ބޮލީވުޑްގެ ވަރަށް ގިނަ ތަރިންގެ އުފެއްދުންތައް ސްޓްރީމިން ޕްލެޓްފޯމްތަކުން ގެނެސްދެމުން އަންނަ އިރު، މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން ވެސް އެފަދަ އުފެއްދުމަށް ތައްޔާރުވަމުން އަންނަކަމުގެ އިޝާރާތެއް ދީފި އެވެ.
13 ސެޕްޓެމްބަރ 2021
ބޮލީވުޑްގެ ވަރަށް ގިނަ ތަރިންގެ އުފެއްދުންތައް ސްޓްރީމިން ޕްލެޓްފޯމްތަކުން ގެނެސްދެމުން އަންނަ އިރު، މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން ވެސް އެފަދަ އުފެއްދުމަށް ތައްޔާރުވަމުން އަންނަކަމުގެ އިޝާރާތެއް ދީފި އެވެ.
އޭނާ ވެސް ޑިޖިޓަލް ކޮންޓެންޓަކުން ފެނިދާނެކަމުގެ ސިގްނަލް ދީފައި ވަނީ އިންޑިއާގައި މިހާރު އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ޑިޒްނީ ޕްލަސް ހޮޓްސްޓާގެ އިޝްތިހާރެއްގަ އެވެ. އޭގައި ފެންނަނީ ޝާހްރުކް ރައްޓެއްސަކާ އެކު، އޭނާގެ ގެ، މަންނަތުގެ ބެލްކަނީގައި ހުރެގެން ފޭނުންނަށް ހަނާ އަޅަމުންދާ ތަނެވެ. އަދި އެކުވެރިޔާއާ ދެކެވޭ ވާހަތަކުގެ ތެރޭގައި މިހާރު އަކްޝޭ ކުމާރާއި އަޖޭ ދޭވްގަން އާއި ސައިފް އަލީ ޚާން ފަދަ ތަރިންގެ އުދެއްދުންތައް ސްޓްރީމިން ޕްލެޓްފޯމްތަކުން ފެންނަ ކަމަށް ބުނެ އެވެ. އެއާ ވިއްދައިގެން ޝާހްރުކް އަހަނީ ނުފެންނަނީ ކާކުތޯ އެވެ؟ ޖަވާބުގައި އެކުވެރިޔާ ބުނަނީ ޝާހްރުކް ކަމަށެވެ.
ކަރަން ޖޯހަރް އެ ޓްވީޓް ހިއްސާކުރުމުން އެ ރިޓްވީޓްކޮށް ޝާހުރުކް ބުނީ "ބޮޑު މަންޒަރު އަދި ކުރިއަށް އޮތީ" ކަމަށެވެ. އެ ވާހަކަ ގިނަ ބަޔަކު މާނަކުރީ އޭނާ ވެސް ދެން މާ ލަސްތަކެއް ނުވެ ވެބް ކޮންޓެންޓަކުން ފެނިދާނެ ކަމަށް ދިން އިޝާރާތެއްގެ ގޮތުގަ އެވެ.
Hmmmm….Picture toh abhi baaki hai….mere doston… #SiwaySRK https://t.co/YhtnTrIHK1
— Shah Rukh Khan (@iamsrk) September 11, 2021
ޑިޒްނީ ޕްލަސް ހޮޓްސްޓާ އަކީ މި ފަހުން ބޮލީވުޑްގެ ބޮޑެތި ފިލްމުތައް ޕްރީމިއާކުރަމުން އަންނަ ޕްލެޓްފޯމެކެވެ. މީގައި އެންމެ ފަހުން ޕްރީމިއާކުރި ބޮޑު ފިލްމަކީ ހުކުރު ދުވަހު ސައިފްގެ "ބޫތު ޕޮލިސް" އެވެ. އަދި މިދިޔަ މަހުގެ 13 ގައި އަޖޭ އާއި ސަންޖޭގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ޕްރީމިއާކޮށްފައިވާ އިރު، މިދިޔަ އަހަރު އަކްޝޭގެ "ލަކްޝްމީ" ވެސް އެ ޕްލެޓްފޯމުން ޕްރީމިއާކުރި އެވެ.
އަޖޭ މިހާރު އަންނަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް "ރުދުރާ: ދި އެޖް އޮފް ޑާކްނެސް" ކިޔާ ވެބް ސީރީޒެއްގެ މަސައްކަތް ވެސް ކުރަމުންނެވެ ރިޕޯޓްތައް ބުނާ ގޮތުން ރިތިކް ރޯޝަންގެ އަލަތު ވެބް ސީރީޒް "ދަ ނައިޓް މެނޭޖާ" އަކީ ވެސް އެ ޕްލެޓްފޯމްގެ އެއްޗެކެވެ.
#SiwaySRK everyone loves this. https://t.co/DSNtyxQWHx
— Disney+ Hotstar (@DisneyPlusHS) September 11, 2021
މިދިޔަ އަހަރު ސުޝްމިތާ ސެންގެ ވެބް ސީރީޒް "އާރިއާ" ގެނެސްދިނީ ވެސް ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ.
މީގެ ތިން އަހަރު ކުރިން ރިލީޒްކުރި "ޒީރޯ" އަށް ފަހު ޝާހްރުކް މިހާރު އަންނަނީ ދެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެއީ ޑައިރެކްޓަރު ސިދާތު އާނަންދުގެ "ޕަތާން" އާއި އެޓްލީގެ "ޖަވާން" އެވެ. އަދި ވަރަށް އަވަހަށް އޭނާ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމެއްގެ މަސައްކަތް ވެސް ފަށާނެ އެވެ.
ޑިޒްނީ ޕްލަސް ހޮޓްސްޓާގެ އުފެއްދުމަކުން ފެނިދާނެކަމުގެ އިޝާރާތެއް ޝާހްރުކް ދިން އިރު، އޭނާ އަކީ ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމް ޕްލެޓްފޯމް، ނެޓްފްލިކްސްގެ އިންޑިއާގެ ޕާޓްނަރެކެވެ. ޝާހްރުކްގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި ނެޓްފްލިކްސް ގުޅިގެން ވެބް ސީރީޒްތަކާއި ވެބް ފިލްމުތަކެއް ވެސް ގެނެސްދީފައިވާ އިރު، އެފަދަ އިތުރު ޕްރޮޖެކްޓްތަކެއްގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
މި އަހަރު ވެބް ސީރީޒްތަކުން ފެންނާނެ ތަރިން
"އަތުރަންގީ-ރޭ" ގައި ސާރާ ވަރަށް މޮޅު