ނެޓްފްލިކްސް އިން ސްޓްރީމްކުރި ވެބް ސީރީޒް "ސެކްރެޑް ގޭމްސް" ފުރަތަމަ ސީޒަން ވަރަށް ފުރިހަމަ ނަމަވެސް ދެވަނަ ސީޒަން އެއްގޮތަކަށް ވެސް ކަމުނުދާ ކަމަށް، ދެ ސީޒަނުގައި ވެސް ލީޑް ރޯލް ކުޅުނު ސައިފް އަލީ ޚާން ބުނެފި އެވެ.
12 އޮކްޓޯބަރ 2019
ނެޓްފްލިކްސް އިން ސްޓްރީމްކުރި ވެބް ސީރީޒް "ސެކްރެޑް ގޭމްސް" ފުރަތަމަ ސީޒަން ވަރަށް ފުރިހަމަ ނަމަވެސް ދެވަނަ ސީޒަން އެއްގޮތަކަށް ވެސް ކަމުނުދާ ކަމަށް، ދެ ސީޒަނުގައި ވެސް ލީޑް ރޯލް ކުޅުނު ސައިފް އަލީ ޚާން ބުނެފި އެވެ.
މިޑް-ޑޭ އަށް ދިން އިންޓަވިއެއްގައި އޭނާ ބުނީ އަނޫރާގް ކެޝަޕާއި ވިކަރްމަދިޔާ މޮޓްވާނޭގެ އިތުރުން ނީރަޖް ގިވަން ޑައިރެކްޓްކުރި ސީރީޒްގެ ފުރަތަމަ ސީޒަނަކީ މިހާތަނަށް ސީރީޒަކުން ފެނުނު އެންމެ ވަރުގަދަ މަސައްކަތް ކަމަށެވެ. އެގޮތުން ފުރަތަމަ ސީޒަނުގެ ވާހަކަ ގެނެސްދީފައި އޮތްގޮތާއި އޭގެ ތަރިންގެ އެކްޓިން ވެސް ވަރަށް މޮޅު ކަމަށް ސައިފް ބުންޏެވެ.
ނުބައިބައި ރޯލް ކުޅުނު ނަވާޒުއްދީން ސިއްދީގީ އާއި އޭނާގެ ލޯބިވެރިޔާ ކުބްރާ ސައިތު ވަރަށް މޮޅު އެކްޓިންއެއް ދެއްކި ކަމަށް ބުންޏެވެ. ވަރަށް ގިނަ ބެލުންތެރިންނާއި ކްރިޓިކުން ވެސް "ސެކްރެޑް ގޭމްސް" ގެ ފުރަތަމަ ސީޒަނަށް ތައުރީފު އޮއްސާލާފައިވެ އެވެ. ކްރިޓިކުން ބުނެފައިވާ ގޮތުގައި ނަވާޒުއްދީން ކުޅުނު ގަނޭޝް ގައިކޮންޑޭގެ ކެރެކްޓާއަކީ މި ފަހުން އިންޑިއާގެ އުފެއްދުމަކުން ފެނުނު އެންމެ ނުރައްކާތެރި ވިލަންގެ ކެރެކްޓާ އެވެ.
"އެކަމަކު މި ސީރީޒްގެ ދެވަނަ ސީޒަން ފުރަތަމަ ސީޒަނާ ގާތްކުރާ ވަރެއް ވެސް ނުވޭ. ހަމަގައިމު ވެސް އަހަންނަކަށް އެއްގޮތަކަށް ވެސް ދެވަނަ ސީޒަން ކަމަކުނުދޭ،" މި މަހުގެ 18 ގައި ރިލީޒްކުރާ "ލާލް ކަޕްތާން" ގެ ބަތަލު ބުންޏެވެ.
ސީރީޒްގައި ފަގުޑި އަޅައިގެން ހުންނަ ފުލުހެއްގެ ރޯލް ކުޅުނު ސައިފް ބުނިގޮތުގައި ފުރަތަމަ ސީޒަނަށް ފަހު، ސެކްރެޑް ގޭމްސް" ގެ ދެވަނަ ސީޒަން ބެލި ވަރަށް ގިނަ ބަޔަކު ވެސް އޭނާ ކައިރީ އެ ވާހަކަ ދައްކާފައިވެ އެވެ.
"މީގެ އެންމެ ބޮޑު އެއް މައްސަލައަކީ ކްލައިމެކްސް ވެސް ގެނެސްދީފައި އޮޮތްގޮތް. ވަރަށް ބަލިކަށިކޮށް ހަގީގަތުގައި ސީރީޒް ނިންމާލާފައި އޮތީ،" ސައިފް ބުންޏެވެ.
"ސެކްރެޑް ގޭމްސް" ގެ ދެ ސީޒަނުގައި ޖުމްލަ 16 އެޕިސޯޑް ގެނެސްދިނެވެ. އެއީ ކޮންމެ ސީޒަނެއްގައި 8 އެޕިސޯޑެވެ. ފުރަތަމަ ސީޒަން މިދިޔަ އަހަރު ގެނެސްދިނުމަށް ފަހު، ދެވަނަ ސީޒަން ގެނެސްދިނީ މިދިޔަ އޮގަސްޓް މަހު އެވެ.
"ސެކްރެޑް ގޭމްސް" އަށް ފަހު މިހާރު ވެސް ސައިފްގެ އަތުގައި އެހެން ވެބް ސީރީޒެއް އެބައޮތެވެ. އެއީ އަލީ އައްބާސް ޒަފަރުގެ "ތަންޑަވް" އެވެ. އޭގައި ސައިފް ފެންނާނީ ބޮޑުވަޒީރަކަށް ވާން މަސައްކަތްކުރާ ސިޔާސީ ލީޑަރެއްގެ ރޯލުންނެވެ.
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
ޝާހްރުކް ޚާންގެ ވެބް ސީރީޒެއްގެ އިޝާރާތެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސަލްމާންގެ އަންތިމް އާއި އަޖޭގެ މައިދާން ޑިޖިޓަލްކޮށް؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޕަރްވީން ބާބީގެ ރޯލު ކުޅެން ތުރިޕްތީ ހަމަޖައްސައިފި
"ޕުޝްޕާ 2" ނެޓްފްލިކްސަށް އަންނަނީ
ނެޓްފްލިކްސްގެ ފީތައް އަނެއްކާވެސް ބޮޑުކުރަނީ