23 އޮކްޓޯބަރ 2019
އައްޑު އަށް، ޒަމާނުއްސުރެ ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށްޓަކައި 37 މިލިަން ޑޮލަރު (570 މިލިއަން ރުފިޔާގެ) ބޮޑު މަޝްރޫއެއް ޗައިނާގެ ކުންފުންޏަކާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.
އައްޑު އަށް، ޒަމާނުއްސުރެ ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށްޓަކައި 37 މިލިަން ޑޮލަރު (570 މިލިއަން ރުފިޔާގެ) ބޮޑު މަޝްރޫއެއް ޗައިނާގެ ކުންފުންޏަކާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.
މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ސިޓީގެ ކަރަންޓުގެ މަޝްރޫއު ހަވާލުކުރީ ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކްއާ އެވެ. އެއީ މާލެ އާއި ހުޅުމާލޭގެ ކަރަންޓު ވިއުގާ ގުޅުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކުންފުންޏެވެ. ޑޮންގްފަންގް އެ މަޝްރޫއު ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، އައްޑޫ ކަރަންޓުގެ މަޝްރޫއު ޑޮންގްފަންގްއާ ހަވާލުކުރީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލު ނުވަތަ އެ ކުންފުނިން ފައިސާ ޚަރަދު ކުރުމަށް ފަހު، އެ ފައިސާ ކަނޑައަޅާ މުއްދަތެއްގައި ސަރުކާރުން އަނބުރާ ދައްކާ ގޮތަށް ކަމަށެވެ. ޑޮންގްފަންގް އިން ކަރަންޓު މަޝްރޫއަށް ޚަރަދުކުރި ފައިސާ 10 އަހަރުގެ ތެރޭގައި ސަރުކާރުން އަނބުރާ ދައްކަންޖެހެ އެވެ.
އައްޑޫ ކަރަންޓުގެ މަޝްރޫއުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރުމަށް މާގިރި ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ، އައްޑޫގެ އިތުރުން މުޅި ރާއްޖޭގައި ވެސް ކަރަންޓުގެ މައްސަލަ ވަަރަށް ބޮޑު ކަމަށާއި މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު އެކަން އެއްކޮށް ހައްލު ކުރާނެ ކަމަށެވެ.
އައްޑޫ ކަރަންޓުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭގައި ފަށައި، އެއް އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
"އޭގެ ތެރެއިން އަޅުގަނޑުމެން ފާހަގަކޮށްފައިވާނެ ރިޔާސީ ކެމްޕެއިންގަ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއް. ދިވެހި ރާއްޖޭގައި ހަތަރު އިކޮނޮމިކް ހަބް ގާއިމް ކުރަން. އެގޮތުން އައްޑޫ ސިޓީ އަކީ އޭގެ އެއް ހަބް،" ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އައްޑޫ ތަރައްގީ ކުރުމުގައި ގިނަ މަޝްރޫއުތަކެއް ހިންގުމަށް ޕްލޭންކޮށްފައިވާ އިރު އެކަންކަން ކުރުމަށް ރަނގަޅު ކަރަންޓުގެ ނިޒާމެއް ގާއިމް ކުރަން ޖެހެ އެވެ.
"ހުރިހާ ޑިވެލޮޕްމެންޓަކާ ވެސް ގުޅުން ހުރި ކަމެއް ކަރަންޓަކީ. ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ދިނުމުގެ އިތުރުން އިކޮނޮމިކް އެކްޓިވިޓީ ކުރިއަށް ގެންދަން ވެސް ކަރަންޓްގެ މައްސަމަ ހައްލު ވާން ޖެހޭ،" ފައްޔާޒް ވިދާލުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
އައްޑޫ ކަރަންޓުގެ މަޝްރޫއާ އެކު، ކުރިއަށް އޮތް 15 އަހަރަށް އެ ސިޓީ އަށް ބޭނުންވާ ކަރަންޓު އުފެއްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އައްޑު އަށް ބޭނުމްވަނީ އަށް މެގަވޮޓުގެ ކަރަންޓު ކަމަށްވާ އިރު، އެ ސިޓީ އަށް މިހާރު ފޯރުކޮށްދެެވެނީ ގާތްގަނޑަކަށް ހަތް ވަރަކަށް މެގަވޮޓެވެ. ފެނަކައިގެ ބެލުމުގެ ދަށުން ޑޮންގްފަންގުން މި މަޝްރޫއު ކުރިއަށް ގެންދާ އިރު މަޝްރޫއު ނިމުމުން އައްޑޫގެ ކަރަަންޓްގެ ކެޕޭސިޓީ 36 މެގަވޮޓަށް އިތުރުވާނެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ، އައްޑޫ ކަރަންޓު ވިއުގާ މި ބަދަލުވަނީ 23 އަހަރު ފަހުން ކަމަށެވެ.
