Roadha Mihaaru
ފެންގަނޑަށް ވެއްޓުނު ކުއްޖާ އިންޑިއާ އަށް ގެންގޮސްފި

މަސް ފެންގަނޑަށް ވެއްޓުނު ކުއްޖާ އިންޑިއާ އަށް ގެންގޮސްފި

16 އޮކްޓޯބަރ 2019

ލ. ގަމުގައި މަސް ފެންގަނޑަށް ވެއްޓި، ސީރިއަސް ހާލަތެއްގައި އޮތް ކުއްޖާ އަށް އިތުރު ފަރުވާ ދޭން އިންޑިއާ އަށް މިއަދު ގެންގޮސްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ލ. ގަމުގައި މަސް ފެންގަނޑަށް ވެއްޓި، ސީރިއަސް ހާލަތެއްގައި އޮތް ކުއްޖާ އަށް އިތުރު ފަރުވާ ދޭން އިންޑިއާ އަށް މިއަދު ގެންގޮސްފި އެވެ.

މިދިޔަ މަހުގެ 14 ގައި ހިނގި މި ހާދިސާގައި ދެ އަހަރުގެ ފިރިހެން ކުއްޖާ، ހަމަ އެރޭ މާލެ ގެނެސް އައިޖީއެމްއެޗުގެ އައިސީޔޫގައި އޮތީ ހޭނާރަ އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް އިސްމާއިލް އަހުމަދު "މިހާރު" އަށް ވިދާޅުވީ އެ ކުއްޖާ އަށް އިތުރު ފަރުވާ ދޭން އިންޑިއާ އަށް ގެންދިޔައީ އާސަންދައިގެ އެހީގައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންޑިއާއަށް ގެންދިޔަ އިރު ކުއްޖާ ކުޑަކޮށް ހަރަކާތްކުރެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކުއްޖާ އުޅެމުން ދިޔައީ އޭނާގެ މަންމަ އާއި މާމައާ އެކު އެވެ. ގޯތިތެރޭގައި ހުރި މަސް ފެންގަނޑަށް ކުއްޖާ ވެއްޓުނީ މެންދުރުފަހު އޮތް ކުލާހަކަށް ދާން އޭނާގެ މަންމަ ނުކުތް ފަހުންނެވެ.