16 ޖުލައި 2021
ޑައިރެކްޓަރު ރާމް މަދުވާނީ އާއި ސޮނީ ޕިކްޗާޒް ފިލްމްސް އިންޑިއާ ގުޅިގެން "ޑައިވް" ގެ ނަމުގައި ވަރުގަދަ އަންޑަވޯޓަ ތުރިލާއެއް ގެނެސްދޭން ނިންމައިފި އެވެ.
ޑައިރެކްޓަރު ރާމް މަދުވާނީ އާއި ސޮނީ ޕިކްޗާޒް ފިލްމްސް އިންޑިއާ ގުޅިގެން "ޑައިވް" ގެ ނަމުގައި ވަރުގަދަ އަންޑަވޯޓަ ތުރިލާއެއް ގެނެސްދޭން ނިންމައިފި އެވެ.
މިކަން އިއުލާންކޮށް ނެރުނު ބަޔާނުގައި ބުނީ ފިލްމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށާއި އެ ޑައިރެކްޓްކުރާނީ މިހާތަނަށް ގިނަ ޓީވީ އިޝްތިހާރުތަކެއް ހަދާފައިވާ ނިތިން ޕަރްމަރް ކަމަށެވެ. "ޑައިވް" ގެ ކާސްޓުން އަދި އިއުލާނެއް ނުކުރެ އެވެ.
މަދުވާނީ ޕްރޮޑިއުސަރެއްގެ ގޮތުގައި "ޑައިވް" ގެނެސްދޭ އިރު އޭނާ އަކީ ސޯނަމް ކަޕޫރްގެ 2016 ގެ ކާމިޔާބު ފިލްމު "ނީރްޖާ" އާއި ސުޝްމިތާ ސެން މިދިޔަ އަހަރު ފެނިގެން ދިޔަ ވެބް ސީރީޒް "އާރިއާ" ގެ ޑައިރެކްޓަރެވެ.
އެ ސީރީޒްގެ ދެވަނަ ސީޒަންގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ އިރު، މަދުވާނީގެ ކުރިއަށް އޮތް ފިލްމަކީ ކާތިކް އާރިޔަނާ އެކު ގެނެސްދޭ "ދަމާކާ" އެވެ.
މިހާރު ބޮލީވުޑްގެ އެންމެ ހުނަރުވެރި ބަތަލާއިން ތެރޭގައި ހިމެނޭ ތާޕްސީ ޕައްނޫ ވެސް ފިލްމު ކުންފުންޏެއް ހަދައި، ފިލްމު ޕްރޮޑިއުސްކުރަން ތައްޔާރުވެއްޖެ އެވެ.
ދާދި ފަހުން ނެޓްފްލިކްސް އިން ޕްރީމިއާކުރި "ހަސީން ދިލްރުބާ" ގެ ބަތަލާގެ ފިލްމު ކުންފުނީގެ ނަމަކީ އައުޓްސައިޑާސް ފިލްމްސް އެވެ. އެ ކުންފުންޏާއި ޕްރަންޖަލް ކަންދިޔާ މިހާރު އަންނަނީ ތުރިލާ ފިލްމެއްގެ މަސައްކަތް ފެށުމަށް ވެސް ތައްޔާރުވަމުންނެވެ.
އެކަމަކު ފުރަތަމަ ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.
ތާޕްސީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޝަބާޝް މިތޫ" އާއި "ރާޝްމީ ރޮކެޓް" އާއި "ލޫޕް ލަޕޭޓާ" އާއި "ދުބާރާ" އާއި "ވޯ ލަޅުކީ ކޭ ހޭ ކަހާ" އަދި ތެލެގޫ ފިލްމު "މިޝަން އިމްޕޮސިބަލް" ހިމެނެ އެވެ.
