21 ޖެނުއަރީ 2019
ހިތުގެ ސިއްހަތަށް ނިދި ވަރަށް މުހިންމު ކަމަށާއި އެންމެ މަދުވެގެން ހަ ގަޑިއިރު ނިދަން ޖެހޭނެ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
ހިތުގެ ސިއްހަތަށް ނިދި ވަރަށް މުހިންމު ކަމަށާއި އެންމެ މަދުވެގެން ހަ ގަޑިއިރު ނިދަން ޖެހޭނެ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
އާ ދިރާސާއިން އެނގުނު ގޮތުގައި އާންމުގޮތެއްގައި ނިދި މަދުވުމަކީ ހިތުގެ ލޭ ހޮޅިތަކުގައި ފެޓް އިތުރުވެ ހޮޅިތަކުން ލޭ ހިނގުމަށް ދަތިވާ ކަމެކެވެ. މިއީ ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމަށް މެދުވެރިވާ ކަމެކެވެ.
"ހިތުގެ ބަލިތަކާ ދެކޮޅަށް، ބޭހާއި ކަސްރަތާއި ރަނގަޅު ކާނާ ވެސް ބޭނުންކުރެވޭނެ. އެކަމަކު މި ދިރާސާއިން އެނގުނީ ނިންޖަކީ ހިތުގެ ބަލިތަކާ ދެކޮޅަށް ހަނގުރާމަކުރުމަށް ވަރަށް މުހިންމު އެއްޗެއްކަން. މިއީ އަހަރެމެން ހަމަ ކޮންމެ ދުވަހަކުހެން ފަރުވާ ކުޑަކޮށްލާ ކަމެއް،" ދިރާސާގައި އިސްކޮށް ހުންނެވި ހޯސޭ އޯޑޮވާސް ވިދާޅުވި އެވެ.
އޯޑޮވާސް އަކީ ސްޕެއިންގެ ނެޝަނަލް ސެންޓަ ފޯ ކާޑިއޮވަސްކިއުލާ ރިސާޗްގެ އިންވެސްޓިގޭޓަރެކެވެ.
މި ދިރާސާކުރުމަށް، ސްޕެއިންގެ 4،000 މީހެއްގެ ލޭ ހޮޅިތަކުގެ އަލްޓްރާސައުންޑް އަދި ސީޓީ ސްކޭންތަކެއް ހެދި އެވެ. ދިރާސާގައި ބައިވެރިކުރި މީހުންގެ އެވްރެޖް އުމުރަކީ 46 އަހަރެވެ. އަދި އެ މީހުންނަކީ ދިރާސާ ފެށިއިރު ހިތުގެ ބައްޔެއް ނެތް މީހުންނެވެ.
ޖާނަލް އޮފް ދި އެމެރިކަން ކޮލެޖް އޮފް ކާޑިއޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނީ ނިދި މަދު މީހުންނަށް ހިތުގެ ބަލީގެ ނުރައްކާ އިތުރުވި މިންވަރު ބޮޑުކަން އެނގުނު ކަމަށެވެ. ނަމަވެސް މިހެން ދިމާވަނީ ކީއްވެ ކަމެއް މި ދިރާސާގައި ބަލާފައި ނުވާ ކަމަށް ބުންޏެވެ.
ދިރާސާ ޓީމުން ފާހަގަކުރި ގޮތުގައި މަދުން ނިދާ މީހުން، ގިނައިން ކެފެއިން ހުންނަ އެއްޗެހި ބޭނުންކުރުން ގިނަ އެވެ. މިއީ އިތުރަށް ނިދި މަދުވާނެ ސަބަބަކަށް ވެދާނެކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އަންހެނުންނަށް ނިދި މަދުވާ ނަމަ ކަށި ފީވުން އަވަސްވޭ
ހަމަނިދި ނުލިބޭ ނަމަ ސްޓްރޯކާއި ހާޓްއެޓޭކްގެ ނުރައްކާ
ނުނިދިފައި ނޯވެ ކޮންމެވެސް ކަމެއް ކޮށްލާ!
ޝިފްޓް ޑިއުޓީން ހިތުގެ ބަލީގެ ނުރައްކާ ބޮޑުވޭ
40 "ޕުޝް-އަޕް" ހެދެންޏާ ހިތް ރަނގަޅު؟
ކޮންމެ ދުވަހަކު ބިހެއް ކެއުމުން ބޮޑު ފައިދާއެއް
ނިދަންވީ ކިހާ ވަރަކަށް؟
ދުވާލު އިރުކޮޅަކު ނިދާލާ، ހަނދާން ގަދަވާނެ
މާ ގިނައިން ނިދައިގެން ވެސް ނުރައްކާ
ހިތުގެބަލީގެ އަންހެނުންނަށް އަންހެން ޑޮކްޓަރުން ރަނގަޅު