30 ނޮވެމްބަރ 2020
ރާއްޖޭގައި މީގެ ދެ ހަފުތާ ކުރިން ޗުއްޓީ ހޭދަކުރި ބަތަލާ ރަކުލް ޕްރީތު ސިންގް އާއި އަރުޖުން ކަޕޫރާ އެކީގައި ކުޅެފައިވާ ފުރަތަމަ ފިލްމު "ސަރުދާރު އެންޑް ގްރޭންޑްސް" އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ނެޓްފްލިކްސް އިން ޕްރިމިއާކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރާއްޖޭގައި މީގެ ދެ ހަފުތާ ކުރިން ޗުއްޓީ ހޭދަކުރި ބަތަލާ ރަކުލް ޕްރީތު ސިންގް އާއި އަރުޖުން ކަޕޫރާ އެކީގައި ކުޅެފައިވާ ފުރަތަމަ ފިލްމު "ސަރުދާރު އެންޑް ގްރޭންޑްސް" އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ނެޓްފްލިކްސް އިން ޕްރިމިއާކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ކާޝްވީ ނައިރްގެ ހަދާފައިވާ ފިލްމެކެވެ. އޭނާ އަކީ ޝާހްރުކް ޚާންގެ "ވަން 2 ކާ 4" އާއި މަނީޝާ ކޮއިރަލާގެ "އޭކް ޗޯޓީ ސީ ލަވް ސްޓޯރީ" ގެ އިތުރުން ސަނީ ޑިއޯލްގެ "ކުރޯދު" ގެނެސްދިން ޑައިރެކްޓަރު ޝަޝީލާލް ކޭ ނައިރްގެ ދަރިއެކެވެ.
"ސަރުދާރު އެންޑް ގްރޭންޑްސަން" އަކީ ކްރޮސް-ބޯޑާ ލަވް ސްޓޯރީއެކެވެ. މާނަ އަކީ މީގައި ކިޔައި ދޭނީ އިންޑިއާ އާއި ޕާކިސްތާނުގެ ބައެއްގެ ވާހަކަ އެވެ.
މި ފިލްމުގެ ކާސްޓްގައި ޖޯން އަބްރަހަމާއި އަދިތީ ރާއޯ ހައިދަރީ ވެސް ހިމެނެ އެވެ. "ސަރުދާރު އެންޑް ގްރޭންޑް" ގައި ދެ ދައުރެއް ދައްކުވައި ދޭނެ އެވެ.
ޕްރަބާސް އާއި ސައިފް އަލީ ޚާންގެ ފިލްމު "އާދިޕުރުޝް" އަށް ޒުވާން އެކްޓަރު ސަނީ ސިންގް ވެސް ސޮއިކޮށްފި އެވެ.
މީޑިއާތަކުން ބުނިގޮތުގައި"ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އާއި "ޖެއި މަންމީދީ" އަދި "އުޖުޅާ ޗަމަން" ފަދަ ފިލްމުތައް ކުޅުނު އެކްޓަރު "އާދިޕުރުޝް" ގައި ކުޅޭނީ ޕްރަބާސް ކުޅޭ ކެރެކްޓާ ރާމްގެ ކޮއްކޮ ލަކްޝަންގެ ރޯލެވެ. ސައިފަކީ މި ފިލްމުގެ ވިލަން އެވެ. އޭނާގެ ކެރެކްޓާގެ ނަމަކީ ލަންކޭޝް އެވެ.
ރިޕޯޓްތައް ބުނާގޮތުން "އާދިޕިރުޝް" ގެ ބަތަލާ ސީތާގެ ރޯލަށް ގެންނަން ނިންމާފައި ވަނީ ކްރިތީ ސެނަން އެވެ.