ކަރަން ޖޯހަރް 2012 ގައި ގެނެސްދިން "ސްޓޫޑަންޓް އޮފް ދި އިޔާ" ގައި ރޯލެއް ކުޅުނު ކަޔޯޒް އިރާނީ ޑައިރެކްޝަނަށް ނުކުމެފައިވާ އިރު އޭނާގެ ފުރަތަމަ ފީޗާ ފިލްމުގެ ބަތަލާގެ ރޯލު ޖާންވީ ކަޕޫރަށް ހުށަހަޅައިފި އެވެ.
މީޑިއާތަކުން ބުނި ގޮތުގައި މަޝްހޫރު އެކްޓަރު ބޮމަން އިރާނީގެ ދަރިފުޅުގެ ފީޗާ ފިިލްމަކީ ކަރަންގެ ދަރުމާ އިން ހަދާ އެއްޗެކެވެ. އެ ސްޓޫޑިއޯ އާއި ނެޓްފްލިކްސް ގުޅިގެން ދާދި ފަހުން ގެނެެސްދިން އެންތޮލޮޖީ ފިލްމު "އަޖީބު ދާންތާންސް" ގެ ސެގްމަންޓެއް ވެސް ކަޔޯޒް ޑައިރެކްޓްކޮށްފައިވެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ ޖާންވީއާ އެކު ކަޔޯޒް ހަދާ ފިލްމަކީ ވަރަށް ވަރުގަދަ ރޮމޭންޓިކް ކޮމެޑީއެއް ކަމަށެވެ. އެކަމަކު އަދި ފިލްމާ ބެހޭ އިތުރު ތަފުސީލުތަކެއް ނުލިބެ އެވެ.
އާމިރު ޚާންގެ ފިލްމު "ލާލް ސިންގް ަޗައްޑާ" ގެ މަންޒަރުތަކެއް މިދިޔަ ހަފުތާގައި ލަޑާކްގައި ނަގައި ނިންމައިލި އިރު، ސެޓްގައި އާމިރާއި ދާދި ފަހުން ވަރި އިއުލާންކުރި ކިރަން ރާއޯ އެކީގައި ނަށާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފި އެވެ.
އެ ވީޑިއޯގައި ފެންނަނީ ލަޑާކްގެ ފަރުބަދަމަތީ ސަރަހައްދެއްގައި ރަތް ކުލައިގެ ކޮސްޓިއުމްތަކަކާ އެކު ގިނަ ބަޔަކާ އެކު އެ ދެ މީހުން ނަށާ ތަނެވެ.
ސޯޅަ އަހަރުވީ ކައިވެނި ރޫޅައިލި ނަމަވެސް އާމިރާ ކިރަންގެ މެދުގައި އޮތް ޕްރޮފެޝަނަލް ގުޅުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ބުނެފައިވެ އެވެ.
ކިރަން އަކީ "ލާލް ސިންގް ޗައްޑާ" ގެ އެއް ޕްރޮޑިއުސަރެވެ. އަދި ވަރި އިއުލާންކުރި ފަހުން ވެސް އޭނާ އަންނަނީ އާމިރާ އެކު ފިލްމު ގެ މަސައްކަތުގައި ކުރިއެކޭ އެއްގޮތަށް ބައިވެރިވަމުންނެވެ.
ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންނުކުރާ "ލާލް ސިންގް ޗައްޑާ" އަކީ އަދުވައިތު ޗަންދަން ޑައިރެކްޓްކޮށް، ކަރީނާ ކަޕޫރް ބަތަލާގެ ރޯލުން ފެންނާނެ ފިލްމެކެވެ. މިއީ 1994 ގެ ހޮލީވުޑް ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ އެއްޗެކެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޑެނީގެ ދަރިފުޅުގެ އަލަތު ފިލްމު ނޮވެމްބަރު 12 ގައި
ނެޓްފްލިކްސްގެ "ލަސްޓް ސްޓޯރީޒް" ގެ ދެވަނަ ބައެއް
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކަރަންގެ "ދި އަދަ" ގެ ނަން ބަދަލުކޮށްފި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ރިތިކާއި ކަރީނާ އަލުން އެކީގައި ފެނިދާނެ