Roadha Mihaaru
ބީއެމްއެލްގެ ކާޑުގެ ހިދުމަތް މެދުކެނޑިއްޖެ

ބީއެމްއެލްގެ ކާޑުގެ ހިދުމަތް މެދުކެނޑިއްޖެ

25 ސެޕްޓެމްބަރ 2016

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް އަދި ފައިސާ ދައްކަން ބޭނުންކުރާ މެޝިނުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް އަދި ފައިސާ ދައްކަން ބޭނުންކުރާ މެޝިނުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އޮފިޝަލަކު ވިދާޅުވީ މިއަދު މެންދުރު 12:00 ހާއިރު ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އޭޓީއެމް އާއި ޕީއޯއެސްގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރަން ޓެކްނީޝަނުން މަސައްކަތްކުރަމުން އަންނަ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

"އޭޓީއެމް އާއި ޕީއޯއެސްގެ ހިދުމަތް މެދުކެނޑުނު ނަމަވެސް އިންޓަނެޓް ބޭންކިންގެ ހިދުމަތް ލިބޭނެ. އަޅުގަނޑުމެން އެދެނީ މުހިންމު ޕޭމަންޓެއް ހަދަން ޖެހޭ ނަމަ އިންޓަނެޓް ބޭންކިން ބޭނުންކުރުމަށް،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ އޭޓީއެމް އަދި ޕީއޯއެސް އަށް ދިމާވި މައްސަލަ ހައްލުކުރެވޭނެ އިރެއް އެ ބޭންކުން ހާމައެއްނުކުރެ އެވެ.

އޭޓީއެމް އަދި ފައިސާ ދައްކާ މެޝިނަށް ދާދި ފަހުން ވެސް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ހިދުމަތް މެދުކެނޑުނެވެ.