ބޮލީވުޑްގެ ވަރަށް ގިނަ ތަރިންނަކީ މިހާރު ޑިޖިޓަލް ކޮންޓެންޓްތަކުން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފާ ބައެކެވެ. މިހާތަނަށް ވެސް މަޝްހޫރު ބައެއް ތަރިން ވެބް ސީރީޒްތަކާއި ވެބް ފިލްމުތަކެއް ވެސް ކުޅެފައިވެ އެވެ.
18 ޖެނުއަރީ 2022
ބޮލީވުޑްގެ ވަރަށް ގިނަ ތަރިންނަކީ މިހާރު ޑިޖިޓަލް ކޮންޓެންޓްތަކުން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފާ ބައެކެވެ. މިހާތަނަށް ވެސް މަޝްހޫރު ބައެއް ތަރިން ވެބް ސީރީޒްތަކާއި ވެބް ފިލްމުތަކެއް ވެސް ކުޅެފައިވެ އެވެ.
މި އަހަރު ވެސް މަޝްހޫރު ގިނަ ތަރިންތަކެއްގެ ފިލްމާއި ސީރީޒްތައް އެކިއެކި ސްޓްރީމިން ޕްލެޓްފޯމްތަކަށް އަންނާނެ އެވެ. އޭގެ ތެރެއިން މި ގެނެސްދެނީ އެންމެ ފާހަގަކޮށްލެވޭ ބައެއް އުފެއްދުންތަކުގެ ވާހަކަ އެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން ތައްގަނޑުގައި ގެނެސްދޭ "ފައިންޑިން އަނާމިކާ" އަކީ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ މަދޫރީ ދިކްޝިތުގެ އަލަތު ވެބް ސީރީޒެވެ. ނެޓްފްލިކްސް އިން ގެނެސްދޭން ހަމަޖެހިފައިވާ މި ސީރީޒްގައި މަޝްހޫރު ބަތަލާ އަކު ކުއްލިއަކަށް ގެއްލުމުން އޭނާގެ އާއިލާ އަށް ދިމާވާ ކަންކަމާއި އޭނާ ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ޝައުގުވެރި އެތައް ހާދިސާތަކެއް ފެންނާނެ އެވެ.
ސްޓްރީމްކުރާނެ ތާރީހެއް އަދި ހާމަނުކުރާ "ފައިންޑިން އަނާމިކާ" އަކީ ދަރުމާ އާއި ފަރުހާން އަޚްތަރުގެ އެކްސެލް އެންޓަޓައިންމަންޓް ގުޅިގެން 2016 ގައި ގެނެސްދިން ފިލްމު "ބާރު ބާރު ދޭކޯ" ގެ ވާހަކަ/ސްކްރީން ޕްލޭގައި ހިއްސާވި ސްރީ ރާއޯގެ މޭސްތިރިކަމުގެ ދަށުން ގެނެސްދޭ އެއްޗެކެވެ. މީގެ ސްކްރީން ޕްލޭ ލިޔުނީ އޭނާ އާއި ނިޝާ މެހެތާ އެވެ.
"ފައިންޑިން އަނާމިކާ" ގެ ކާސްޓްގައި ސަންޖޭ ކަޕޫރާއި މާނަވް ކޯލް އާއި ލަކްޝްވީރު ސަރަން އާއި ސުހާސިނީ މުލޭ އަދި މުސްކާން ޖެފްރީ ހިމެނެ އެވެ.
މަދޫރީ އެންމެ ފަހުން ފެނިފައި ވަނީ ދަރުމާގެ 2019 ގެ ފިލްމު "ކަލަންކް" އިންނެވެ.
ބޮލީވުޑްގެ އެންމެ ބިޒީ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަޖޭ ދޭވްގަން ވެސް މި އަހަރު ވެބް ސީރީޒަކުން ފެންނާނެ އެވެ. އެއީ މިދިޔަ އަހަރު އިއުލާންކުރި "ރުދުރާ: ދި އެޖް ޑާކްނެސް" އެވެ. މިއީ ބީބީސީން ހޮލީވުޑްގެ ތަރި އިދްރިސް އެލްބާއާ އެކު ގެނެސްދިން "ލޫތާ" އަށް ބިނާކޮށް ގެނެސްދޭ އެއްޗެކެވެ.
"ރުދުރާ" ގެ ކާސްޓްގައި ކުރީގެ ބަތަލާ އިޝާ ޑިއޯލް އާއި ދެކުނުގެ ބަތަލާ ރާޝީ ކަންނާ ވެސް ހިމެނެ އެވެ. ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ހަދާ މި ސީރީޒްގެ ޑައިރެކްޓަރަކީ އިންޑިއާ އިން 2017 ގެ އޮސްކާ އެވޯޑްސް އަށް ފޮނުވި ފިލްމު "ނިއުޓަން" ގެ ޑައިރެކްޓަރު ރާޖޭޝް މަޕުސްކަރެވެ.
މި އަހަރު ރިލީޒްވާން ހުރި އަޖޭގެ ފިލްމުތަކުގެ ތެރޭގައި "އާރްއާރްއާރް"، "ގަންގޫބާއީ ކަތިއަވާޅީ"، "ރަންވޭ"، "މައިދާން" އަދި "ތޭންކް ގޯޑް" ހިމެނެ އެވެ.
