Roadha Mihaaru
މަދޫރީގެ ސީރިޒަށް އާ ނަމެއް، ޕްރީމިއާ އަންނަ މަހު

މަދޫރީގެ ސީރިޒަށް އާ ނަމެއް، ޕްރީމިއާ އަންނަ މަހު

28 ޖެނުއަރީ 2022

"ފައިންޑިން އަނާމިކާ" ގެ ނަމުގައި ކުރިން ޓީޒާއެއް ވެސް ދައްކާލާފައިވާ ބޮލީވުޑްގެ ބަތަލާ މަދޫރީ ޑިކްޝިތުގެ އަލަތު ވެބް ސީރީޒްގެ ނަން ބަދަލުކޮށް، އެ ޕްރީމިއާކުރާ ތާރީހު އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ފައިންޑިން އަނާމިކާ" ގެ ނަމުގައި ކުރިން ޓީޒާއެއް ވެސް ދައްކާލާފައިވާ ބޮލީވުޑްގެ ބަތަލާ މަދޫރީ ޑިކްޝިތުގެ އަލަތު ވެބް ސީރީޒްގެ ނަން ބަދަލުކޮށް، އެ ޕްރީމިއާކުރާ ތާރީހު އިއުލާންކޮށްފި އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ނެޓްފްލިކްސް ގުޅިގެން ހަދާފައިވާ ސީރީޒް އަންނަ މަހުގެ 25 ގައި ޕްރީމިއާކުރާ އިރު، ނަމަކަށް މިހާރު ހަމަޖައްސާފައި އޮތީ "ދަ ފޭމް ގޭމް" އެވެ. މިއީ މަޝްހޫރު ފިލްމީ ބަތަލާއަކު ކުއްލި ގޮތަކަށް ގެއްލުމުން އޭނާގެ އާއިލާ އަށް ދިމާވާ ކަންކަމާއި އޭނާ ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ޝައުގުވެރި އެތައް ހާދިސާތަކެއް ފެނިގެން ދާނެ އެއްޗެކެވެ.

"ދަ ފޭމް ގޭމް" އަކީ ދަރުމާ އާއި ފަރުހާން އަޚްތަރުގެ އެކްސެލް އެންޓަޓައިންމަންޓް ގުޅިގެން 2016 ގައި ގެނެސްދިން ފިލްމު "ބާރު ބާރު ދޭކޯ" ގެ ވާހަކަ/ސްކްރީން ޕްލޭގައި ހިއްސާވި ސްރީ ރާއޯގެ މޭސްތިރިކަމުގެ ދަށުން ހަދާފައިވާ އެއްޗެކެވެ. މީގެ ސްކްރީން ޕްލޭ ލިޔުނީ އޭނާ އާއި ނިޝާ މެހެތާ އެވެ.

"ދަ ފޭމް ގޭމް" ގެ ކާސްޓްގައި ސަންޖޭ ކަޕޫރާއި މާނަވް ކޯލް އާއި ލަކްޝްވީރު ސަރަން އާއި ސުހާސިނީ މުލޭ އަދި މުސްކާން ޖެފްރީ ހިމެނެ އެވެ.

މީގެ ތިން އަހަރު ކުރިން އިއުލާންކުރި ސީރީޒް އަންނަ މަހުގެ ތެރޭގައި ބެލުންތެރިންނަށް ގެނެސްދޭ އިރު މަދޫރީ، 54، އެންމެ ފަހުން ފެނިފައި ވަނީ ވެސް ދަރުމާގެ ފިލްމަކުންނެވެ. އެއީ ބޮޑު ކާސްޓެއް ހިމެނުނު އެކަމަކު ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ނުލިބުނު "ކަލަންކް" އެވެ.

ދަރުމާ އިން މި އަހަރު ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމަކީ އަންނަ މަހުގެ 11 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ދީޕިކާ ޕަދުކޯންގެ "ގެހެރިޔާ" އެވެ.