Roadha Mihaaru
ތިންގަޑިއިރަށްފަހު ބީއެމްއެލްގެ ކާޑުގެ ހިދުމަތް ފަށައިފި

ތިން ގަޑިއިރަށް ފަހު ބީއެމްއެލްގެ ކާޑުގެ ހިދުމަތް އަލުން ދޭން ފަށައިފި

25 ސެޕްޓެމްބަރ 2016

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް އަދި ފައިސާ ދައްކަން ބޭނުންކުރާ މެޝިނުގެ ހިދުމަތް ގާތްގަނޑަކަށް ތިންގަޑިއިރަށް މެދުކެނޑުމަށް ފަހު އަލުން ހިދުމަތް ދޭން ފަށައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް އަދި ފައިސާ ދައްކަން ބޭނުންކުރާ މެޝިނުގެ ހިދުމަތް ގާތްގަނޑަކަށް ތިންގަޑިއިރަށް މެދުކެނޑުމަށް ފަހު އަލުން ހިދުމަތް ދޭން ފަށައިފި އެވެ.

ބީއެމްއެލްގެ އޭޓީއެމް އާއި ފައިސާ ދައްކާ މެޝިންތަކަކީ ރާއްޖޭގެ އެންމެ ގިނަ މީހުން ބޭނުންކުރާ ހިދުމަތްތަކެވެ. އެ ހިދުމަތް މިއަދު މެންދުރު 12:00 ހާއިރު މެދުކަނޑުމަށްފަހު އަލުން ދޭން ފެށީ މެންދުރު ފަހު 3:00 ހާއިރު އެވެ.

ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ އޭޓީއެމް އާއި ޕީއޯއެސް މެޝިންގެ ހިދުމަތް މެދުކެނޑިފައި ވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަފުސީލެއް އެ ބޭންކުން ހާމައެއް ނުކުރެ އެވެ. އޭޓީއެމް އާއި ޕީއޯއެސްގެ ހިދުމަތް މެދުކެނޑުނު ނަމަވެސް އިންޓަނެޓް ބޭންކިންގެ ހިދުމަތް ލިބެމުންދިޔަ އެވެ.

ބީއެމްއެލްގެ އޭޓީއެމް އަދި ފައިސާ ދައްކާ މެޝިނަށް ދާދި ފަހުން ވެސް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ހިދުމަތް މެދުކެނޑުނެވެ.