ބޮލީވުޑްގެ ބަތަލާ މަދޫރީ ޑިކްސިޓްގެ ފުރަތަމަ ވެބް ސީރީޒްގެ ނަމަކީ "ފައިންޑިން އަނާމިކާ" ކަން ކަށަވަރުވެއްޖެ އެވެ.
05 މާޗް 2021
ބޮލީވުޑްގެ ބަތަލާ މަދޫރީ ޑިކްސިޓްގެ ފުރަތަމަ ވެބް ސީރީޒްގެ ނަމަކީ "ފައިންޑިން އަނާމިކާ" ކަން ކަށަވަރުވެއްޖެ އެވެ.
ދެހާސް ނަވަރާ ވަނަ އަހަރު ކަރަން ޖޯހަރް އިއުލާންކުރި މި ސީރީޒަކީ އޭނާގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންގެ ޑިޖިޓަލް ކޮންޓެންޓަށް ހާއްސަ ގޮފި ދަރުމެޓިކް އެންޓަޓައިންމަންޓުން ހަދާ އެއްޗެކެވެ. ނެޓްފްލިކްސްއާ ގުޅިގެން ހަދާ ސީރީޒްގެ ނަމަކީ "ހިރޮއިން" ކަމަށް ކުރިން އަޑުއަރާފައިވެ އެވެ.
ނަމަވެސް އެ ޕްލެޓްފޯމުން މި އަހަރު ގެނެސްދޭން ނިންމާފައިވާ އިންޑިއާގެ އުފެއްދުންތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމާ އެކު މަދޫރީގެ ސީރީޒްގެ ނަމަކީ "ފައިންޑިން އަނާމިކާ" ކަށަވަރުވެފައިވެ އެވެ. މީގައި ކިޔައިދޭނީ ކައިވެނިކޮށް ދަރިން ވެސް ތިބި މަޝްހޫރު ފިލްމީ ބަތަލާއަކު ވީނުވީއެއް ނޭނގި ކުއްލިއަކަށް ގެއްލުމާ ގުޅިގެން އޭނާ ހޯދަން އާއިލާ އިން ކުރާ މަސައްކަތުގެ ތެރޭގައ ދިމާވާ ހާދިސާތަކެވެ.
"ފައިންޑިން އަނާމިކާ" ގެ ކާސްޓްގައި ސަންޖޭ ކަޕޫރާއި މާނަވް ކޯލް އާއި ލަކްޝްވީރު ސަރަން އާއި ސުހާސިނީ މުލޭ އަދި މުސްކާން ޖެފްރީ ހިމެނެ އެވެ. މީގެ ޝޯ ރަނާ އަކީ ދަރުމާ އާއި ފަރުހާން އަޚްތަރުގެ އެކްސެލް އެންޓަޓައިންމަންޓް ގުޅިގެން 2016 ގައި ގެނެސްދިން ފިލްމު "ބާރު ބާރު ދޭކޯ" ގެ ވާހަކަ އަދި ސްކްރީންޕްލޭގައި ހިއްސާވި ސްރީ ރާއޯ އެވެ. "ފައިންޑިން އަނާމިކާ" ގެ ސްކްރީންޕްލޭ ލިޔުނީ އޭނާ އާއި ނިޝާ މެހެތާ އެވެ.
މި ސީރީޒް ޑައިރެކްޓަރުންނަކީ ބިޖޯއި ނަމްބިއާ އާއި ކަރިޝްމާ ކޯލީ އެވެ.
"ފައިންޑިން އަނާމިކާ" ގެނެސްދޭނެ އިރަކާއި މިއީ ކިތައް އެޕިސޯޑްގެ އެއްޗެއް ކަމެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު މީގެ ވާހަކަ މަދޫރީ އިންސްޓަގްރާމްގައި ހިއްސާކޮށް ބުނެފައި ވަނީ މި ޕްރޮޖެކްޓާ ދޭތެރޭ ވަރަށް އުފަލުން ހުރި ކަމަށެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ މަދޫރީގެ އެންމެ ފަހުގެ ފިލްމަކީ ކަރަންގެ 2019 ގެ "ކަލަންކް" އެވެ. ހުނަރުވެރި ރީތި ބަތަލާ މިހާރު ފެންނާނީ ކަލާޒް ޗެނެލުން ގެނެސްދޭ "ޑާންސް ދީވާނޭ 3" ގެ ޖަޖުންގެ ޕެނަލުންނެވެ.
މި އަހަރު ވެބް ސީރީޒްތަކުން ފެންނާނެ ތަރިން
މަދޫރީގެ ވެބް ސީރީޒްގެ ޓީޒާއެއް ދައްކާލައިފި
ބޮޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަލަތު ވެބް ސީރީޒްގެ ޝޫޓިން އޮތީ ފަށާފައި: މަދޫރީ
މަދޫރީގެ ވެބް ސީރީޒަކީ "ދަ ހިރޮއިން"
މަދޫރީގެ ވެބް ސީރީޒެއް ނެޓްފްލިކްސް އަށް
މަދޫރީގެ ސީރިޒަށް އާ ނަމެއް، ޕްރީމިއާ އަންނަ މަހު
"ސޫރިޔަވަންޝީ" މިހާރު ނެޓްފްލިިކްސްގައި
އާލިއާގެ ރޯލެއް "މީނާކްޝީ ސުންދަރޭޝްވަރް" ގައި
ނެޓްފްލިކްސްގެ "ލަސްޓް ސްޓޯރީޒް" ގެ ދެވަނަ ބައެއް