13 އޮކްޓޯބަރ 2019
ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 750 އަށް ވުރެ ގިނަ އުޅަނދުގައި މިދިޔަ ހަފްތާ ޓްރެފިކް ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 750 އަށް ވުރެ ގިނަ އުޅަނދުގައި މިދިޔަ ހަފްތާ ޓްރެފިކް ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޓްރެފިކް ފުލުހުން އަންނަނީ ކޮންމެ ހަފްތާ އަކު ވެސް އެތަނުން ކުރި މަސައްކަތުގެ ތަފާސްހިސާބުތައް އާންމުކުރަމުންނެވެ. މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މިދިޔަ ހުކުރު ދުވަހާ ހަމައަށް 759 އުޅަނދުގައި ސްޓިކާ ޖަހާފައިވާ ކަން އެތަނުން މިއަދު އާންމު ކުރި ހިސާބުތަކުން ދައްކަ އެވެ. ގަވާއިދާ ހިލާފަށް ޕާކު ކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ ދެވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ. އެހެންވެ ޖޫރިމަނާގެ ގޮތުގައި ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ބެލެވެ އެވެ.
Traffic Management Department's Weekly Statistics from 5th of October 2019 to 11th of October 2019 pic.twitter.com/Coxm6VFxjz
— Maldives Police (@PoliceMv) October 13, 2019
ފުލުހުން މިއަދު ކުރި ޓްވީޓެއް
އޭގެ ކުރީ ހަފްތާގައި ފުލުހުން ސްޓިކާ ޖަހާފައި ވަނީ 458 އުޅަނދެއްގަ އެވެ. އެ ހަފްތާގައި ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބޭނެ އެވެ.
ފުލުހުންގެ ހިސާބުތަކުން ދައްކާ ގޮތުގައި އެތަނުން 1169 އުޅަނދު މިދިޔަ ހަފްތާ ބަލާ ފާސްކުރި އެވެ. އަދި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 144 އުޅަނދެއް އެތަނުން ވަނީ ޓޯ ކޮށްފަ އެވެ.
މިދިޔަ ހަފްތާ 58 އެކްސިޑެންޓު ހިނގި ކަމަށް ވެސް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓުތަކުގައި އަނިޔާވެފައި ވަނީ 11 މީހުންނަށެވެ. އޭގެ ކުރީ ހަފްތާގެ ހިނގާފައި ވަނީ 44 އެކްސިޑެންޓެކެވެ.
ލައިސެންސް ނެތް 130 މީހަކާއި ލައިސެންސް ކާޑު ނުލާ ދުއްވި 63 މީހަކު ވެސް ފުލުހުން ވަނީ މިދިޔަ ހަފްތާ ހިފަހައްޓާފަ އެވެ. އަދި އެކި އެކްސިޑެންޓުތަކާ ގުޅިގެން ނުވަ މީހެއްގެ ލައިސެންސް ކާޑު ހިފެހެއްޓި ކަމަށް ވެސް އެތަނުން ބުންޏެވެ.
މި ކަންކަމުގެ އިތުރުން، ހެލްމެޓް ނާޅާ ދުއްވުމާއި ފޯނު ނުވަތަ ހެޑް ސެޓް ޖަހައިގެން ދުއްވުމާއި ގަވާއިދާ ހިލާފަށް ވެހިކަލްތަކުގައި މުދާ އުފުލުމުގެ މައްސަލަތަކާއި ގަވާއިދާ ހިލާފަށް ޓެކްސީ ދުއްވުމުގެ ބައެއް މައްސަލަތައް ވެސް މިދިޔަ ހަފުތާގައި ފާހަގަކުރެވެ އެވެ.
ނުގަވައިދުން ޕާކްކުރާ އުޅަނދުތައް ޓޯކުރަން ފަށައިފި
ބަރުގޮނު އަޅާ ނަމަ ލައިޓްގައި ގިނައިރުވާ އަދަބެއް ދެނީ
މާލެ އަށް ސަޅީ ހަރުކަށިވުން!
ސްޓިކާ ޖެހުމުގައި ހަމައެއް ލަމައެއް ނެތް؟
ކޮންމެ ފަސް މިނިޓަކުން ފުލުހަކާ ދިމާވާނެ ގޮތް ހަދަނީ
ޓްރެފިކް ފުލުހުންގެ މަސައްކަތް އާންމުކުރަން ފަށައިފި
ޓްރެފިކް ޕޮލިސް: ބޮކި ދިއްލެނީ ފާލުން ނެއްޓުނީމަތަ!
މާލޭގައި ބަރު ވެހިކަލް ނުދުއްވަން އެދިއްޖެ
ރަޖިސްޓްރީނުކޮށް މަގުމަތީގައި ހުންނަ ވެހިކަލްތައް ނަގަނީ
ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓު އަލުން އުފައްދައިފި