދެ ސަމުސަލުގެ ވެސްލިން އާއި ދެ ސަމުސަލުގެ ބޭބީ ތެޔޮ ކޮޅެއް އަޅާލުމަށް ފަހު އޭގެ ތެރެއަށް އެލޮވީރާ ޖެލްގެ ދެ ސަމުސާ އަޅައި އެއްކޮށްލާށެވެ. ރަނގަޅަށް އެއްކޮށްލުމަށް ފަހު ފުޅިއަކަށް އަޅައި ބަންދުކޮށްފައި ބަހައްޓާށެވެ. ކޮންމެ ރެއަކު ނިދުމުގެ ކުރިން އޭގެން އެތިކޮޅެއް މޫނުގައި އުނގުޅާލާށެވެ. އަދި ހެނދުނު ހޭލުމަށް ފަހު ރަނގަޅަށް މޫނު ދޮވެލާށެވެ.

މޫނު މޮއިސްޗަރައިޒް ކޮށްލުމަށް ބޭބީ ތެލަކީ ވަރަށް ރަނގަޅު އެއްޗެކެވެ. އަދި އެލޮވީރާ ޖެލްއަކީ މޫނުގައި ހުންނަ ރޫތައް ފިލުވާލުމަށް ވެސް ވަރަށް ކަމުދާނެ އުފެއްދުމެކެވެ.