Roadha Mihaaru

ޕަރްވީން ބާބީގެ ރޯލު ކުޅެން ތުރިޕްތީ ހަމަޖައްސައިފި

ބޮލީވުޑްގެ ކުރީގެ އެކްޓްރެސް ޕަރްވީން ބާބީގެ ހަޔާތަށް ބިނާކޮށް ނެޓްފްލިކްސް އިން ގެނެސްދޭ ސީރީޒެއްގައި އޭނާގެ ރޯލު ކުޅުމަށް ތުރިޕްތީ ދިމްރީ ހަމަޖައްސައިފި އެވެ.

ޕަރްވީން ބާބީގެ ރޯލު ކުޅެން ތުރިޕްތީ ހަމަޖައްސައިފި

ބޮލީވުޑްގެ ކުރީގެ އެކްޓްރެސް ޕަރްވީން ބާބީގެ ހަޔާތަށް ބިނާކޮށް ނެޓްފްލިކްސް އިން ގެނެސްދޭ ސީރީޒެއްގައި އޭނާގެ ރޯލު ކުޅުމަށް ތުރިޕްތީ ދިމްރީ ހަމަޖައްސައިފި އެވެ.

މި ސީރީޒްއާ ގުޅޭ މާ ގިނަ ތަފުސީލުތަކެއް އަދި އާންމު ނުކުރި ނަމަވެސް، ބައެއް ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، އޭގައި ޕަރްވީންގެ ރޯލު ކުޅުމަށް ތުރިޕްތީ ހަމަޖައްސައި، މަސައްކަތްތައް މިހާރު ވަނީ ފަށައިފަ އެވެ. އަދި ވަރަށް އަވަހަށް ޝޫޓިން ފަށާނެ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

ތުރިޕްތީ އަކީ މިހާރު ބޮލީވުޑްގައި ކުރިއަރަމުން އަންނަ އެކްޓްރެސްއެކެވެ. މިދިޔަ އަހަރު އޭނާގެ ތިން ފިލްމެއް ނުކުތެވެ. އޭގެ ތެރެއިން އެއް ފިލްމު ވަނީ ހިޓަކަށް ވެފަ އެވެ. އެއީ ހޮރޯ ކޮމެޑީ "ބޫލް ބުލައްޔާ 3" އެވެ.

ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޕަރްވީންގެ ހަޔާތަށް ސީރީޒެއް ހަދާ ވާހަކަ ދެކެވޭތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ.

މި ސީރީޒް ހަދަން ނިންމާފައި ވަނީ ލިޔުންތެރިޔާ ކަރިޝްމާ އުޕަދޭ ލިޔުނު ޕަރްވީންގެ ބައޮގްރަފީ އަށް ބިނާކޮށެވެ. އޭގެ ރައިޓްސް ހޯދާފައި ވަނީ ޕްރޮޑިއުސަރު ސްނޭހާ ރަޖާނީ އެވެ.

ހަތްދިހައިގެ އަހަރުތަކުގައި ހިންދީ ސިނަމާގައި ރީތި އަދި އެހާމެ ސްޓައިލިޝް ބަތަލާއެއްގެ ގޮތުގައި މަޝްހޫރުވި ޕަރްވީން އަށް ސިކުނޑީގެ ބައެއް މައްސަލަތަކާއި އެ ނޫން ވެސް ސިއްހީ އެތައް މައްސަލަތަކެއް ދިމާވެ ކެރިއަރު ހަލާކުވެ، ވަރަށް ހިތްދަތި ގޮތަކަށް ވަކިވެ ދިޔައީ އުމުރުން 50 އަހަރުގައި 2005 ވަނަ އަހަރު އެވެ.

ޕަރްވީންގެ ހަޔާތުގައި ހިނގާފައިވާ ބައެއް ކަންކަމަށް ބިނާކޮށް މީގެ ކުރިން ބައެއް ފިލްމުތައް ވެސް ގެނެސްދީފައިވެ އެވެ.