މި އަހަރަކީ ޝާހިދު ކަޕޫރް ވެސް ވެބް ސީރީޒަކުން ފެންނާނެ އަހަރެކެވެ. އޭނަގެ ސީރީޒަކީ މިހާރު އެއްކޮށްހެން ޝޫޓިން ވެސް ނިމިފައި އޮތް އެމެޒޯން ޕްރައިމް ވީޑިއޯގެ "ފޭކްސް" އެވެ. އެކްޝަން ޖޯންރާގެ މި ސީރީޒަކީ އެމެޒޯންގެ "ދަ ފެމިލީ މޭން" ވެސް ގެނެސްދިން ރާޖް އެންޑް ޑީކޭގެ ޑައިރެކްޝަނެކެވެ.
ސްޓްރީމްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ "ފޭކްސް" ގެ ކާސްޓްގައި ދެކުނުގެ ތަރިން ކަމަށްވާ ވިޖޭ ސެތުޕަތީ އާއި ރާޝީ އާއި ރެޖީނާ ކެންސަންޑްރާގެ އިތުރުން ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ނަވާޒުއްދީން ސިއްދީގީ އާއި ކޭ ކޭ މެނަން އާއި އަމޯލް ޕަލޭކަރް ވެސް ހިމެނެ އެވެ.
މި އަހަރު ރިލީޒްވާން އޮތް ޝާހިދުގެ ފިލްމަކީ ކޮވިޑާ ހެދި ފަސްކޮށްފައި އޮތް "ޖާޒީ" އެވެ.
ބޮލީވުޑުން މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ ބަތަލާ ސޮކާންޝީ ސިންހާގެ އަލަތު ވެބް ސީރީޒަކީ އެމެޒޯން ޕްރައިމް ވީޑިއޯގެ "ފޯލެން" އެވެ. އޭނާ ފުލުހެއްގެ ރޯލު ކުޅެފައިވާ މި ސީރީޒަކީ "ތަލާޝް" އާއި "ގޯލްޑް" ފަދަ ފިލްމުތައް ގެނެސްދިން ރީމާ ކަތުގީގެ އިތުރުން ރޫޗިކާ އޮބެރޯއީގެ ޑައިރެކްޝަނެކެވެ. މީތި ގެނެސްދެނީ އެކްސެލް އެންޓަޓައިންމަންޓްގެ ތައްގަނޑުގަ އެވެ.
"ފޯލެން" ގެ ކާސްޓްގައި ވިޖޭ ވަރުމާ އާއި ސޯހަމް ޝާހް އަދި ގުލްޝަން ދެވިއާ ވެސް ހިމެނެ އެވެ.
މި އަހަރު ރިލީޒްކުރަން ހުރި ސޮނާކްޝީގެ ފިލްމުތަކުގެ ތެރޭގައި "ކަކްޑާ" އާއި "ޑަބަލް އެކްސްއެލް" ހިމެނެ އެވެ.
ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ހަދާ "ދަ ނައިޓް މެނޭޖާ" އަކީ ރިތިކް ރޯޝަން ދޫކޮށްލުމުން އަދިތިޔާ ރޯއި ކަޕޫރަށް ކުޅެން ލިބުނު ސީރީޒެކެވެ. މި ހަފުތާގައި ޝޫޓިން ވެސް ފެށި މި ސީރީޒަކީ ބީބީސީ ވަން އިން 2016 ގައި ގެނެސްދިން ކާމިޔާބު ސީރީޒް "ދަ ނައިޓް މެނޭޖާ" ގެ އިންޑިއާގެ ވާޝެނެވެ. ސޫޒަން ބިއާ ޑައިރެކްޓްކުރި އެ ސީރީޒަކީ ޓޮމް ހިޑެލްސްޓަނާއި އޮލީވިއާ ކޮލްމަން އާއި އެލިޒަބަތު ޑެބީކީ ފަދަ ތަރިން ފެނިގެން ދިޔަ ހަ އެޕިސޯޑްގެ އެއްޗެވެ.
ނަމަވެސް މީގެ އިންޑިއާގެ ވާޝަނާ ބެހޭ އެއްވެސް މައުލޫމާތެއް އޭގެ ޓީމުން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އަދިތިޔާގެ މި އަހަރަށް އޮތް ފިލްމަކީ ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ "އޯމް: ދަ ބެޓްލް ވިތިން" އެވެ.
މަދޫރީގެ ވެބް ސީރީޒްގެ ޓީޒާއެއް ދައްކާލައިފި
މަދޫރީ އާއި ރޭކާ 20 އަހަރަށް ފަހު އެކީގައި؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
މަދޫރީގެ ސީރިޒަށް އާ ނަމެއް، ޕްރީމިއާ އަންނަ މަހު
މަނީޝާ 26 އަހަރު ފަހުން ބަންސާލީއާ އެކު
ބަންސާލީގެ "ހީރާމަންޑީ" މުމްތާޒް ގަބޫލެއް ނުކުރި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް