ބޮލީވުޑްގެ ވަރުގަދަ ކާސްޓެއް ހިމެނޭ ގޮތަށް ނެޓްފްލިކްސް އިން ގެނެސްދޭ ސީރީޒް "ދަ ރޯޔަލްސް" އިއުލާންކޮށްފި އެވެ.
ބޮލީވުޑްގެ ވަރުގަދަ ކާސްޓެއް ހިމެނޭ ގޮތަށް ނެޓްފްލިކްސް އިން ގެނެސްދޭ ސީރީޒް "ދަ ރޯޔަލްސް" އިއުލާންކޮށްފި އެވެ.
ނެޓްފްލިކްސް އިން މި ސީރީޒް އިއުލާންކުރީ މިދިޔަ ހަފުތާގަ އެވެ.
ޒަމާނީ ލޯބި ދައްކާނެ މި ސީރީޒްގެ ކާސްޓުގައި ހިމެނެނީ ޒީނަތު އަމަން، އިޝާން ކައްތަރު، ބޫމީ ޕެޑްނޭކަރް، ނޯރާ ފަތުހީ، ޑީނޯ މޯރިިއާ، ސާކްޝީ ތަންވަރު، މިލިންދު ސޯމަން، ޗަންކީ ޕާންޑޭ، ވިހާން ސަމިތު، ކަވްޔާ ތުރެހަން، ސުމުކީ ސުރޭޝް، އުދިތު އަރޯރާ، ލޫކް ކެނީ އަދި ލީސާ މިޝްރާ އެވެ.
މި ސީީރީޒް ވާނީ ބޫމީ އާއި އިޝާންގެ ފުރަތަމަ ވެބް ސީރީޒަށެވެ. އަދި ބޮލީވުޑްގެ ލެޖެންޑްރީ އެކްޓްރެސް ޒީނާތު އަމަން އަހަރުތަކަކަށް ފިލްމީ މަސައްކަތަކުން ފެންނާނެ ފުރަތަމަ ފަހަރަށެވެ.
ރަންގިތާ އާއި އިޝީތާ ޕްރިތިޝް ނަންދީ އުފައްދާ މި ސީރީޒްގެ ޑައިރެކްޓަރުންނަކީ ނުޕޫރް އާސްތާނާ އާއި ޕްރިޔަންކާ ގޯސް އެވެ.
އެމެޒަން ޕްރައިމް ވީޑިއޯގެ "ފޯ މޯ ޝޮޓްސް" ކަހަލަ ކާމިޔާބު ވެބް ސީރީޒްތަކުގައި ހިއްސާވާ ނުޕޫރަކީ ސޯނަމް ކަޕޫރާއި އަޔޫޝްމަން ކުރާނާގެ "ބޭވަކޫފިޔާން" އާއި ސާގިބް ސަލީމްގެ "މުޖްސޭ ފްރެންޑްޝިޕް ކަރޯގޭ" ގެނެސްދިން ޑައިރެކްޓަރެވެ.
"ދަ ރޯޔަލްސް" ސްޓްރީމް ކުރަން ފަށާނެ ދުވަހެއް ނެޓްފްލިކްސް އިން އަދި އިއުލާން ނުކުރެ އެވެ.
ޕަރްވީން ބާބީގެ ރޯލު ކުޅެން ތުރިޕްތީ ހަމަޖައްސައިފި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އުރްފީ އާއި އޭނާގެ އާއިލާގެ ދިރިއުޅުން ދައްކާ ޝޯއެއް
ނެޓްފްލިކްސްގެ "ކާލާ ޕާނީ"ގެ ދެވަނަ ސީޒަނެއް
ކަޕިލްގެ ނެޓްފްލިކްސް ޝޯގެ ޕްރީމިއާ މި މަހު
"ސޫރިޔަވަންޝީ" މިހާރު ނެޓްފްލިިކްސްގައި
ސޮނާކްޝީގެ "ބުލްބުލް ތަރަން" ނަހަދަން ނިންމައިފި
"ސޫރިޔަވަންޝީ" އަންނަ މަހު ނެޓްފްލިކްސް އަށް
އާލިއާގެ ރޯލެއް "މީނާކްޝީ ސުންދަރޭޝްވަރް" ގައި