27 ސެޕްޓެމްބަރ 2016
ނިދި މާ ބޮޑަށް މަދުވިޔަސް ނުވަތަ ގިނަވިޔަސް އެކަމުގެ ސަބަބުން ހިތުގެ ބަލިތަކަށް ހުށަހެޅިދާނެ ކަމަށް އެމެރިކަން ހާޓް އެސޯސިއޭޝަނުން ބުނެފި އެވެ.
ނިދި މާ ބޮޑަށް މަދުވިޔަސް ނުވަތަ ގިނަވިޔަސް އެކަމުގެ ސަބަބުން ހިތުގެ ބަލިތަކަށް ހުށަހެޅިދާނެ ކަމަށް އެމެރިކަން ހާޓް އެސޯސިއޭޝަނުން ބުނެފި އެވެ.
ނަމަވެސް ދުވާލަކު ވަކި މިންވަރަކަށް ނިދުމަށް މީގެ ކުރިން ދެމުން އައި ލަފަޔަށް މިފަހަރު މާ ބޮޑަށް ބާރު އަޅާފައެއް ނުވެ އެވެ.
"ނިދި މަދުވުން ކަމަށް އާންމުކޮށް މި ބަލަނީ ރެޔަކު ހަތް ގަޑިއިރަށް ވުރެ މަދުން ނިދުމުން. އަދި މާގިނައިން ނިދުނު ކަމަށް ކިޔައި އުޅެނީ ނުވަ ގަޑިއިރަށް ވުރެ ގިނައިން ނިދުމުން. ނިދި ހަމައިން ނެއްޓިއްޖެ ނަމަ ހިތުގެ އެކި ބަލިތަކަށް މަގު ފަހިވާނެ. ނިދުން ރަނގަޅުކުރުމުން މި ނުރައްކާ ކުޑަވެގެންދާ ކަމެއް އަދި އެނގިފައެއް ނުވޭ،" ކޮލަމްބިއާ ޔުނިވަސިޓީގެ އެސޯސިއޭޓް ޕްރޮފެސާ އޮފް ނިއުޓްރިޝަނަލް މެޑިސިން މޭރީ-ޕިއޭރާ އޮންގޭ ވިދާޅުވެފައިވެ އެވެ.
ހާޓް އެސޯސިއޭޝަންގެ އެދުމަކަށް ދިރާސާކޮށްދިން، ކޮލަމްބިއާ ޔުނިވަސިޓީގެ ތަޖުރިބާކާރުން ވަނީ ނިދުމަށް އަންނަ ބަދަލާއި ހިތުގެ ބަލިތަކާ ގުޅުން ހުރި މިންވަރު ދެނެގެންފަ އެވެ.
މި ދިރާސާ، އިންސޯމިއާ ހުންނަ މީހުންގެ ހާލަތަށް ވަރަށް ބޮޑަށް އަމާޒުކޮށްފައިވެ އެވެ. އިންސޯމިއާ ކަމަށް އާންމު ގޮތެއްގައި ބަލައި އުޅެނީ ނުނިދުމުގެ މައްސަލަ ހަފުތާއަކު މަދުވެގެން ތިން ދުވަހު، ތިން މަސް ދުވަހުގެ މުއްދަތަކަށް ތަޖުރިބާކުރަންޖެހޭ ނަމަ އެވެ. އަދި ނިދާފައި އޮންނައިރު، ގަޑިއަކު ފަސް ފަހަރު ނުވަތަ އެއަަށްވުރެ ގިނައިން، ނޭވާ ހުއްޓި ނިދިން ހޭލެވޭ މައްސަލަ ކަމަށްވާ ސްލީޕް އަޕްނިއާ ހުންނަ މީހުން ވެސް ދިރާސާގައި ބައިވެރިކުރި އެވެ.
މީގެ އިތުރުން މާބޮޑަށް ފަލަވުމާއި ޓައިޕް 2 ޑައެބެޓީސް ހުންނަ މީހުންގެ ނިންޖާއި ހިތުގެ ބަލިތަކާ ހުރި ގުޅުން ވެސް ބެލި އެވެ.
ދިރާސާ ޓީމުން ބުނި ގޮތުގައި އިންސޯމިއާ އާއި އަޕްނިއާ އަކީ ހިތުގެ މައްސަލަތަކަށް އެންމެ ބޮޑަށް މަގު ފަހިކުރުވާ، ނިންޖާ ގުޅުން ހުރި ދެ މައްސަލަ ކަމަށް ވަނީ ފާހަގަވެފަ އެވެ. އެކަމަކު މި މައްސަލަތަކާ ގުޅިގެން ނިންޖަށް އަންނަ ބަދަލުން ހިތުގެ މައްސަލަތަކަށް މަގު ފަހިވަނީ ކީއްވެ ކަމާއި އެކަމާ ގުޅުން ހުރި ކޮން ގުޅުމެއް ކަމެއް އަދި ނޭނގޭ ކަމަށް ބުނެފައިވެ އެވެ.
ހިތުގެ މައްސަލަތަކަށް މަގު ފަހިކުރުވާ ސަބަބުތަކަށް ނިދީގެ ސަބަބުން އިތުރުވަނީ ކީއްވެގެންތޯ ބެލުމަށް އިތުރު ދިރާސާތައް ކުރަންޖެހޭ ކަމަށް ވެސް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.
ހަމަނިދި ނުލިބޭ ނަމަ ސްޓްރޯކާއި ހާޓްއެޓޭކްގެ ނުރައްކާ
މާ ގިނައިން ނިދައިގެން ވެސް ނުރައްކާ
ރަނގަޅަށް ނުނިދެނީތަ؟ ގޮދަޑީގެ މައްސަލައަކަށް ވެދާނެ
އެންމެ ރެއެއްގެ ނިދި ނުލިބުނަސް ހުރިހާ ކަމެއް ގޯސްވޭ
ނިދި މަދުވާ ނަމަ ހަނދާންނެތޭ ބަލީގެ ނުރައްކާ ބޮޑު
ރަނގަޅަށް ނިދިޔަސް ލޯ ވަރުބަލިވެފައި: ކީއްވެ؟
ހިތަށް ނިދި މުހިންމު، މަދުވެގެން ހަ ގަޑިއިރު ނިދާތި
ކޮފީ ނުބޯން ވަކި ވަގުތެއް އޮވޭތަ؟
ނިދުމުގެ ހަތަރު ގަޑިއިރު ކުރިން ކަސްރަތުކޮށްލާ!
ނިދި މަދުވެއްޖެ ނަމަ ރުޅިގަދަވޭ