މި ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި އަޖޭ ދޭވްގަނާއި ސައިފާ އެކު "ތާނާޖީ: ދި އަންސަންގް ވޮރިއާ" ގެނެސްދިން އޯން ރައުތު ޑައިރެކްރެކްޓްކުރާ ފިލްމެކެވެ. ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ތެރޭގައި ފަށަން ނިންމާފައިވާ އިރު ސިނަމާތަކަށް އަންނާނީ އޮގަސްޓް 11، 2022 ގަ އެވެ.
އަންނަ މަހުގެ 11 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ ހޮރޯ ތުރިލާ "ދުރުގާމަތީ" ގެ ލަވައެއް ދައްކާލައިފި އެވެ.
ފިލްމުގެ ބަތަލާ ބޫމީ އާއި ކަރަން ކަޕާޑިއާ ފެނިގެންދާ ލަވައިގެ ނަމަކީ "ބަރަސް ބަރަސް" އެވެ. މި ލަވަ ބީ ޕްރާކް ކިޔާފައިވާ އިރު، ލަވައިގެ މިއުޒިކާއި ޅެން ހަދާފައި ވަނީ ތަނިޝްގް ބަގްޗީ އެވެ. "ދުރުގާމަތީ" އަކީ 2018 ގައި ރިލީޒްކުރި ތެލެގޫ ފިލްމު "ބާގަމަތީ" ގެ ރިމެކެކެވެ. ދެ ފިލްމުގެ ވެސް ޑައިރެކްޓަރަކީ ޖީ އަޝޯކެވެ.
މީގައި ކިޔައި ދެނީ ނުފޫޒު ގަދަ ކޮރަޕްޓް ސިޔާސީ މީހެއްގެ ހަގީގަތްތަކެއް ފަޅާއަރުވައިލަން އަންހެން އައިއޭއެސް އޮފިސަރަކު މަސައްކަތް ކުރުމުން އޭނާ މަގާމުން ވަކިކޮށް، މަރެއްގެ ތުހުމަތު އަޅުވައި ހިންގާ ތަހުގީގެއްގެ ތެރެއިން ކުރިމަތިވާ ބިރުވެރި ހާދިސާތަކެވެ.
"ދުރުގާމަތީ" ގެ ކާސްޓްގައި އަރުޝަދު ވަރްސީ އާއި މާހީ ގިލް އާއި ޖިއްޝޫ ސެންގުޕްތާ ވެސް ހިމެނެ އެވެ.
އަންނަ މަހުގެ 11 ގައި ރިލީޒްކުރާ ފިލްމު "އިންދޫ ކީ ޖަވާނީ" ގެ ވަރަށް ފޯރިގަދަ ލަވައެއް ދައްކާލައިފި އެވެ.
ޕްރޮމޯޝަނަލް ލަވައެއްގެ ގޮތުގައި ބޭނުންކުރާނެ ކަމަށް ބެލެވޭ މި ލަވައަކީ "ހީލޭ ޓޫޓް ގައީ" އެވެ. ލަވައިން ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ ކިއާރާ އަދުވާނީ އާއި އަދިތިޔާ ސީލްއާ އެކު ލަވައިގެ މިއުޒިކްގައި ހިއްސާވާ ގްރޫ ރާންދިވާ އާއި ބާދުޝާގެ ވެސް ފެނިގެންދެ އެވެ. "ހީލޭ ޓޫޓް ގައީ" ގެ އަންހެން އަޑަކީ އާސްތާ ގިލް އެވެ.
ޓީ ސީރީޒާއި އެއްމޭ އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށްފައިވާ "އިންދޫ ކީ ޖަވާނީ" އަކީ އަބީރް ސެންގުޕްތާ ޑައިރެކްޓްކޮށްފައިވާ ކޮމެޑީއެކެވެ.
މި ފިލްމަކީ ކިއާރާ އާއި އަދިތިޔާ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސަލްމާންގެ އަންތިމް އާއި އަޖޭގެ މައިދާން ޑިޖިޓަލްކޮށް؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"އަތުރަންގީ-ރޭ" ގައި ސާރާ ވަރަށް މޮޅު