04 ނޮވެމްބަރ 2021
މާދަމާ ނެޓްފްލިކްސް އިން ޕްރީމިއާ ކުރަން ހަމަޖެހިފައިވާ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "މީނާކްޝީ ސުންދަރޭޝްވަރު" ގައި ބަތަލާ އާލިއާ ބަޓްގެ ވަރަށް ހާއްސަ ރޯލެއް ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މާދަމާ ނެޓްފްލިކްސް އިން ޕްރީމިއާ ކުރަން ހަމަޖެހިފައިވާ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "މީނާކްޝީ ސުންދަރޭޝްވަރު" ގައި ބަތަލާ އާލިއާ ބަޓްގެ ވަރަށް ހާއްސަ ރޯލެއް ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކުރިއަކުން މި ފިލްމުގައި އާލިއާގެ އެއްވެސް ބައިވެރިވުމެއް އޮތްކަމުގެ ވާހަކަތަކެއް ނުދެކެވުނަސް، ފިލްމު ރިލީޒް ކުރަން ކުޑަ ތަންވެފައި ވަނިކޮށް މީޑިއާތަކުން ބުނީ އޭގައި އާލިއާގެ ރޯލަކީ ސްޕެޝަލް އެޕެއަރަންސެއް ނަމަވެސް ވާހަކައިގެ ވަރަށް ހާއްސަ ކެރެކްޓާއެއް ކަމަށެވެ. ދެކުނު އިންޑިއާގެ ޒުވާން ޖޯޑެއްގެ ވާހަކަ ކިޔައިދޭ "މީނާކްޝީ ސުންދަރޭޝްވަރު" ގެ ތަރިންނަކީ ބަތަލާ ބަގިޔާޝްރީގެ ދަރިފުޅު އަބިމަންޔޫ ދައްސާނީ އާއި ސާނިއާ މަލްއުތުރާ އެވެ.
މި ފިލްމު ލިޔެ، ޑައިރެކްޓް ކޮށްފައި ވަނީ އާލިއާގެ "ޝާންދާރު" އާއި "އުޅުތާ ޕަންޖާބު" ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ވިވެކް ސޯނީ އެވެ. ޕިންކްވިލާ އިން ބުނި ގޮތުގައި "މީނާކްޝީ ސުންދަރޭޝްވަރް" އަށް އާލިއާ އެއްބަސްވާން ނިންމީ އޭނާގެ މެންޓޯ ކަރަންގެ ފިލްމަކަށް ވެފައި، ވިވެކްގެ ސްކްރިޕްޓާއި އޭނާގެ މަސައްކަތުގެ ވައްޓަފާޅި ވެސް ވަރަށް ކަމުދާތީ އެވެ.
ދެކުނު އިންޑިއާގެ ވާހަކައެއް ކިޔައިދޭ މި ރޮމޭންޓިކް ކޮމެޑީގައި ބައިވެރިވާން އާލިއާ ނިންމި އިރު، މި ސްޓައިލްގެ އެހެން ފިލްމެއްގައި އޭނާ ކުރިން ވެސް މަސައްކަތްކުރި އެވެ. އެއީ 2014 ގެ "2 ސްޓޭޓްސް" އެވެ.
ބޮލީވުޑްގެ މިހާރު އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ އާލިއާ ކެމިއޯތަކުން ފެނުނު ފިލްމުތަކުގެ ތެރޭގައި ކަރަންގެ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އާއި ޓައިގާ ޝްރޮފްގެ 2019 ގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" ހިމެނެ އެވެ.
އާލިއާގެ އަތުގައި މި ވަގުތު ހުރި ފިލްމުތަކުގެ ތެރޭގައި "ގަންގޫބާއީ ކަތިއަވާޅީ"، "އާރްއާރްއާރް"، "ބުރައްމަސްތުރާ"، ޑާލިންސް"، "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަދި "ޖީ ލޭ ޒަރާ" ހިމެނެ އެވެ.
ބަގިޔާޝްރީގެ ދަރިފުޅުގެ ދެވަނަ ފިލްމު ނޮވެމްބަރުގައި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ސޫރިޔަވަންޝީ" މިހާރު ނެޓްފްލިިކްސްގައި
ނެޓްފްލިކްސްގެ "ލަސްޓް ސްޓޯރީޒް" ގެ ދެވަނަ ބައެއް
ކަރަން އާއި ނެޓްފްލިކްސްގެ އެއްބަަސްވުން ނިމުމަކަށް
"ހީރާމަންޑީ" އަކީ "ޕަކީޒާ" އަކަށް ނުވާނެ: ބަންސާލީ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް