06 އޮކްޓޯބަރ 2019
ރާއްޖޭގައި ގޭހުގެ ހިދުމަތް ދެމުން އަންނަ މޯލްޑިވް ގޭސްގެ އަމާޒަކީ ހުރިހާ ފުޅިތަކެއް ލުއި ފުޅިތަކަށް ބަދަލު ކުރުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަޒާއިލް ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ގޭހުގެ ހިދުމަތް ދެމުން އަންނަ މޯލްޑިވް ގޭސްގެ އަމާޒަކީ ހުރިހާ ފުޅިތަކެއް ލުއި ފުޅިތަކަށް ބަދަލު ކުރުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަޒާއިލް ޝިޔާމް ވިދާޅުވެއްޖެ އެވެ.
"މިހާރު" އާ ވާހަކަދައްކަވަމުން ޝަޒާއިލް ވިދާޅުވީ މީގެ ކުރިން ގެތަކަށް ދަގަނޑު ފުޅީގައި ގޭސް ފޯރުކޮށްދެމުން އައި ނަމަވެސް ލުއި ފުޅީގެ ސަބަބުން އެކަމަށް ހައްލެއް ލިބިފައިވާ ކަމަށެވެ. ލުއި ފުޅި ތައާރަފް ކުރުމުން ގިނަ ކަސްޓަމަރުން އެ ފުޅިތަކަށް ބަދަލު ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މޯލްޑިވް ގޭސް އިން ތައާރަފްކުރި ލުއި ފުޅިއަކީ ހިފާ ގެންގުޅެން ފަސޭހަ އަދި ދަބަރު ނުޖަހާނެހެން ތައްޔާރުކޮށްފައިވާ ފުޅިތަކެކެވެ. މި ފުޅިތަކަކީ ދަގަނޑު ފުޅިތަކަށް ވުރެ ރައްކާތެރިކަން ބޮޑު ފީޗާތައް އެކުލަވައިގެން ތައްޔާރުކޮށްފައިވާ ފުޅިތަކެކެވެ.
ޝަޒާއިލް ވިދާޅުވީ މިހާރު ހުރި ދަގަނޑު ފުޅިތަކުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދަބަރު ޖެހުން ކަމަށާއި އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި ކަން ހައްލުވާނީ އެކި ސަރަހައްދުތަކުގައި ސްޓޯރޭޖްތައް ހަދައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެންމެ ބޮޑު އުނދަގޫ ކަމަކީ ތިލަފުށިން ރަށްރަށް ގޭސް ގެންދިއުން. ދަބަރު ޖަހަން ދިމާވާ މައްސަލައަކީ ވެސް މިއީ. ނަމަވެސް ކައިރި ރަށަކުން ލިބޭ ނަމަ އެހާ އަވަހަށް ފުޅިިތަކުގައި ދަބަރެއް ނުޖަހާނެ. އެހެންކަމުން އަޅުގަނޑުމެން މިގެންދަނީ ކެޕޭސިޓީ ހުރިވަރަކުން އުތުރާއި ދެކުނުގައި ވެސް ޕްލާންޓުތައް ބަހައްޓަން ރާވަމުން،" ޝަޒާއިލް ވިދާޅުވި އެވެ.
ޝަޒާއިލް ވިދާޅުވީ އެ ކުންފުނިން ކަސްޓަމަރުންނަށް ގޭސް ފޯރުކޮށްދިނުމުގައި ސަލާމަތީ ކަންތައްތަކަށް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން، ގޭސްފުޅިތައް ލުއި ފުޅިއަށް ބަދަލު ކުރުމުގެ އިތުރުން ގޭސް ޕައިޕްލައިންތައް ގާއިމްކުރުމުގެ ވިސްނުން ވެސް ގެންގުޅޭ ކަމަށް ޝަޒާއިލް ވިދާޅުވި އެވެ.
ޝަޒައިލްގެ ސަސްޕެންޝަން އުވާލައި އަލުން އެމްޑީއަކަށް
ދެ މައްސަލަ ވެސް ސާބިތުނުވެ ޝަޒައިލް ސަލާމަތްވެއްޖެ
އޮކްސިޖަން ސިލިންޑަރުތަކުގެ މައްސަލަ އޭސީސީން ބަލަނީ
ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިންގަން: ޝަޒައިލް
މޯލްޑިވް ގޭހުގެ އެމްޑީ ޝަޒައިލް ސަސްޕެންޑްކޮށްފި
ގޭހުގެ ކޮންމެ ޝިޕްމެންޓަކުން އެއް ލައްކަ ޑޮލަރު އިތުރު
އެންމެ ބޮޑު ކާމިޔާބީއަކީ ޚަރަދު ކުޑަކުރެވުން: ޝަޒާއިލް
މޯލްޑިވް ގޭސްގެ ދެ މުވައްޒަފަކަށް ހައްޖު ދަތުރެއް
މޯލްޑިވް ގޭހުގެ ފައިދާ ދެގުނަ މައްޗަށް!
މޯލްޑިވް ގޭހުން ގައިދީންނަށް މަސައްކަތް ދަސްކޮށްދެނީ