"މި މަޝްރޫއުން އެންމެ މި ޒަމާނުގެ ނެޓްވޯކެއް ގާއިމް ކުރެވޭނެ. ހަމަ އެއާއެއްކޮށް ފައިބާ އޮޕްޓިކް ކޭބަލަކުން މުޅި ވިއުގާ އެއްކޮށް ގުޅާލެވޭނެ. ނެޓްވޯކް އަޕްގްރޭޑް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
މި މަޝްރޫއުގެ ތެރެއިން 10 މެގަވޮޓުގެ ސޯލާ ޕްރޮޖެކްޓެއް ވެސް ހިންގާނެ ކަމަށް ސައީދު ވިދާޅުވި އެވެ. މީގެ އިތުރުން އައްޑޫގެ ކަރަންޓުގެ ހިދުމަތުގެ 70 ޕަސެންޓް ސޯލާ ހަކަތައަށް ބަދަލުކުރުމުގެ މަޝްރޫއުއެއް ހިންގުމަށް ނިންމާފައިވާ ކަމަށް ސއީދު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ، ދައުވަތަކާ ނުލައި އިކޮނޮމިކް ކައުންސިލަށް ޕްރޮޖެކްޓްތައް ހުށަހެޅުމުގެ ފުރުސަތު އޮންނަ އިރު އެގޮތަށް ހުށަހަޅާ ޕްރޮޖެކްޓްތައް ހަވާލު ކުރަނީ ވަރަށް ގިނަ ކަންކަމަށް ބަލާފައި ކަމަށެވެ. ސަރުކާރަށް މިހާރުން މިހާރަށް ބޭނުންވާ އެންމެ މުހިއްމު މަޝްރޫއުތައް ހިންގުމަށް މިގޮތަށް ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑޫ ކަރަންޓު މަޝްރޫއު ހިންގުމަށް ޑޮންގްފަންގް އިހުތިޔާރު ކުރީ އެ މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމުގެ ގާބިލު ކަމާއި ހުށަހެޅި އަގާއި މިފަދަ މަޝްރޫއުތައް ހިންގުމުގެ ގާބިލުކަމަށް ބަލާފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"މިހާރު ވެސް ޑޮންގްފަންގް އަކީ މާލެ އާއި ހުޅުމާލެއާ ގުޅާލުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދާ ފަރާތް. އެ ކަންކަމަށް ބަލާފައި މިކަން (އައްޑޫ ކަރަންޓު މަޝްރޫއު) ހަވާލުކުރުން ކުރަނީ،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި، ސަރުކާރުން މަސައްކަތް ކުރަނީ ކުރިއަށް އޮތް ތިން އަހަރު ތެރޭގައި، ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ކަމަށްވާ ފެނާއި ނަރުދަމާ އާއި ކަރަންޓްގެ ހިދުމަތްތައް ފޯރުކޮށް ދީ ނިންމުމަށެވެ. އަދި ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލުކުރުމުން އަވަސް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ..
"ދިގު މުއްދަތަކަށް ފައިސާ ދެއްކޭ ގޮތަށް ލޯނާ އެއްކޮށް އަންސޮލިސިޓެޑް ޕްރޮޕޯސަލްތަކުގެ ގިނަ ޕްރޮޖެކްޓްތައް މި އަންނަނީ. އެގިވަޑައިގަންވާނެ ރައްޔިތުން ކަންކަމަށް ފެންބޮވައިގަނެފަައި އޮތް ކަން. ހަގީގަތުގެ ރާއްޖޭގެ ބޭސިކް އިންފްރާސްޓްރަކްޗާ އޮތީ ވަރަށް ދަށު ދަރަޖައެއްގަައި." އޭނާ ވިދާޅުވި އެވެ.
އައްޑޫގެ ގުޅިފައިވާރަށްތަކުން އަނެއްކާ ކަރަންޓު ކެނޑެނީ
ކަރަންޓު މައްސަލަ ހައްލު ކުރަން އައްޑުއަށް ޖަނަރޭޓަރެއް
"އައްޑޫގެ ކަރަންޓު މައްސަލަ އަންނަ މަހު ހައްލުވާނެ"
ކަރަންޓު ކެނޑެނީ މަގު ހަދާއިރު ކޭބަލަށް ގެއްލުންވާތީ
އައްޑޫން ކަރަންޓު ކެނޑޭތީ ކުއްލި މައްސަލައެއް
ހަވީރުން ފެށިގެން އައްޑޫ ރަށްތަކުން ކަރަންޓު ކެނޑިފައި
އައްޑުއަށް އޮތް ހައްލަކީ 1.6 މެގަވޮޓުގެ ޖަނެރޭޓަރެއް
ފެނަކައިން ކަރަންޓު މީޓަރު ޓެސްޓުކޮށްދޭން ފަށައިފި
އިސްދޫ، ކަލައިދޫ،ދަނބިދޫގެ މަރުކަޒީ އިންޖީނުގެ އަޅަނީ
ސައީދުގެ ލީޑަޝިޕްގައި އޮތީ ހުސް ކުރިއެރުން